Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޮކޭޝަނަލް އެޑިޔުކޭޝަން

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްސަކޮށްގެން ސްކޫލްތަކުގައި ގާއިމުކުރާ ފުރަތަމަ ލެބް ތާޖުއްދީން ސްކޫލްގައި ހުޅުވައިފި

5 ސެޕްޓެމްބަރު 2023 | އަންގާރަ 02:24

މިއީ އޭއީޑީޕީގެ ދަށުން ގާއިމުކުރާ ލެބުތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ސެޕްޓެމްބަރު 2023 | އަންގާރަ 02:24
ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްސަކޮށްގެން ތާޖުއްދީން ސްކޫލުގައި ހުޅުވި ލެބު

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްސަކޮށްގެން ތާޖުއްދީން ސްކޫލުގައި ހުޅުވި ލެބު

ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްސަކޮށްގެން ސްކޫލްތަކުގައި ޤާއިމުކުރާ ލެބުތަކުގެ ތެރެއިން ފުރަތަމަ ލެބް، ތާޖުއްދީން ސްކޫލުގައި ހުޅުވައިފިއެވެ.

ހޯމަ ދުވަހު މި ލެބް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެކި ސްކޫލުތަކުގައި ގާއިމުކުރަން ހަމަޖެހިފައިވާ މި ލެބްތަކުގެ އެހީގައި ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައްކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އަރޓް އެންޑް ކްރާފްޓުގެ މަސައްކަތް ދަސްކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަގުބަލުގައި ހުނަރުވެރި، ތައުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަ ލެބުތައް ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބުތަކާއި އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތްތަކަށް ޚާއްސަ ލެބުތައް ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭ ގޮތަށް، 82 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތައުލީމު ދަސްކޮށްދޭ ލެބުތައް ގާއިމުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ވޮކޭޝަނަލް އެޑިއުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެން ދަރިވަރުންގެ ޝައުގުވެރިވާ ގޮތައް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ލެބުތަކަކީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ގާއިމުކުރާ ލެބުތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2018

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި

09 އެޕްރީލު 2018
ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޑީކޭ އެޓް ހޯމް ތައާރަފްކޮށްފި
18 ޖެނުއަރީ 2018

ސްކޫލްތަކުގައި މާރާމާރީ ހިންގުން: ފުލުހުން ކަންބޮޑު ނުވިޔަސް، އާއްމު ރައްޔިތުންނާއި އަހަރެމެން ކަންބޮޑުވަން: އެމްޑީޕީ

18 ޖެނުއަރީ 2018
ސްކޫލްތަކުގައި މާރާމާރީ ހިންގުން: ފުލުހުން ކަންބޮޑު ނުވިޔަސް، އާއްމު ރައްޔިތުންނާއި އަހަރެމެން ކަންބޮޑުވަން: އެމްޑީޕީ
18 ޖެނުއަރީ 2018

ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ޙަމަލާތާކަށް ފަހު ސްކޫލްތަކުގައި ފުލުހުން ފޯރިމަރަނީ

18 ޖެނުއަރީ 2018
ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ޙަމަލާތާކަށް ފަހު ސްކޫލްތަކުގައި ފުލުހުން ފޯރިމަރަނީ
17 ޖެނުއަރީ 2018

ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ: ރިޔާޒް

17 ޖެނުއަރީ 2018
ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ: ރިޔާޒް
04 ޑިސެމްބަރު 2017

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ފެށުމުގައި ވެސް ބާތިލް އެގްރީމަންޓެއް: ޝިޔާމް

04 ޑިސެމްބަރު 2017
ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ފެށުމުގައި ވެސް ބާތިލް އެގްރީމަންޓެއް: ޝިޔާމް
20 ނޮވެމްބަރު 2017

ސްކޫލްތަކުގައި ކުލަގަދަކޮަށް ގައުމީ ދުވަސް ފާހަގަކޮށްފި

20 ނޮވެމްބަރު 2017
ސްކޫލްތަކުގައި ކުލަގަދަކޮަށް ގައުމީ ދުވަސް ފާހަގަކޮށްފި
16 އޮކްޓޯބަރު 2017

ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް
16 އޮކްޓޯބަރު 2017

ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި
30 ސެޕްޓެމްބަރު 2017

ސްކޫލްތަކުގައި އާވައްތަރެއްގެ ޑްރަގެއް ދައުރުވަމުންދާ ވާހަކައަކީ ދޮގެއް: ޕޮލިސް

30 ސެޕްޓެމްބަރު 2017
ސްކޫލްތަކުގައި އާވައްތަރެއްގެ ޑްރަގެއް ދައުރުވަމުންދާ ވާހަކައަކީ ދޮގެއް: ޕޮލިސް
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް