Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރެންދޫގެ ތަރައްގީ

ކުރެންދޫގައި އިތުރު ހައުސިންގ ޔުނިޓްތަކާއި މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ދަތުރުދާނެ ރަށެއް ކައުންސިލާ ވާހަކަ ދައްކައިގެން ހަމަޖެއްސުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޯގަސްޓު 2023 | ބުރާސްފަތި 12:06
ރައީސް ސާލިހް ކުރެންދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސް ސާލިހް ކުރެންދޫގައި ވާހަކަފުޅުދައްކަވަނީ

ކުރެންދޫގައި އިތުރު ހައުސިންގ ޔުނިޓްތަކާއި މަގުތައް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ޅ. ކުރެންދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރު ބޭއްވޭ އިންތިޚާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާނީ ބޮޑު ތަފާތަކުން ކަމަށެވެ. ރައީސް ވިދާޅުވީ 130 ވަރަކަށް ރަށަށް ވަޑައިގެންނެވިއްޖެ ކަމަށާއި، އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެފަދަ ފޮތެއް ކުރެންދޫ ރައްޔިތުން ވެސް ބޭނުން ނުވާނެ ކަމަށާއި، ބޭނުންވާނީ ހިތްހަމަޖެހުމާއި އުފަލާއި ހަމަޖެހުމާއެކު އުޅެން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކުރެންދުއަކީ ވަރަށް އާދަޔާ ޚިލާފު ރަށެއް ކަމަށެވެ. މުޅިން ފުއްޓަރު އޮތް، ލަފައިފުރުމުގެ ދަތިކަން އޮތް، ބިން ތޮއްޖެހިފައި އޮތް ރަށެއް ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ބޭނުންވާނެ ކަމަށާއި، އެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. މީގެ އިތުރުން ވަށައިގެން ރިވެޓްމަންޓު ޖަހައި، ކުރީގެ ނަރުދަމާ ނިޒާމު ނިންމައި، ފެނުގެ ނިޒާމް ގާއިމްކުރަމުން ދާކަމަށެވެ. އަދި އިންޖީނުގެ އަޅައި ނިމިއްޖެ ކަމަށާއި، ރައްޔިތުން ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 50 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުތައް ރަނގަޅަށް ހަދައި، ތާރުއަޅައި ފެން ހިންދާ ނިޒާމެއް ގާއިމްކުރާނެ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގައި ގެންނަންޖެހޭ ބަދަލަކާއެކު، އެ މަސައްކަތް ނިންމާނެ ކަމަށާއި، އަދި ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް ވަނީ ބަޖެޓް ކުރެވިފައި ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ޒުވާނުން ބޭނުންވާ ކުޅިވަރުތަކަށް އިންޑޯ ޔޫތު ކޮމްޕްލެކްސްއެއް، ފެސިލިޓީތަކާއެކު ގާއިމްކޮށްދެއްވާނެ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް އަޕްގްރޭޑްކޮށް، ކުނީގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް، ކައުންސިލާ ވާހަކަ ދައްކަވައިގެން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ޅ. ކުރެންދޫއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު