Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2023

މެޑަލް ހޯދި ޓީމުތަކާމެދު މުޅި ރާއްޖެ ފަޚުރުވެރިވޭ: ރައީސް ޞާލިޙު

4 ސެޕްޓެމްބަރު 2023 | ހޯމަ 03:34

ރާއްޖެ އިން ނުވަ ކުޅިވަރެއްގައި ވާދަކުރިއިރު، ޖުމުލަ 28 މެޑަލް ވަނީ ހާސިލްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ސެޕްޓެމްބަރު 2023 | ހޯމަ 03:34
2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރާއްޖެ އިން ހޯދި ކާމިޔާބީގައި ރައީސް ޞާލިޙު އުފާ ފާޅުކުރައްވަނީ

2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ރާއްޖެ އިން ހޯދި ކާމިޔާބީގައި ރައީސް ޞާލިޙު އުފާ ފާޅުކުރައްވަނީ

މަޑަގަސްކަރައިގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މެޑަލްތައް ހޯދި ދިވެހި ޓީމުތަކާމެދު މުޅި ރާއްޖެ ފަޚުރުވެރިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ގޭމްސް ގައި ރާއްޖެ އިން ވަނީ ނުވަ ކުޅިވަރެއްގައި ވާދަކޮށްފަ އެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، ވޮލީބޯޅަ، އެތުލެޓިކްސް، ޓެނިސް، ހޭންޑްބޯޅަ، ބާސްކެޓުބޯޅަ، ސްވިމިން، ބެޑްމިންޓަން އަދި ޓައެކްވަންޑޯ އެވެ. ގޭމްސްގައި ބައިވެރިވި ރާއްޖޭގެ އެތުލީޓުންގެ އަދަދަކީ 176 އެކެވެ. ގޭމްސްގައި ރާއްޖޭގެ ޓީޓީ، ބެޑްމިންޓަން، ޓައެކްވަންޑޯ، ޕެރަ އެތުލެޓިކްސް، އެތުލެޓިކްސް އަދި ބާސްކެޓު ބޯޅަ އިން ވަނީ މެޑަލް ހާސިލްކޮށްފަ އެވެ. ރާއްޖެ އިން ވަނީ ޖުމުލަ 28 މެޑަލް ހާސިލްކޮށްފަ އެވެ. އެއީ ފަސް ރަން މެޑަލް، ނުވަ ރިހި މެޑަލް އަދި 14 ބްރޯންޒް މެޑަލް އެވެ. ރައީސް ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ކުޅިވަރުތަކުން ރާއްޖެ ހޯދި ކާމިޔާބާމެދު މުޅި ޤައުމު ފަޚުރުވެރިވާ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ރާއްޖެ އިން ވަނީ 15 މެޑަލް ހާސިލްކޮށްފަ އެވެ. އޭގެ ފަހުން މިއަހަރުގެ ގޭމްސްގައި އެ އަދަދު އިތުރު ކުރުމަށް ރާއްޖެ އިން ޚާއްސަ ސަމާލުކަމެއް ދިނެވެ. އެގޮތުން އެ ކާމިޔާބީ ހޯދުމަށް އަމާޒު ކަނޑައަޅައިގެން ރާއްޖެ އިން ވަނީ ދުރާލާ ގިނަ މަސައްްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެތުލީޓުންނަށް ރާއްޖެ އިން ބޭރުގެ ޤައުމުތަކާއި، ރާއްޖޭގައި ތަމްރީނުތައް ކުރިއަށް ގެންދިޔުން ހިމެނެ އެވެ.

މިއަހަރުގެ ގޭމްސް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހުނީ ރާއްޖޭގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެ އަށް ގޭމްސް އަށް ތައްޔާރު ނުވެވުމުގެ ސަބަބުން، އެ ފުރުސަތު ޖެހުނީ ދޫކޮށްލާށެވެ. ދާދި ފަހުން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަކީ މި ދައުރުގެ ތެރޭގައި ކުރަން ބޭނުންފުޅުވި ކަމެއް ކަމަށެވެެ. ނަމަވެސް ދިމާވި ހާލަތުގެ ސަބަބުން އެކަން ހާސިލްނުކުރެވުނު ކަމަށާއި، ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބުވެ ވަޑައިގެންފިނަމަ، އަލުން ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގިނަ ކާމިޔާބީތަކާއެކު ރާއްޖޭގެ އެތުލީޓުން އަންގާރަ ދުވަހުގެ ރޭ ރާއްޖެ އަންނާނެ އެވެ. ޓީމުތަކަށް މަރުޙަބާ ދެންނެވުން ފޯރީގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް