Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫގައި ހިންގާފައިވާ ތަރައްޤީގެ މަޝްރޫތައް

ތިނަދޫގައި ސަރުކާރުން ހިންގަވާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވައިފި

ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި، އެން.އައި.ސީ.ޔޫ. އަދި 2 ލޭބަ ސުއީޓްސް އާއި 4 ޕްރައިވެޓް ރޫމް ހިމެނޭ ލޭބަރ ރޫމް ހުޅުއްވައިދެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:12
ގދ. ތިނަދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން

ގދ. ތިނަދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން

ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފާހަގަކޮށްދެއްވައިފިއެވެ.

މި މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވީ އެމަނިކުފާނު ބުދަ ދުވަހު ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެގޮތުން އެމަނިކުފާނު ވަނީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި، އެން.އައި.ސީ.ޔޫ. އަދި 2 ލޭބަ ސުއީޓްސް އާއި 4 ޕްރައިވެޓް ރޫމް ހިމެނޭ ލޭބަރ ރޫމް ވެސް ހުޅުއްވައިދެއްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެމަނިކުފާނު ވަނީ ތިނަދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ތިނަދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހު ހުޅުއްވައިދެއްވި ތިނަދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 7.6 މެގަވޮޓެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގދ. ތިނަދޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
10 ޑިސެމްބަރު 2024

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު