Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޓްރާންސްފަރ "ޑެޑްލައިން ޑޭ" ގައި ޔުނައިޓެޑުން ހަތަރު ކުޅުންތެރިންގެ ސޮއިހޯދައިފި

ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ އަމްރަބަތު، ރެގުއިލޮން، އިވާންސް އަދި ބައިންދިރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 2 ސެޕްޓެމްބަރު 2023 | ހޮނިހިރު 04:09
ރެގުއިލޮންއާއި ކޯޗު ޓެން ހާގް

ރެގުއިލޮންއާއި ކޯޗު ޓެން ހާގް

މިއަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރ "ޑެޑްލައިން ޑޭ"ގައި މެންޗެސްޓަރ ޔުނައިޓެޑުން ހަތަރު ކުޅުންތެރިއެއްގެ ސޮއިހޯދައިފިއެވެ.

ހުކުރު ދުވަހު ޔުނައިޓެޑުން ވަނީ ފެނަބާޗޭގެ ކީޕަރު އަލްޓޭ ބައިންދިރުއާއި ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ޖޮނީ އިވާންސްއާއި ޓޮޓެންހަމްގެ ސާޖިއޯ ރެގުއިލޮންގެ އިތުރުން ފިއޮރެންޓީނާގެ ސޮފްޔާން އަމްރަބަތުގެ ސޮއި ހޯދާފައެވެ.

ޔުނައިޓެޑުން އަމްރަބަތު ގެނެސްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. ލޯނު ފީގެ ގޮތުގައި 8.6 މިލިއަން ޕައުންޑް ދެއްކުމަށް ހަމަޖެހިފައިވާއިރު، އިތުރަށް 17.1 މިލިއަން ޕައުންޑާއި އެޑް-އޮންގެ ގޮތުގައި 4.2 މިލިއަން ޕައުންޑް ދައްކައިގެން، ދާއިމީކޮށް އޭނާ ގެނައުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބޭނެއެވެ.

އުމުރުން 27 އަހަރުގެ އަމްރަބަތު ވަނީ މިދިޔަ އަހަރު ކުރިޔަށް ދިޔަ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މޮރޮކޯ މުބާރާތުން ކަޓާފައިވަނީ ސެމީ ފައިނަލުންނެވެ. މިދިޔަ ތިން ސީޒަން އޭނާ ހޭދަކޮށްފައިވަނީ ފިއޮރެންޓީނާއާ އެކުއެވެ. ޔުނައިޓެޑުން އޭނާ ގެންދިޔުމަށް މަސައްކަތްކުރި އިރުން ފެށިގެން، އޭނާ ވަނީ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައެވެ. އޭގެ ފަހުން، ގިނަ ޓީމުތަކަކުން އޭނާ ހޯދުމަށް މަސައްކަތް ކުރިނަމަވެސް، އޭނާ ވަނީ ޔުނައިޓެޑު ނޫން ކްލަބަކަށް ބަދަލުނުވާން ނިންމާފައެވެ.

ޔުނައިޓެޑުން ރެގުއިލޮން ވެސް ގެނެސްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ގެނައުމަށް ޔުނައިޓެޑުން ނިންމާފައިވަނީ، ޓީމުގެ ޑިފެންސަށް ދިމާވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއްގެ ގޮތުގައެވެ. އެއީ، ލެފްޓް ބެކަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ލޫކް ޝޯއާއި ޓައިރެލް މަލާސިއާއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. ރެގުއިލޮން ވަނީ ޕްރިމިއަރ ލީގުގައި ޖުމްލަ 52 މެޗު ކުޅެފައެވެ.

އިވާންސް ޔުނައިޓެޑާއެކު ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޔުނައިޓެޑުން އޭނާ ގެނެސްފައިވަނީ ރަފައެލް ވަރާންއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ކުރިން ޔުނައިޓެޑަށް 198 މެޗު ކުޅެދީ، ތިން ޕްރިމިއަރ ލީގާއި ދެ ލީގު ކަޕު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ.

ކީޕަރު ބައިންދިރު، ޔުނައިޓެޑާއެކު ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޔުނައިޓެޑުން އޭނާ ގެނައީ ދެވަނަ ޗޮއިސް ކީޕަރުގެ ގޮތުގައެވެ. ކުރީގެ ދެވަނަ ޗޮއިސް ކީޕަރު ޑީން ހެންޑަސަން ވަނީ ކްރިސްޓަލް ޕެލެސްއަށް ބަދަލުވެފައެވެ.

މި ހަތަރު ކުޅުންތެރިންގެ އިތުރުން މި ހޫނުމޫސުމުފައި ޔުނައިޓެޑާ ގުޅިފައިވަނީ އަންޑްރޭ އޮނާނާއާއި މޭސަން މައުންޓްގެ އިތުރުން ރަސްމުސް ހޮއިލުންޑެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު