Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ.ވަހީދު ގާނޫނަށް ގޮންޖެހުން

ދައުލަތުން ލައްކައިން އިނާޔަތްތައް ނަންގަވަމުން ރައީސް ވަޙީދު ޤާނޫނުތައް މުގުރަނީ - އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް މީހުން ގޮވަނީ!

އޮފީސް ހިިންގުމުގެ ޚަރަދަށް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2020 | ހުކުރު 18:52
އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް ވަޙީދު ޝުއޫރު ފާޅު ކުރައްވަނީ- އެމަނިކުފާނު އެޗްޕީއޭގެ ގައިޑްލައިން މުގުރާފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ރައީސް ވަޙީދު ޝުއޫރު ފާޅު ކުރައްވަނީ- އެމަނިކުފާނު އެޗްޕީއޭގެ ގައިޑްލައިން މުގުރާފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހަލުއިކަމާއެކު ރާއްޖޭގައި ފެތުރި، އެ ބަލީގައި އެތައް ބަޔަކު މަރުވެ، އަދި އެތައް ބަޔަކަށް ފަރުވާ ދެމުންދާ ދަނޑިވަޅެއްގައި، ސިއްހީ މާހިރުންގެ އިރުޝާދުތަަކަށް ގޮން ޖައްސަވާ ކުރީގެ ރައީސް ޑރ.ވަހީދު ގައިގޯޅި މުޒާހަރާ އެއްގައި ބައިވެރިވެވަޑައިގެން، މާސްކު އެޅުއްވުމެއް ނެތި އުޅުއްވި އުޅުންވުން ގިނަ ބަޔަކު ކުށްވެރިކޮށްފިއެވެ.

ރާއްޖެ ވިއްކާލަނީއޭ ކިޔާ އެއްވެސް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ފަތުރާ، ރައްޔިތުންގެ ހިތުގައި ފިތުނަ އުފެއްދުމުގެ ބޭނުމުގައި ވެރިކަމުގައި ހުންނެވި ދުވަސްވަރު ވައްކަށް ކުރެއްވި ކުށް ސާބިތުވެ ޖަލު ހުކުމެއްގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާއެއްގައި ކުރީގެ ރައީސް ޑރ. ވަހީދު ފެނިގެން ގޮސްފައިވަނީ މާސްކް އެޅުއްވުމެއް، ގައިދުރުކަން ބެހެއްޓުމެއް ނެތި އަދި ގިނަ ބަޔަކު އެއްވުން މަނާ ކޮށްފައި އޮއްވާ އެއަށްވެސް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިވެރި އެއްގެ ގޮތުގައެވެ.

ޣައިރު ގާނޫނީ އެއްވުމެއްގައި ޑރ ވަހީދު ބައިވެރިވެވަޑައިގެންނެވި އިރު އޭނާއަކީ ދައުލަތުން މަހަކު 50،000 ރުފިޔާ ގެ އިނާޔަތެއް ލިބޭ ފަރާތެކެވެ. އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރަށް މުޖްތަމަޢަށް ފައިދާހުރި މަސައްކަތެއް ކުރެއްވުމަށް އޮފީސް ހިިންގުމުގެ ޚަރަދަށް ވެސް މަހަކު 175،000 ރުފިޔާ އާ ހަމައަށް ދައުލަތުން ފައިސާ ނަންގަވާ ފަރާތެކެބެ. މިހާ ގިނަ އަދަދެއްގެ ފައިސާ ނަންގަވައިގެން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރެއްވުމުގެ ބަދަލުގައި ފެނިގެން މި ދިޔައީ ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށައެޅުމަށް ރައީސް ވަޙީދު "ފޫގަޅާލައްވާފައިވާ" މަންޒަރެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި އެންމެ ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި އެއްވުންތައް ބޭއްވުމާއި، ސިޔާސީ ހަރަކާތްތައް ބޭއްވުން މަޑުޖައްސާލުމަށް ސިއްޙީ މާހިރުން އިރުޝާދު ދިން ނަމަވެސް، އިދިކޮޅު ކޯލިޝަނުން ދަނީ އެއަށް ބީރު ކަންފަތެއްދީ އެތަން މިތަނަށް އެއްވަމުންނެވެ. ގައިދުރު ކަމަށް ބެލުމެއް ނެތްތާ، މާސްކް އަޅަން މަޖުބޫރުކޮށްފައި އޮތް އޮތުންވެސް ބޮލާލާ ޖަހާފައެވެ. މީގެ ކުރިން މަޖީދީ މަގައް އެއްވެ ބޭއްވި މުޒާހަރާއެއްގައި ބަލި ފެތުރޭނެހާ ގޮތަކަށް އަމަލު ކުރަމުން ގޮސް މުޒާހަރާ ކުރި މީހުން ވަނީ ފުލުހުންގެ ގަޔަށް ކުޅުވެސް ޖަހާފައެވެ. ހިތާމައަކީ، ސިއްޙީ ކުއްލި ނުރައްކަލެއްގެ ޙާލަތުގައި ޤައުމު އޮއްވައި، މިފަދަ ބަޔަކަށް ހިތްވަރުދީ އެމީހުންނާ އެކީ، ދައުލަތުން ބޮޑެތި އިނާޔަތްތައް ނަންގަވަމުންދާ ކުރީގެ ރައީސަކު އިސް ސަފުގައި ހަރަކާތްތެރިވަމުން ދިއުމެވެ. އެވަރުން ނިމުނީކީ ނޫނެވެ.

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެއްވުމުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ރައީސް ވަޙީދު ފެނިގެން ގޮސްފައިވަނީ މާސްކްވެސް އެޅުއްވުމެއް ނެތި، ގައިދުރުކަމަށް ބެއްލެވުމެއް ނެތި، އެއްވުމުގައި އުޅުއްވި މަންޒަރެވެ. ނަމަވެސް މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ނުރައްކާތެރިކަން ފެންނަނީ ދުވާލެއްގެ މައްޗަށް ފެންނަމުންދާ ކޭސްތަކުގެ އަދަދުތަކުންނެވެ. އެގޮތުން ހުކުރު ދުވަހު އެކަނިވެސް 140 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ.

ފެންނަމުންދާ ކޭސްތައް ފަތުއަޑުކިޔާފައި އިތުރު ވަމުންދާއިރު، ރައީސް ވަޙީދުގެ މި އަމަލު ސިފަ ކުރެވެނީ ދައުލަތުން އިނާޔަތްތައް ނަންގަވަމުން ސީދާ ޤާނޫނުތައް މުގުރާލުން ކަމުގައެވެ. މި ހިސާބަށް ދިއުމުން، ރައީސް ވަޙީދަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކޮށްގެން އިނާޔަތްތައް ފޯރުކޮށްދޭން ޖެހޭތޯވެސް ސުވާލު އުފައްދަމުންދާ މީހުން މަދެއް ނޫނެވެ. ޚުދު އެތަކެއް ރައްޔިތުންނާއި، މަޖިލިސް މެމްބަރުންނެއް ދަނީ ޤައުމާ ދޭތެރޭ މިވަރު ބޮޑު އިހުމާލެއް ވި މީހަކަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލުމަށް ގޮވަމުންނެވެ.

ރައީސްކަން ކޮށްފައި ހުރުމަކީ ގާނޫނަށް ވުރެ މަތީގައި އެމީހަކު ހުންނަން ޖެހޭ ކަމެއް ނޫނެވެ. އެއާ ޚިލާފަށް އޭނާ ވާންޖެހޭނީ ގާނޫނަށް ބޯލެނބުމުގައި އެހެން މީހުންނަށް ނަމޫނާ އަކަށް ވުމަށެވެ.

ރައީސް ވަހީދުގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހި ޝުއޫރު ކުރި ފަރާތްތަކުން ބުނެފައިވަނީ ސިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޤައުމު ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ، ގައިގޯޅިވެ އެއްވުން ބޭއްވުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށާއި، އެފަދަ ފަރާތްތަކުގެ އިނާޔަތް ކަނޑާލަން ޖެހޭ ކަމުގައެވެ.

އޭގެ އިތުރުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ވަނީ ކޮވިޑްގެ މި ބިރުވެރިކަމުގެ ތެރޭގައި ގެއްލިގެންދާ ފުރާނަތަކުގެ ޒިންމާ ރައީސް ވަޙީދު ނަންގަވާނަންތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން މެމްބަރު ރޮޒެއިނާ ވިދާޅުވީ، ދައުލަތުގެ ބޮޑެތި އިނާޔަތްތަކެއް ނަންގަވަމުންދާ ބޭފުޅެއްގެ ކިބައިން މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ފެންނަމުންދާ މި ޢަމަލުތަކާމެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ކެނޑިނޭޅި މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ސިޔާސީ ފައިދާއަކަށް އެތައް ރައްޔިތުންނެއްގެ ފުރާނަ ނުރައްކަލަށް ހުށައަޅަމުން ގެންދެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ވަޙީދުގެ އިނާޔަތްތައް ކަނޑާލުމަށް ގޮވާ އަޑުއުފުލަމުންދާ މީހުންގެ ޝުއޫރުތަކުން މީސްމީޑިއާ ބަންޑުން ވަމުންދާއިރު، ވެރިކަމަށް ވަޑައިގަތުމަށް ބަޣާވާތް ކުރެއްވި ކަމަށް ތުހުމަތު ކުރެވިފައިވާ ބޭފުޅަކު، މި ޙާލަތުގެ ނާޖާއިޒު ބޭނުން ހިފަމުން ގެންދަވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަޙުމީ ވިދާޅުވީ، ކުރިންވެސް ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން ބޭފުޅަކު އަނެއްކާވެސް ހެދިފައިވާ ޤާނޫނުތައް މުގުރާލުމަށް އިދިކޮޅު ފަރާތްތަކަށް ހިތްވަރުދެއްވަމުން ގެންދާކަމީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ މި ހާލަތުގައި 30ށް ވުރެ ގިނަ މީހުންނަށް އެއް ނުވެވޭނެ ކަމަށާއި، އަދި އެއްވާ މީހުންވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ކަމަށް އަންގާފައެވެ. ނަމަވެސް އިދިކޮޅުގެ އެއްވުންތަކުން މުޅިންވެސް ފެންނަމުންދަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި މި ބަލިމަޑުކަން އިތުރަށް ފެތުރިގެންދާނެ ގޮތަށް އަމަލުތައް ބަހައްޓަމުން ގެންދާ ތަނެވެ. އަދި އެކަމުގައި ކުރީ ސަފުގައި ކުރީ ސަރުކާރު އޮތް ދުވަސްވަރު ބޮޑެތި ވައްކަމާއި ޚިޔާނާތް ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ހަރަކާތްތެރި ވަމުންދާއިރު، އޭގެ ތެރެއަށް ރާއްޖޭގެ ބައިތުލްމާލުން ބޮޑެތި އިނާޔަތްތަކެއް ނަންގަވަމުންދާ ކުރީގެ ރައީސަކު އުޅުއްވުމަކީ އޭނާގެ ހަގީގީ ނިޔަތް ގައުމާ މެދު އޮތް ގޮތް ސާފުވެގެންދާ ކަމެކެވެ. ޤައުމީ ދިފާއީ ބާރުގެ ހަށިފާރަފެރިންނާ އެކު ގާނޫނާ ޚިލާފު އެއްވުންތަކަށް ޑރ. ވަހީދު ވަޑައިގަންނަވާ އިރު ސެކިއުރިޓީ ޚިދުމަތް ދޭން ޖެހެނީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ. ސިފައިންނަކީ ޣައިރު ގާނޫނީ ކަންކަމުގައި ބައިވެރިވާން ޖެހޭ ބައެއް ނޫނެވެ. އަނެއްކޮޅުން ސިފައިން ގޮވައިގެން ޣައިރު ގާނޫނީ އެއްވުމަކަށް ރައީސް ވަހީދު ވަޑައިގެންނެވި އިރު މި ބިރުވެރިކަމުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސިފައިންނާއި ފުލުހުންގެ މަސައްކަތްތަކަށްވެސް އެ ޖެއްސެވުނީ ޖޯކު ނޫންބާވައޭ ހިތައް އަރައެވެ. ވީއިރު، މިފަދަ ބޭފުޅަކަށް ދައުލަތުގެ އިނާޔަތްތައް ދިނުން ޙައްޤުބާއެވެ؟

ރައީސް ވަޙީދު މާޒީގައިވެސް ރައްޔިތުންނަށް ދެއްވީ "ދޯކާއެވެ" މިއަދުވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ހަމަ ދޯކާއެއް ނޫންތޯއެވެ؟ ނިކަމެތި ރައްޔިތުންނަށް ތިފަދަ ބޮޑު އަނިޔާއެއް ނުދެއްވާށެވެ! މި ނުރައްކާތެރި ބަލި ޖެހޭ އާދައިގެ މީހުންނަށް ޑރ ވަހީދަށް ލިބިވަޑައިގަންނަވާ ވީއައިޕީ ބޭސްފަރުވާ ލިބޭނެ ކަމަކަށް ހިތެއް ނުބުނެއެވެ. ނިކަމެތި ރައްޔިތުންނަށް ކޮންމެވެސް އޯގާތެރި ކަމެއް ރަހުމެއް ބަހައްޓަވައިގެން ތިޔަ ލިބިވަޑައިގަންނަވާ އިއްޒަތާ އިނާޔާތްތަކުގައި އުޅުއްވާށެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު