Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިލަރެއާލް

ވިލަރެއާލްގެ ކޯޗުކަމުން ސެޓިއެން ވަކިވެއްޖެ

ސެޓިއެން ވިލަރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 10:58
ވިލަރެއާލްގެ ކޯޗަަކަށް ހުރި ސެޓިއެން

ވިލަރެއާލްގެ ކޯޗަަކަށް ހުރި ސެޓިއެން

ވިލަރެއާލްގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިވެއްޖެއެވެ.

ސްޕެއިންނަށް ނިސްބަތްވާ އުމުރުން 64 އަހަތުގެ ސެޓިއެން ވިލަރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެއީ އޭރު އެ ޓީމުގެ ކޯޗުކަމުގައި ހުރި އުނާއި އެމެރީ އެ މަގާމު ދޫކޮށްލުމުންނެވެ. ވިލަރެއާލް ދޫކޮށް އެމެރީ ހަވާލުވީ އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާއެވެ. ވިލަރެއާލްގެ ކޯޗުކަމުން ވަކިވާން ސެޓިއެން ނިންމީ، މި ސީޒަނުގައި އެ ޓީމަށް ލިބެމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ. މި ސީޒަަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް ވިލަރެއާލުން ވަނީ ހަތަރު މެޗު ކުޅެފައެވެ. އޭގެ ތެރެއިން ތިން މެޗުން އެ ޓީމު ބަލިވިއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. ސެޓިއެން މަގާމު ދޫކޮށްލަން ނިންމުމާއެކު، ވަގުތީގޮތުން އެ ޓީމުގެ ކަންކަން ކުރިއަށް ގެންދާނީ އެ ކުލަބުގެ ޑައިރެކްޓަރު މިހުއޭލް އެންހެލް ޓެނާއެވެ.

ސެޓިއެން އޭނާގެ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ނުވަ ކުލަބަކަށް އިރުޝާދު ދީފައެވެ. ސެޓިއެން ވަނީ 2020 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާވެސް ހަވާލުވެފައެވެ. ނަމަވެސް އެކުލަބާއެކު އޭނާއަށް ނަތީޖާ ނުނެރެވުމުގެ ސަބަބުން ބާސެލޯނާއިން ވަނީ އެ އަހަރުގެ އޯގަސްޓު މަހު އޭނާ މަގާމުން ވަކިކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބަޔާން މިއުނިކް އަތުން 8-2ން ބަލިވެފައެވެ. އެއީ 74 އަހަރު ތެރޭގައި ބާސެލޯނާ ކޮޅަށް އަށް ލަނޑު ވަތް ފުރަތަމަ މެޗެވެ. އަދި 1951 ވަނަ އަހަރުގެ ފަހުން ހަ ލަނޑުގެ ތަފާތަކުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2017

ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ

29 ޑިސެމްބަރު 2017
 ބްރިސްބޭން އިންޓަނޭޝަނަލް އިން ނަދާލް ވަކިވެއްޖެ
23 ޑިސެމްބަރު 2017

ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި

23 ޑިސެމްބަރު 2017
ސެވިއްޔާގެ ކޯޗުކަމުން ބެރީޒޯ ވަކިކޮށްފި
03 ނޮވެމްބަރު 2017

ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ

03 ނޮވެމްބަރު 2017
ޕެރިސް މާސްޓާސް: ކުއާޓާގެ ޖާގައެއް ކަށަވަރުވެފަ އޮއްވާ ނަދާލް މުބާރާތުން ވަކިވެއްޖެ
20 އޮކްޓޯބަރު 2017

އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން

20 އޮކްޓޯބަރު 2017
އެވަޓަންގެ ކޯޗުކަމުން އަހަރެން ވަކިކޮށްފާނެ: ރޮނަލްޑް ކޯމަން
12 އޮކްޓޯބަރު 2017

ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ

12 އޮކްޓޯބަރު 2017
ސްކޮޓްލެންޑްގެ ކޯޗުގެ މަގާމުން ސްޓްރެޗަން ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު