Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ހެލްތު ލައިން

މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްފި

މޯލްޑިވްސް ހެލްތު ލައިންގެ ސަބަބުން ޚިދުމަތްތައް ގިންތިކޮށް، އާއްމުންނާ ގާތުން ޚިދުމަތް ދެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 13:55
މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކުރުން

މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކުރުން

މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި ހޯމަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ހެލްތު ލައިނަކީ ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރި ހެލްތު ލައިނެކެވެ. 2018 ވަނަ އަހަރު ރާއްޖެގެ ސިއްހީ ނިޒާމް ލާމަރުކަޒުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބޭސްފަރުވާގެ ނިޒާމެއް ގާއިމްކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކަމަށެވެ. އަދި މި ދާއިރާއިން އާއްމުން ކުރާ ޚަރަދުތައް ކުޑަކޮށް، ސިއްހީ ދާއިރާއިން ރަށްތައް ގުޅާލުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭސް ފޯރުކޮށްދިނުމާއި ބަލި މީހުން އުފުލުމުގެ މަަސައްކަތްވެސް ހަރުދަނާކޮށްފައި ވާކަމަށް ނަސީމް ވިދާޅުވިއެވެ.

ހޯމަ ދުވަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް ވިދާޅުވީ، ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ބޮޑުބައި ފުދިފައި ވާކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުތަކުގައި ޓާރޝަރީ ހޮސްޕިޓަލްތައް ގާއިމްކޮށްފައިވާ ކަމަށާއި، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް މި ސަރުކާރުން ގެނެސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަންކަމުގެ ފަސޭހަ އާއްމުންނަށް ލިބޭ ކަމަށް އާދިލް ވިދާޅުވިއެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ސަބަބުން ޚިދުމަތްތައް ގިންތިކޮށް، އާއްމުންނާއި ގާތުން ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 20 އަތޮޅުގައި 183 ރަށެއްގައި މޯލްޑިވްސް ހެލްތު ލައިންގެ ދަށުން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުތަކަށް ޚާއްސަކޮށްގެން 20 ހައިސްޕީޑް ލޯންޗު ރާއްޖޭގެ 20 އަތޮޅުތަކަށް ފޮނުވަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ހަތް އަތޮޅަކަށް ސްޕީޑް ލޯންޗު ހަވާލުކޮށްފައިވެއެވެ. ބާކީ 13 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާ ލޯންޗުތައް އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު