Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެޔޮދޫގައި ވެލާތަކެއް ފެޅި މައްސަލަ

ކެޔޮދޫގައި ވެލާތަކެއް ފެޅި މީހުންގެ ޖޫރިމަނާ 33000 ރުފިޔާއަށް ކުޑަކޮށްފި

8 ސެޕްޓެމްބަރު 2023 | ހުކުރު 11:26

މީގެ ކުރިން މި މައްސަލައިގައި މި 7 މީހުންނަށް ކުރި ޖޫރިމަނާ އަކީ، 198،000 ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2023 | ހުކުރު 11:26
މަރާލާފައިވާ ވެލާތައް

މަރާލާފައިވާ ވެލާތައް

އަތޮޅު ކެޔޮދޫގައި ވެލާތަކެއް ފަޅައި ކެއްކުމުގައި ބައިވެރިވި ބ.ކެންދޫގެ 7 މީހުންނަށް ކުރި ޖޫރިމަނާ 33000 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

މީގެ ކުރިން މި މައްސަލައިގައި މި 7 މީހުންނަށް ކުރި ޖޫރިމަނާ އަކީ، 198،000 ރުފިޔާ އެވެ. އެފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް މެއި މަހު އަންގާފައވާއިރު، ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތު ޖުލައި މަހުގެ 20 ވަނަ ދުވަހަށް ހަމަވިއިރުވެސް އެއްވެސް މީހަކު އެފައިސާ ދައްކާފައި ނުވާކަމަށް އީޕީއޭ އިން ބުނެއެވެ.

Advertisement - newsAdvertisement

ޖޫރިމަނާއާ ގުޅޭގޮތުން އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމީހުންނަށް ކުރި ޖޫރިމަނާ އާ ގުޅޭގޮތުން އެފަރާތްތަކުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން 23 ޖުލައި ގައި އީޕީއޭއަށް އަންގާފައިވާ ކަމަށެވެ. އަދި ކެޔޮދޫގައި އެ ފަރާތްތައް ވެލާތަކަކަށް ގޯނާކުރުމާއި ގުޅިގެން އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާ އަލުން މުރާޖާ ކުރުމަށް ފެންނަ ކަމަށް އީޕީއޭގެ ގަވަރނިންގ ބޯޑުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ލަފާދީފައވާތީ މިނިސްޓްރީން ވަނީ މިމައްސަލައިގައި އެޓަރނީ ޖެނެރަލްގެ ލަފާ ހޯދާފައިކަމަށް އީޕީއޭއިން ބުނެއެވެ.

އެގޮތުން އޭޖީ އޮފީހުގެ ލަފާއައަށް ރިޔާއަތްކޮށް އީޕީއޭއިން ބުނެފައިވަނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ދިރޭ އެއްޗަކަށް ގޯނާކޮށްފިނަމަ ޖޫރިމަނާކުރެވޭނީ 30،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ކަމަށް ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ގަވާއިދުގައި ގޯނާކުރި ތަކެތީގެ އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރު ކުރުމުގެ އުސޫލެއް ކަނޑައަޅާފައިނުވާތީ ވެލަޔަކަށް ގޯނާކުރިކަމުގެ ހެކި ލިބިފައިވާ ކޮންމެ ފަރާތެއްވެސް ޖޫރިމަނާކުރެވޭނީ 30،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ކަމަށް ފެންނަ ކަމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން މިއުސޫލުގެ މަތިން ޖޫރިމަނާއަށް ވާ ފައިސާ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އެފަރާތްތަކަށް އަންގާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް