Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ 40 ލޭބަރުން ހާލުގައި ޖެހުން

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި

އިންޑިއާގެ 40 ލޭބަރުން ހާލުގައި ޖެއްސި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2024 | ބުދަ 04:36
އެހީއަށް އެދި އާންމުކުރި ވީޑިއޯގެ ސްރީންޝޮޓް އެއް. ފޮޓޯ:ނަންޑިގޯޝާ ޓީވީ

އެހީއަށް އެދި އާންމުކުރި ވީޑިއޯގެ ސްރީންޝޮޓް އެއް. ފޮޓޯ:ނަންޑިގޯޝާ ޓީވީ

އިންޑިއާގެ 40 ލޭބަރުން މަސައްކަތް ކުރަން ރާއްޖެ ގެނެސް، މުސާރަ ނުދީ ހާލުގައި ޖައްސާފަައިވާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ހޯމަ ދުވަހު އެ މީހުން ވަނީ ރާއްޖޭގައި މިވަގުތު އެމީހުން ދިރިއުޅެމުންދަނީ ދަތި ހާލުގައި ކަމަށް ބުނެ، އަނބުރާ ގައުމަށް ގެންގޮސްދިނުމަށް އެދި އާދޭސްކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

އެ ވީޑިއޯގައި ބުނެފައިވާ ގޮތުން އެމީހުން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އެޖެންޓެއް މެދުވެރި ކޮށެވެ. އަދި ރާއްޖެ އައިސްފައިވަނީ ރަނގަޅު ކުންފުންޏަކުން، ރަނގަޅު މުސާރައަކާއި ހުރުމާއި ކެއުން ހަމަޖެހޭނެ ކަމަށް އެޖެންޓް ދިން ޔަގީންކަމަށް އިތުބާރު ކޮށްފައި ކަމަށް ވީޑިއޯގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެ ޓީވީ" އަށް އަންގާރަ ދުވަހު ވިދާޅުވީ އެ މައްސަލައަށް އެޓެންޑްވެ ބަލަން ޖެހޭ ކަންކަން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިނޑިއާގެ ހާލުގައި ޖެހުނުކަމަށް ބުނާ 40 މީހުންގެ މައްސަލަ ބަލަން ފަށާފައިވާއިރު، މިހާތަނަށް ބެލިބެލުމުން އަދި އެކަމާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި އަދި އެކަމުން އެއްވެސް ކުރިއެރުމެއް ވެސް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި މައްސަލަބަލައި ތަހުގީގުކޮށް، މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރާނޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާގެ ނޫސްތަކުން ވެސް އެ ވާހަކަތައް ރިޕޯޓްކޮށްފައިވާއިރު، އެގަމުމުގެ ނޫސްތަކުން ބުނާގޮތުން އެ މީހުން މަސައްކަތް ކުރަމުންދަނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގަ އެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއްކަން ކަށަވަރެއް ނުވެ އެވެ.

ރާއްޖެއިން ވަޒީފާ ހަމަޖައްސައި ދިނުމަށް ކޮންމެ މަސައްކަތްތެރިއަކު 40،000 އިންޑިއަން ރުޕީސް އެޖެންޓަށް ދައްކާފައިވާ ކަމަށާއި އަދި މުސާރާއިގެ ގޮތުން މަހަކު 25،000 އާއި 30،000 އިންޑިއަން ރުޕީސް މުސާރައިގެ ގޮތުގައި ދޭނެ ކަމުގެ ޔަގީންކަން ވެސް އެޖެންޓް ދިންކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އެ މަސައްކަތްތެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ ޖޫން މަހު އެވެ. ޖޫން މަހު މަސައްކަތް ކުރަން ފެށި ނަމަވެސް، މުސާރަ ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އެ މީހުން ބުންޏެވެ.

އެ މީހުން ބުނީ ފުލް މުސާރަ ލިބިފައިވަނީ އެންމެ ފުރަތަމަ މަހު އެކަނި ކަމަށެވެ. އޭގެ ފަހުން،  ދިނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ބުނެ އެވެ.

މުސާރައިގެ ނުލިބިގެން މުޒާހަރާ ކުރުމުން އެ ކުންފުނިން ބިރުދައްކާ ކަމަށް ވެސް މަސައްކަތްތެރިން ތުހުމަތު ކުރެެ އެވެ. އަދި އެމީހުން ދިރިއުޅޭ ތަންތަނުގެ ކަރަންޓް ވެސް ކަނޑާލާފައިވާ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުން ދަނީ އެ މަސައްކަތްތެރިން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިމިގްރޭޝަންރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުއިންޑިއާ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު