Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެނީ ރިޝްވަތު ދީގެނެއް ނޫން، ރައްޔިތުން އެގޮތަށް އެދޭތީ: ރައީސް

ދުރަށްޖެހިވަޑައިގެން ތިއްބެވި މެމްބަރުންނަށް ޕާޓީއަށް އެނބުރި އައުމުގެ ފުރުސަތު އެބައޮތް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2023 | އަންގާރަ 18:00
ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

އެމްޑީޕީން ވަކިވުމަށްފަހު އެނބުރި އެ ޕާޓީއާ ގުޅުނު އެއްވެސް މެމްބަރަކާއެކު ރިޝްވަތުގެ މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށާއި އެ އެމްޑީޕީއާ ގުޅެނީ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ރައްޔިތުންގެ މަޖިިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ރިޝްވަތު ދިނުމުން ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންދާ ކަމަށް ވިދާލުވިއެވެ.

Advertisement - newsAdvertisement

މިވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގައި ކުރިންވެސް އުޅުއްވުމަށްފަހު ސިޔާސީ ޚިޔާލުތަފާތުވުންތަކެއް ހުރުމުން ދުރަށްޖެހިވަޑައިގެންނެވި މެމްބަރުންތަކެއް ކަމަށެވެ. އަދި މިހާރުވެސް އެގޮތަށް ދުރަށްޖެހިވަޑައިގެން ތިއްބެވި މެމްބަރުންނަށް ޕާޓީއަށް އެނބުރި އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކުރިންވެސް ތިއްބެވި ހިސާބުތަކުގައި ޕާޓީގައި ތިއްބެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އެ މެމްބަރުން ތަމްސީލުކުރައްވާ ދާއިރާއެއް ނުވަތަ ރަށަކަށް ތަރައްގީ ގެނެވެން އޮތީ އެގޮތަށް ކަންކަން ކުރުމުންކަން ގަބޫލުކުރައްވާތީ ކަމަށެވެ. އަދި އެ ދާއިރާތަކުގެ ރައްޔިތުން ވެސް ބޭނުންވަނީ އެގޮތް ކަމަށާއި އެކަން އެމަނިކުފާނު ކެމްޕޭނުގައި ކުރެއްވި ދަތުރުފުޅުތަކުން ހާމަވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހުރި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް މެމްބަރުން އެމްޑީޕީއާ ވަކިވި ނަމަވެސް ރާއްޖެ ތަރައްގީ ކުރުމުގައި އަމާޒު ހިފާފައިވަނީ އެއް މަންޒިލަކަށް ކަމަށެވެ. އެހެންވެ، މިހާރުވެސް ބައެއް މެމްބަރުން އެނބުރި ޕާޓީއާ ގުޅުމަށް މަޝްވަރާތައް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ކެމްޕޭނުގައި މިހާތަނަށް ދެވުނު އަތޮޅުތަކުން ފެނިގެންދަނީ ބޮޑު އިންސައްތައެއް އެމަނިކުފާނާއެކުގައި ތިއްބެވިތަން ކަމަށެވެ. މިވަގުތު ކަނޑައެޅިގެން ވަކި އިންސައްތައެއް ލިބޭނެކަން ވިދާޅުވާން ދަތިކަމަށާއި އައްޑޫ ސިޓީ އާއި މާލެ ސިޓީން ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު