Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވަރިކުރިފުޅު ވަރިނުވާކަމަށް ޕީޕީއެމުން ގޮވަނީ

ޕީޕީއެމުން ވަކިނުވާކަމަށް ނިންމާ ފަހުން ވަކިކުރީ ކުރިން ވަކިކޮށް ބޭރުކޮށްފައިވާ 4 މެންބަރުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 06:31
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމިންގެ ފެކްޝަންގެ އިސްވެރިންގެ ބައްދަލުވުމެއް

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމިންގެ ފެކްޝަންގެ އިސްވެރިންގެ ބައްދަލުވުމެއް

އެމެންބަރުން ނަގާ އެއްލާލީ ރޮއެރޮއެ ތިއްބައެވެ. ހެޔޮ ނުވާނެޔޭ ތިޔަހެން ނުހަދާށޭ ބުނެ ދެފައިގާ ހިފާ އާދޭސް ކުރަނިކޮށެވެ. ތިމަންމެން ބޭނުމެއް ނެތޭ ބުނެބުނެ އޮއްވައި ޕީޕީއެމުން ކަނޑާ ބޭރުކޮށްލީއެވެ. ރައީސް ޔާމީނަށް ތާއީދު ނުކޮށް މައުމޫން ފެކްޝަނާ ދިމާލަށް ޖެހިލެވުނީތީއެވެ

އެއީ އެ ދުވަހެވެ. މީގެ ދުވަސްތަކެއް ކުރިއެވެ. ޕީޕީއެމުގައި އުޅެއުޅެ ތިއްބާ އެޕާޓީން ވަކިކުރި ހަތަރު މެންބަރުން ވަކިކުރިތާ ދުވަސްތަކެއް ވީއެވެ. މީޑިޔާތަކުގެ ފަލަ ސުރުޚީއަށް އަރައި މުޅި ދުނިޔެއަށް އެކަން ހާމަވެސް ވިއެވެ. އެއީ އެޕާޓީގެ މެންބަރުން ނޫން ކަމަށެވެ. ޕީޕީއެމްގެ ލޯގޯވެސް ދިދަވެސް ބޭނުން ނުކުރެވޭނެކަމެވެ. މަޖިލީހުގައިވެސް އެމެންބަރުން ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ގުނުންވެސް ހުއްޓާލީއެވެ.

ވަރިކުރީމާ އަނބިމީހާއަށް ޖެހެނީ ދުރުގައި ހުންނާށެވެ. ތިންމަސް ތެރޭގައި ރުޖޫއަ ނުކުރަންޏާ ކައިވެނި ދެމެހެއްޓޭނޭ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ދެން އެއީ އެމީހެއްގެ އަންބެއްގެ ގޮތުގައި ހެދޭނީ އެމީހާގެ ރުހުން އޮވެގެން ކުރެވޭ ކައިވެންޏަކުންނެވެ. ރުޖޫއަ ކުރާ ނަމަވެސް އެކަން ކުރެވެނީ ދެ މީހުން އެއްބަސްވުމުންނެވެ.

އެހާލަތުގައި ހެޔޮވިސްނި ނުވަތަ ހެދުނު ގޯސް ވިސްނިގެން އެކައިވެނި ދަމަހައްޓަން ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް ކުރެވޭނެ އިތުރު ކަމެއް ނޯވެއެވެ.

ޕީޕީއެމްގެ މެންބަރުން ތަކަކަށް ވެސް ކަންވެގެން މިއުޅެނީ އެފަދަ ގޮތެކެވެ. އެމެންބަރުން ވަކިކުރީ ޕީޕީއެމުންނެވެ. ވަކިކުރިކަން އެމެންބަރުންނަށް އެންގިއެވެ. އެއީ އެޕާޓީގެ މެންބަރުން ނޫންކަމަށް ކަނޑައެޅީއެވެ. އެދުވަހު އެމެންބަރުން ބޭނުން ނުވެ ތިއްބާ ނަގާއެއްލާލިއިރު މިއަދު އެޕާޓީއަށް އެމެންބަރުން ބޭނުންވެއްޖެއެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެއެވެ. މެންބަރުން ބޭރުކޮށްލައިފިއެވެ. އެކަމަކު މިއަދު ޕީޕީއެމުން ގަދަފައިވިއްދާފައި އެވަނީ އެނިންމުން ބަދަލު ކުރުމަށެވެ. ކުރިން ނިންމި ނިންމުން އެއީ ނުވާކަމަކަށް ހެދުމަށެވެ. އެޅި ފިޔަވަޅަކީ އެޅި ފިޔަވަޅެއް ނޫންކަމަށް ކަނޑައެޅުމަށެވެ. އެ މެންބަރުން އަލުން ކަނޑާލިކަމަށް އިއުލާން ކޮށްގެން އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށެވެ.

ޕީޕީއެމުން ބުނަނީ މެންބަރުން އޭރު ކަނޑާލިކަމަށް ބުނިކަމުގައިވީ ނަމަވެސް އަލުން އެ މައްސަލަ އެ ޕާޓީން ބަލަން ފެށިކަމަށެވެ. ގޮތެއް ކަނޑައެޅީ ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން ކަމަށެވެ. ބޭނުމަކީ ހަމައެންމެ ބޭނުމެކެވެ. ޕާޓީން ވަކިކުރުމާއެކު މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ބުނުމަށް ރިއާޔަތްކޮށް އެމީހުންގެ ގޮނޑި ގެއްލުވާލުމެވެ. ޕީޕީއެމްގެ އަތުން ބީވި މަޖިލިސް މެޖޯރިޓީ ހޯދުމެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލުމަށެވެ.

މެންބަރުން އެބުނަނީ ހެޔޮނުވާނެޔޭއެވެ.ތިމަންމެންމީ ތިޔަ ޕާޓީގެ މެންބަރުންނެއް ނޫނޭއެވެ. ތިޔަ ޕާޓީން ކަނޑާލި ފަހުން ތިޔަ ޕާޓީއަކަށް އަހަރެމެނެއް ނުވަންނަމޭއެވެ. އަދި ވަންނާކަށް ބޭނުމެއްވެސް ނޫނޭއެވެ. ދެން ތިޔަބުނާ ފިޔަވަޅެއް އަހަރެމެންނަށް އެޅޭނޭ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

ވަރިކުރިފުޅު ފަހަތުން ކިތައްމެ ވަރަކަށް ދުވިއަސް އެމަންޖެ ބޭނުން ނުވާނަމަ ގެންގުޅެވޭނެ ގޮތެއް ނޯވެއެވެ. އެއީ ނިހާނަކަސް އަދުރޭއަކަސް އަދި ޔާމިނަސް ކަން އޮތްގޮތެވެ. ނަޝީދެއް މައުމޫނެއް ޤާސިމެއްވެސް އެކަމަކުން އިސްތިސްނާއެއް ނުވެއެވެ.

ދެން އޮތީ ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ. ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭނެ ކަމަށް ބުނުމެވެ. ތެދެކެވެ. އެކޯޓުން އެއޮތީ އެހެން ކަނޑައަޅާފައެވެ. އެކަމަކު އެކަން ހިނގާނީ އެކޯޓުން ކުރި ހުކުމުގެ ފަހުން ހިނގާ ކަމަކަކަށް ކަމަށް ސާފު ޞަރީޙަ އިބާރާތުން ބުނީވެސް އެކޯޓުންނެވެ. "ނަމާދާ ގާތް ނުވާށޭ އަންގަވާފައި އޮތީތީ މިސްކިތައް ނާރަން ހުރެވޭން ނޯންނަ ގޮތަށެވެ. އަންގަވާފައި އޮންނަނީ މަސްތުގެ ހާލުގައި ގާތް ނުވާށެވެ. އެއީ ނަމާދު ނުކުރުމެއް ނޫނެވެ. އެއްބައި ޤަބޫލު ކޮށްފައި އަނެއްބައި އެއަކުން އުންޏެއް ކުރެވޭނެ ގޮތެއް ނޯވެއެވެ. ޢަމަލް ނުކޮށް ދޫކޮށްލެވޭކަށް ނޯވެއެވެ.

އެކަމަކު ކަންކޮށްގެން މިއުޅެނީ ޕީޕީއެމުންނެވެ. ވެރިކަމުގައި އޮތީ އެޕާޓީއެވެ. ހަމަޔާ ލަމަ އޮތީ އޮތް ތަނެއްގައެވެ. ޤާނޫން އަސާސީއެއް ޤާނޫނެއް ހެދިފައިވާ ޤަވާއިދު އެއީ މުހިއްމު އެއްޗެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ ޕީޕީއެމް ލޮޖިކެވެ. މިއީ ރޯމާ ދުވާލު ނަމަވެސް ރޭގަނޑު ކަމަށް ކަނޑައަޅައިފިނަމަ އެވީ ރޭގަނޑަށެވެ. ހަމައެކަނި ވާންޖެހޭ ގޮތަކީ ޕީޕީއެމުން ކަނޑައެޅުމެވެ.

މީހަކުވާ ހިންޏެއް ނާންނާނެ ހެއްޔެވެ. ތިޔަގަންނަ ގަނޑު ހަމަ އެންމެނަށްވެސް އެނގެއެވެ. ޤާނޫނީ ތަރަހައޭ ހަމައޭ އިންސާފޭ ކިއުމުގެ ބޭނުމެއް ނެތެވެ. އެކަމަކު ހަނދާން ކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އަންނައުނު ލަނީ ނިވާކުރަން ކަމެވެ. ހަމަ ރީތިވެގެން ލާއެއްޗެއްގެ ގޮތުގައެއް ނޫނެވެ. މީހެއްގެ ވިއްޔާ ލަދެއް ހަޔާތެއް ހުންނަން ޖެހެއެވެ. ބާރު އޮތީތީ ކަންކުރެވޭނީ ދުވަސްކޮޅަކަށެވެ. އަބަދަކު އެބާރަކު ދެމިއެއް ނުތިބެވެއެވެ. އަމިއްލައަށް އަމިއްލަ މާޒީއަށް ބަލާލީމާވެސް އެއީ ލައްކަ ވާހަކައެވެ. މިއަދު ތިޔަވަނީ އެކަނިވެފައެވެ. ތިޔަފުޅާ ބޮޑު ކޯލިޝަން ތިޔައޮތީ ރޫޅިފައެވެ. އަތްނުފޯރާ މެޖޯރިޓީ ތިޔައޮތީ ގެއްލިފައެވެ. ދެން އޮތީ ހަމައެކަނި ތިޔަބުނާ ކޯޓެވެ. އެކަންވެސް ބަލަމާ ހިނގަށެވެ. ތާއީދެއް ނެތިއްޔާ ހިފެހެއްޓޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. ތިޔަދެން ހުސްވަނީއެވެ. ބެދޭމަޅިއެއް ނުފެންނާނެއެވެ. ވަރަށް ވިސްނާ ނެތިއްޔާ ބޯނުހިކޭވަރަށް ފެއިލްވެދާނެއެވެ. ފެންނަ މަންޒަރުތަކުން އެއީ ދާދި ގާތްކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ނުދައްކާ މިންވަރަށް، ޕީޕީއެމުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކަނީ ކީއްވެ؟

ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ނުދައްކާ މިންވަރަށް، ޕީޕީއެމުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކަނީ ކީއްވެ؟

14 ޖެނުއަރީ 2023
ޕާޓީން ވަކިކުރުމަށްފަހު، ޕީޕީއެމުން ކައުންސިލަށް އެންގީ ނަހުލާއަށް އެއްބާރުލުން ނުދޭން!

ޕާޓީން ވަކިކުރުމަށްފަހު، ޕީޕީއެމުން ކައުންސިލަށް އެންގީ ނަހުލާއަށް އެއްބާރުލުން ނުދޭން!

29 ޖޫން 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

21 ޖެނުއަރީ 2022
މިހާރު ގޮވަނީ ''ސަރ''އަކަށް ނޫން، ''މިސް''އަށް!

މިހާރު ގޮވަނީ ''ސަރ''އަކަށް ނޫން، ''މިސް''އަށް!

09 އޮކްޓޯބަރު 2021
ޔާމީން މިނިވަން ކުރަން ފުލުހުންނާއި ކުރިމަތިލާން ޕީޕީއެމުން ތައްޔާރު!

ޔާމީން މިނިވަން ކުރަން ފުލުހުންނާއި ކުރިމަތިލާން ޕީޕީއެމުން ތައްޔާރު!

21 އެޕްރީލު 2021

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު