Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާސްޕޯޓުގެ ޚިދުމަތް ހުވަދުއަތޮޅުގައި ދޭން ފެށުން

ހުވަދު އަތޮޅުގައި ރަސްމީކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި

ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޯގަސްޓު 2023 | ބުރާސްފަތި 02:08
ހުވަދު އަތޮޅުގައި ރަސްމީކޮށް ޕާސްޕޯޓްގެ ޚިދުމަތްދިނުން ރައީސް އިފްތިތާހުކޮށްދެއްވަނީ

ހުވަދު އަތޮޅުގައި ރަސްމީކޮށް ޕާސްޕޯޓްގެ ޚިދުމަތްދިނުން ރައީސް އިފްތިތާހުކޮށްދެއްވަނީ

އިމިގްރޭޝަންގެ އޮފީހެއް ގދ. ތިނަދޫގައި އިފުތިތާޙުކޮށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި އޮފީސް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުފުޅުގައި ގދ ތިނަދޫއަށް ބުދަ ދުވަހު ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ އާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙުމަދު ޙުސައިން އާއި ދިވެހިރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާ ތަމްސީލު ކުރައްވާ ދެ މެންބަރުންނާއި އަދި ތިނަދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ގދ. ތިނަދޫއިން އެންމެ ފުރަތަމަ ޕާސްޕޯޓު ދޫކުރެވުނު ފަރާތަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ފިލައެއް އަރުއްވާފައެވެ.

Advertisement - newsAdvertisement

ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުން، މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، އިމިގްރޭޝަންގެ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ އިމިގްރޭޝަންގެ އިސްތިރާޖީ ޕްލޭންގައި އެކުލެވިފައިވާ މުހިންމު އެއްކަމެވެ. މިހާތަނަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހއ، ހދ، ޏ އަދި އައްޑޫސިޓީގައި ލިބެމުން ދާއިރު، ހުވަދޫ އަތޮޅުގައި މި ޚިދުމަތް ފެށުން ވެގެން ދާނީ އެ އަތޮޅުގެ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް އޮންލައިން ކޮށެވެ. އެގޮތުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިޙްތިޔާރު ކުރެވޭނެއެވެ. ގދ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް ލިބޭނެއެވެ.

އިމިގްރޭޝަންޕާސްޕޯޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުހުވަދުއަތޮޅު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
20 ސެޕްޓެމްބަރު 2025

ނުރައްކާތެރި ހާދިސާއެއްގައި ސައީދުބެގެ ކުއްލި ވަކިވުން: މުޅި ގއ. އަތޮޅަށް ސިހުން!

20 ސެޕްޓެމްބަރު 2025
ނުރައްކާތެރި ހާދިސާއެއްގައި ސައީދުބެގެ ކުއްލި ވަކިވުން: މުޅި ގއ. އަތޮޅަށް ސިހުން!
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު