Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕް ކުޓީނިއޯ

ލޯނު އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ، ޤަތަރުގެ ކްލަބަކަށް ސޮއިކޮށްފި

އެސްޓަން ވިލާގައި 20 މެޗުން އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެއް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 11:37
ފިލިޕް ކުޓީނިއޯ

ފިލިޕް ކުޓީނިއޯ

ލޯނު އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ފިލިޕް ކުޓީނިއޯ، ޤަތަރު ސްޓާސް ލީގުގެ ޗެމްޕިއަން އަލް ދުހެއިލް އަށް ސޮއިކޮށްފިއެވެ.

އެސްޓަން ވިލާ އިން ޤަތަރުގެ ކްލަބަށް ކުޓީނިއޯ ސޮއިކުރީ އެއް ސީޒަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އެސްޓަން ވިލާއަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ. ނަމަވެސް، އެސްޓަން ވިލާގައި އޭނާ އަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 20 މެޗުން އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

މީގެކުރިން ކުޓީނިއޯ ވަނީ އިންޓަ މިލާން އާއި ލިވަޕޫލްގެ އިތުރުން ބާސެލޯނާއަށް ކުޅެފައެވެ. 2018 ވަނަ އަހަރު އޭނާ ބާސެލޯނާއަށް ސޮއިކުރީ 142 މިލިއަން ޕައުންޑަށެވެ. އެއީ ފުޓުބޯޅައިގެ ތާރީޚުގައި ތިންވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފަރ އެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 68 މެޗު ކުޅެދީ 21 ލަނޑު ޖަހާފައެވެ. ނަމަވެސް، މިދިޔަ އަހަރު ޖޫން މަހު ދެކުނު ކޮރެއާ ކައިރިން 5-1 ން މޮޅުވި މެޗަށްފަހު، އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ، ކްރެސްޕޯ ގެ އިރުޝާތުގެ ދަށުން ކުޅޭ އަލް ދުހެއިލް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް އަލް ރައްޔާން އަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2017

ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ

26 ޖުލައި 2017
ކުޓީނިއޯގެ ވިއްކާލުމަށް ބާސާ އާއި ލިވަޕޫލް އެއްބަސްވުމަކަށް އަތުވެއްޖެ
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
19 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި
12 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

12 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި
11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު