Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށަށް އެމްބިއުލާންސް ފޮނުވުން

11 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ތައްޔާރުވެއްޖެ

މިމަހުގެ 10 ވާ ހުކުރު ދުވަހު އިތުރު ނުވަ އެމްބިއުލާންސް ރާއްޖެއަށް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ސެޕްޓެމްބަރު 2023 | ބުދަ 14:08
އެމްބިއުލާންސް ރަށަށް ގެންދިއުމަށް ބޯޓަށް އަރުވަނީ

އެމްބިއުލާންސް ރަށަށް ގެންދިއުމަށް ބޯޓަށް އަރުވަނީ

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 11 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.

މިފަހަރު އެމްބިއުލާންސް ފޮނުވާ ރަށްތަކަކީ ހއ. މާރަންދޫ، ހއ. ތަކަންދޫ، ނ. ޅޮހި، ނ. މަގޫދޫ، ރ. ރަސްގެތީމު، ބ. ގޮއިދޫ، ކ. ތުލުސްދޫ، ވ. ފެލިދޫ، ށ. ކަނޑިތީމު، ލ. ހިތަދޫ، އަދި ހއ. އުތީމެވެ.

އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާ ސަރަހައްދުގައި ހުންނަވައިގެން މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ، ބުދަ ދުވަހު 11 ރަށަކަށް އެމްބިއުލާންސް ފޮނުވާއިރު، މިމަހުގެ 10 ވާ ހުކުރު ދުވަހު އިތުރު ނުވަ އެމްބިއުލާންސް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި އެ އެމްބިއުލާންސްތައް ވެސް އަވަހަށް ކްލިއަރ ކުރުމަށްފަހު އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެސްޓީއޯގެ ބޮޑު ހިއްސާއެއް އެކުލެވޭކަމީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި

25 ސެޕްޓެމްބަރު 2017
ހުވަދޫ އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ފުރާވަޑައިގެންފި
25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
30 އޯގަސްޓު 2017

ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް އޮތްބައި ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހައި ކޯޓަށް ހުށަހަޅައިފި

30 އޯގަސްޓު 2017
ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް އޮތްބައި ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހައި ކޯޓަށް ހުށަހަޅައިފި
28 އޯގަސްޓު 2017

ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން

28 އޯގަސްޓު 2017
ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން ރަށްރަށަކަށް ނޭރޭނެ: އަލީ ޙުސައިން
24 އޯގަސްޓު 2017

ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި

24 އޯގަސްޓު 2017
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު