Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިއޭސީން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން

ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް، އެހީ ފޯރުކޮށްދިނުން ކުރިއަށްދޭ: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން

ހޮސްޕިޓަލްތަކަށް ބޭނުންވާ ފިއުލް، ބޭސް، ޓެންޓު އަދި ކެއްކި ތާޒާ ކެއުން (ހޮޓް މީލް ޕެކޭޖް) ފުޑް ޕެކޭޖް ދަނީ ފޯރުކޮށްދެމުން

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 11 އޮކްޓޯބަރު 2023 | ބުދަ 12:56
އައިއޭސީ

އައިއޭސީ

ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް އެހީ ފޯރުކޮށްދިނުން ކުރިއަށްދާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ބުނެފިއެވެ.

ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ގްރައުންޑް މީޑިއާ ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، އެހީ ފޯރުކޮށްދިނުން ކުރިއަށްދާކަމަށް އައިއޭސީ ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުން، މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ތަކެތިކަމުގައިވާ، ހޮސްޕިޓަލްތަކަށް ބޭނުންވާ ފިއުލް، ބޭސް, ޓެންޓު އަދި ކެއްކި ތާޒާ ކެއުން (ހޮޓް މީލް ޕެކޭޖް) ފުޑް ޕެކޭޖް ދަނީ ފޯރުކޮށްދެމުންނެވެ. އިމަޖެންސީ ހާލަތްތަކުގައި އައިއޭސީގެ މަސައްކަތްތައް ދާނީ، އެ ޖަމާއަތުން އަބަދުވެސް ހިފަހައްޓަމުން ގެންދާ މިންގަނޑުގެ ތެރެއިން ބެލެހެއްޓިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ ޖަމާއަތުގެ މި މަސައްކަތުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން، އެހީ ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741 އެކައުންޓް ނަން:International Aid Campaign އަށް އެހީ ފޮނުވޭނެއެވެ.

ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް، ހުއްޓުމެއްނެތި ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރުން ދަނީ ޣައްޒާއާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި، ހަމާސްއިން ކޮންޓްރޯލް ނަގާފައިވާ އަވަށްތަކަށް އަރައި އެތަންތަނަށް ހަމަލާދީ، އެ އަވަށްތަކުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ހަނގުރާމައަށް ހަމާސް ޖަމާއަތުން ނަން ދީފައިވަނީ "އޮޕަރޭޝަން އަލް-އަގްސާ ފްލަޑް"ގެ ނަމުންނެވެ. އަދި އިސްރާއީލުން ވަނީ ރައްދު ހަމަލާތައް ދޭން ފަށައި، "އޮޕަރޭޝަން އަޔަން ސްވޯޑްސް" އިއުލާންކޮށްފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2023

ދިވެހިންގެ 100،000 ޑޮލަރުގެ އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ

28 ނޮވެމްބަރު 2023
ދިވެހިންގެ 100،000 ޑޮލަރުގެ އެހީއާއެކު ޓްރަކުތައް ޣައްޒާއަށް ވަދެއްޖެ
04 ނޮވެމްބަރު 2023

އައިއޭސީގެ ޣައްޒާ އިމަރޖެންސީ ރިލީފް ފަންޑަށް 28.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

04 ނޮވެމްބަރު 2023
އައިއޭސީގެ ޣައްޒާ އިމަރޖެންސީ ރިލީފް ފަންޑަށް 28.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
03 ނޮވެމްބަރު 2023

އައިއޭސީގެ ޣައްޒާގެ ޓީމު: ނުރައްކަލުގައި ނަމަވެސް ހޯދަނީ އެ ޒިންމާ އަދާކުރާނެ ގޮތެއް!

03 ނޮވެމްބަރު 2023
އައިއޭސީގެ ޣައްޒާގެ ޓީމު: ނުރައްކަލުގައި ނަމަވެސް ހޯދަނީ އެ ޒިންމާ އަދާކުރާނެ ގޮތެއް!
23 އޮކްޓޯބަރު 2023

ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން 500،000.00ރ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި

23 އޮކްޓޯބަރު 2023
ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން 500،000.00ރ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
12 ސެޕްޓެމްބަރު 2023

މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެ

12 ސެޕްޓެމްބަރު 2023
މޮރޮކޯއަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު