Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެ

މި ހިތާމަވެރި ދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށްވެ، މޮރޮކޯގެ ރައްޔިތުންނަށް ވެވުނު ގޮތަކުން އެހީވުމަށް އެދިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ސެޕްޓެމްބަރު 2023 | އަންގާރަ 06:58
ޖަމިއްޔާތަކާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖަމިއްޔާތަކާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެއެވެ.

މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،800ން މައްޗަށް ވަނީ އަރާފައެވެ.

Advertisement - newsAdvertisement

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށްވެ، މޮރޮކޯގެ ރައްޔިތުންނަށް ވެވުނު ގޮތަކުން އެހީވުމަށް އެދޭ ކަމަށެވެ.

މޮރޮކޯއަށް ދިމާވި ވަރުގަދަ ބިންހެލުމާ ގުޅިގެން އިންޓަރނޭޝަނަލް އެއިޑު ކެންޕެއިނުން ހުޅުވާލާފައިވާ އެމަރޖެންސީ ރިލީފް އިތުރަށް ފުޅާކޮށް، ދިވެހީންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި ޖަމްއިޔާތަކާއި ބައްދަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި އެ ހަރަކާތުގައި އެކި ޖަމިއްޔާތަކާއި ކުލަބްތަކުން ބައިވެރިވަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެންޕެއިންގެ ހަރަކާތާއި ގުޅޭ ޖަމިއްޔާތައް ދަނީ ޝޯސަލް މީޑިއާގައި ހާމަކުރަމުންނެވެ.

މި ކާރިސާގައި މޮރޮކޯގެ މަރަކޭޝްއާއި އޭގެ ދެކުނުގެ ބައެއް ހިސާބުތަކުން ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. ބިންހެލުމުގައި މަރަކޭޝް އޯލްޑް ސިޓީގެ ބައެއް އިމާރާތްތައްވެސް ވަނީ ބިމާ ހަމަވެފައެވެ.

ބިންހެލުމުގެ އަސަރު 350 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް ރަބާތުއާއި ކަސަބްލަންކާގެ އިތުރުން، އަވައްޓެރި އަލްޖީރިއާއަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންމޮރޮކޯ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ
09 މެއި 2024

މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 މެއި 2024
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2024

މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި

02 ޖެނުއަރީ 2024
މޮރޮކޯއަށް އެތެރެކުރަން އުޅުނު 362 ކިލޯގެ ކޮކެއިން އަތުލައިގެންފި
28 ނޮވެމްބަރު 2023

ދިވެހިންގެ 100،000 ޑޮލަރުގެ އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ

28 ނޮވެމްބަރު 2023
ދިވެހިންގެ 100،000 ޑޮލަރުގެ އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ
15 ނޮވެމްބަރު 2023

ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ ފަރާތުން ޣައްޒާ އާއި މޮރޮކޯއަށް އެހީ ފޯރުކޮށްދެނީ

15 ނޮވެމްބަރު 2023
ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ ފަރާތުން ޣައްޒާ އާއި މޮރޮކޯއަށް އެހީ ފޯރުކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު