Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ނުދައްކާ މިންވަރަށް، ޕީޕީއެމުން އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކަނީ ކީއްވެ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން އެއީ ޕީޕީއެމް މެމްބަރުންގެ އަތް މަތީގައި އޮންނަ ކަމެެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2023 | ހޮނިހިރު 08:07
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ މިވަގުތު ޤައުމުގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ހަރަކާތެވެ.

ޒަމާންވީ ދެ ރަޙުމަތްތެރިން ސިޔާސީ މައިދާނުގައި ވާދަކުރައްވަމުން ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ ރޭހުގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށެވެ. މިހާރު ވެރިކަމުގައި ހުންނެވި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙަައްމަދު ޞާލިޙު އާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާދަވެރިކަން ފެންނަނީ ވަރަށް ބޮޑަށެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ޓީމުން ވެސް އަންނަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށް ވުމުން، ދެ ރައީސުން ވެސް އަންނަނީ އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވަމުންނެވެ. ޖަލްސާތައް ބާއްވަމުންނެވެ. ދެ ރައީސުން ވެސް ދައްކަވަނީ އެމްޑީޕީގެ މެމްބަރުން މި ޕްރައިމަރީއާ މެދު ވިސްނަން ޖެހޭ ވާހަކަ އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ކުރިއަށް ގެންދާނެ އެންމެ ވަރުގަދަ ސިޔާސީ ޙަރަކާތެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މި ޙަރަކާތާމެދު އެންމެ ބޮޑަށް ވިސްނަން ޖެހެނީ އެމްޑީޕީގެ މެމްބަރުންނެވެ. އެ ވާހަކަ އެންމެ ގަދަޔަށް ދައްކަން ވާނީ އެމްޑީޕީގެ މެމްބަރުންތާ އެވެ. ނަމަވެސް މިވާހަކަތަކުގެ ތެރެއިން މުޅިން އެހެންކަމެއް ފާހަގަވެއްޖެ އެވެ. އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމް އިން ވެސް އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކަމުންނެވެ. ސިޔާސީ ނަޒަރަކުން ބަލާނަމަ، ޕީޕީއެމް އިން އެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތެވެ. ސަބަބަކީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށްވެފައި، މި އިންތިޚާބުގައި ވޯޓުލާނީ އެމްޑީޕީގެ މެމްބަރުންނަށް ވުމެވެ. އަނެއްކޮޅު ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އޮތީ އެމްޑީޕީގެ މެމްބަރުންގެ އަތް މަތީގަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުން އެއީ ޕީޕީއެމް މެމްބަރުންގެ އަތް މަތީގައި އޮންނަ ކަމެެއް ނޫނެވެ.

ޕްރައިމަރީގެ ފޯރި ގަދަވެ، އެ ޖޯޝުގައި އެމްޑީޕީން ކުރިއަށްދާއިރު، ޕީޕީއެމްގެ މެމްބަރުން ވެސް އަންނަނީ އެ ވާހަކަ ދައްކަމުންނެވެ. އެ ޕާޓީގެ އިސް ބޭފުޅުންނާ ހަމައިން ގޮސް، އާންމު މެމްބަރުން ވެސް އެ ވާހަކަ ދައްކަނީ އެވެ. ބައެއް ފަަހަރު ޖަލުގައި އޮންނެވި އެ ޕާޓީގެ ލީޑަރު، ނުވަތަ ރިޔާސީ ކެންޑިޑޭޓު ކަމަށް އެ ބޭފުޅުން ނިންމަވައިގެން ތިއްބެވި ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަ ނުދައްކާ މިންވަރަށް އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ އެބަ ދައްކަ އެވެ. ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ ފަހަރަށްވުރެ، މިހާރު ގިނަވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ ދައްކާ ފަަހަރެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނަޝީދާއި، ރައީސް ޞާލިޙު ރަށް ރަށަށް ވަޑައިގެންނެވިޔަސް އެ ވާހަކަ ވެސް ދައްކަނީ އެވެ. ޓުވީޓު ވެސް ކުރަނީ އެވެ. ފަހަރެއްގައި ވެސް ރައީސް ޔާމީން ޖަލުގައި އޮންނެވި ހަނދާން ނުވާ ކަހަލަ އެވެ. ރައީސް ޔާމީންގެ ވާހަކައަށްވުރެ ގިނަ އިން މިއަދު ޕީޕީއެމް މެމްބަރުންގެ ދުލުން ކިޔެނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ އެވެ. ރައީސް ނަޝީދު އާއި ރައީސް ޞާލިޙުގެ ވާހަކަ އެވެ. އެމްޑީޕީ މެމްބަރުން ވޯޓު ދޭންވީ ކެންޑިޑޭޓު ބުނެދޭން ޖެހޭނީ ޕީޕީއެމަކަށް ނޫންވިއްޔާ އެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށްވުމުން މި އިންތިޚާބުގައި ގޮތް ނިންމާނީ އެ ޕާޓީގެ މެމްބަރުންނެވެ. މި ޕްރައިމަރީ އާއި ޕީޕީއެމާ އެއްވެސް ގުޅުމެއް ނެތްއިރު، އެ ޕާޓީގެ މެމްބަރުން މި ޕްރައިމަރީގެ ވާހަކަ މިހާވަރަށް މިދައްކަނީ ކީއްވެގެން ބާވައެވެ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީޕީއެމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު