Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ސަރުކާރު ތެރޭގައި މައްސަލައެއް ހުރިނަމަ އެންމެ ރަނގަޅު ގޮތަކީ ބޭރަށް ވަޑައިގަތުން: ރައީސް

އަމާޒަކީ މިދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 06:44
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން

ސަރުކާރުގެ ތެރޭގައި ތިއްބަވައިގެން ސަރުކާރަށް ފާޑުކިޔުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާ ސަރުކާރު ތެރޭގައި މައްސަލައެއް ހުރިނަމަ އެންމެ ރަނގަޅު ގޮތަކީ ބޭރަށް ވަޑައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު "ރާއްޖެ ޓީވީ"ގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަކީ އޭގެ ޒާތުގައި އުނދަގޫކަމެއް ކަަމަށާއި، އެމަނިކުފާނުގެ އަމާޒަކީ މިދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ރައްޔިތުން ކޯލިޝަން ސަރުކާރެއް އިންތިޚާބު ކުރާއިރު އާނ ބަސް ބުނަނީ އެ ކޯލިޝަނެއްގައި ހިމެނޭ އެންމެންނަށް ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް ސަރުކާރު ދެމެހެއްޓުމަށް ކޮންމެ ވެރިޔަކުވެސް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ. ކުރީ ސަރުކާރުތަކުގެ ކޯލިޝަންތައް ރޫޅާލުމުން އޭގެ ގެއްލުން ވެގެންދިޔައީ ރައްޔިތުންނަށް ކަމަށާއި، އެހެންވެ އެ މަނިކުފާނު ބޭނުންފުޅުވަނީ ކިރިޔާވެސް ކޯލިޝަން ދެމެހެއްޓޭނެ ގޮތެއް އޮތް ނަމަ އެކަން ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވީ ފާޑުކިޔާނެކަން ގަބޫލުފުޅު ކުރައްވައިގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގައި ތިބެ، ސަރުކާރުން މަސައްކަތް ކުރާގޮތް އެނބިތިބެ އެއާ ދެކޮޅަށް ވާހަކަދައްކަވާނީ އެއްވެސް އަޚުލާގެއް ނެތުމުން ކަމަށެވެ. ސަރުކާރުން ކަންކަން ކުރާ ގޮތުގައި މައްސަލަ ހުރިކަމަށް ގަބޫލުކުރެވޭނަމަ އެންމެ ރަނގަޅުގޮތަކީ ސަރުކާރާ ދުރަށް ދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި އެއްކޮށް މަސައްކަތް ކުރާއިރު ގެންގުޅޭ ސިޔާސަތުތަކުގައި ޚިޔާލުތަފާތުވުންތަކެއް އުޅޭނެ ކަމަށެވެ. ނަމަވެސް އެއީ މަޝްވަރާ ކޮށްގެން ހައްލު ހޯދޭނެ ކަންކަން ކަމަށާއި ކަނޑައެޅިގެން ސީދާ ސަރުކާރުގެ މަސައްކަތްތަކަށް އުނދަގޫވާގޮތަށް މަސައްކަތް ނުކުރާ ހާލަތެއްގައި އެއްވެސް ބޭފުޅަކު މަގާމުން އެކަހެރި ނުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނާއެކު މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކޯލިޝަން ހެދި ޕާޓީތަކުން ތެރެއިން މިއަހަރުގެ އިންތިޚާބުގައިވެސް އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަކިން މިއަހަރުގެ އިންތިޚާބުގައި ވާދަކުރައްވާއިރު އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ކެމްޕޭނުގެ އެކި ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު