Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޕަރޭޝަން ބްލޫވޭވް

ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް'' ގެ އޮޕަރޭޝަނަލް ފޭސް ފަށައިފި

8 ސެޕްޓެމްބަރު 2023 | ހުކުރު 03:16

ދިވެހި ފުލުހުންގެ ޚިދުމަތުގެ ''އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 3'' އަށް ވަނީ ބަދަލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2023 | ހުކުރު 03:16
"އޮޕަރޭޝަން ބްލޫވޭވް'' ގެ އޮޕަރޭޝަނަލް ފޭސް ފެށުމުގެ ރަސްމިއްޔާތު

"އޮޕަރޭޝަން ބްލޫވޭވް'' ގެ އޮޕަރޭޝަނަލް ފޭސް ފެށުމުގެ ރަސްމިއްޔާތު

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ''އޮޕަރޭޝަން ބްލޫވޭވް'' ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިންގ ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ރަސްމިއްޔާތު ފައްޓަވައިދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މި އޮޕަރޭޝަންގެ މަޤްސަދަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ޤާއިމުކޮށްދީ، އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް، އިންތިޚާބުގެ ކުރިންނާއި ފަހުން، ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަަމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތުނުދީ އަދި ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި 2022 ޑިސެމްބަރުން ފެށިގެން އޮޕަރޭޝަނަށް ތައްޔާރުވާންފަށައި، ކަނޑައެޅުނު ޓައިމްލައިނާ އެއްގޮތަށް މަސައްކަތްކުރެވި އެންމެ ފަހުގެ މަރުހަލާތަކަށް މިވަނީ އާދެވިފައިކަމަށާއި މި ފާއިތުވެދިޔަ ދުވަސްތަކުގައި ހުރިހާ ފުލުހުންވެސް ދިން އެއްބާރުލުމާއި ކުރި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ގަޑިތަކުގައާއި އިންތިޚާބުގެ ދުވަހު އަދި އިންތިޚާބުގެ ރަސްމީ ކަންކަން ނިމުމާ ހަމައަށްވެސް ޕްރޮފެޝަނަލްކޮށް ޤާނޫނީ ހަމަތަކުގެ މަތިން، ކޮންމެ ފުލުހަކާވެސް ހަވާލުކޮށްފައިވާ މަސައްކަތް ކުރަންވާގޮތް ސާފުކޮށް އެނގިތިބެ ކުރިއަށްް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، އެއްވެސް ފަރާތަކަށް ބުރަނުވެ، ރަނގަޅު ބަހުން މުއާމަލާތުކުރުމަށާއި ވާދަވެރި އިންތިޚާބަކާ ގުޅިގެން މީހުންގެ ކިބައިން ފެންނާނެ އަމަލުތަކާއި ދިމާވެދާނެ ކަންކަމަށް ލޯ ހުޅުވި، ހާލަތާ އެކަށިގެންވާ ފިޔަވަޅު އެޅުމަށާއި އަދި ބޮޑީވޯން ކެމެރާގެ ޓެކްނޮލޮޖީ އާއި އޮޕަރޭޝަންގެ މައުލޫމާތުތައް ރެކޯޑުކުރުމަށް ބޭނުންކުރަން ކަނޑައަޅާފައިވާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތަކާއި އާލަތްތައް، ހަމަޖެހިފައިވާގޮޮތުގެ މަތިން ބޭނުންކުރަމުން ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ހަމައެހެންމެ، މިއޮތް ވަގުތުތަކުގައިވެސް ފުލުހެއްގެ ފުށުން އެއްވެސް ނުރަނގަޅު ކަމެއް ނުފެންނާނެހެން ވީހާވެސް ރަނގަޅަށް ކަންކަން ގެންގޮސް ފުލުހުންގެ މުއައްސަސާއަށް، ރައްޔިތުންނާއި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުބާރާއި ޔަޤީންކަން ހޯދުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި އޮޕަރޭޝަނަކީ ކަނޑައެޅުނު ލަނޑުދަނޑިއާ އެއްގޮތަށް ކާމިޔާބުކަމާއެކު ނިންމިގެންދާނެ އޮޕަރޭޝަނަކަށް ވެގެންދިއުން އުންމީދުކުރައްވާކަމަށް، ކޮމިޝަނަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ރިޔާސީ އިންތިޚާބުގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރުއާއި ޑެޕިއުޓީ ކޮމާންޑަރު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމްގެ އިތުރުން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ. މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ.

މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ''ލެވެލް 3'' އަށް ވަނީ ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް