Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: ޕެރަ އެތުލެޓިކްސް އިން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް

ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުން މެޑަލް ހޯދީ އަބްދުއްރައްޒާގު އާއި ފާތިމަތު އިބްރާހިމް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 އޯގަސްޓު 2023 | އަންގާރަ 14:56
ގައުމީ ޕެރަ އެތުލެޓިކްސް ޓީމް

ގައުމީ ޕެރަ އެތުލެޓިކްސް ޓީމް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޕެރަ އެތުލެޓިކްސް 100 މީޓަރު ދުވުމުގެ ބައިން ރާއްޖެއިން ދެ ބްރޯންޒް މެޑަލް ހޯދައިފިއެވެ.

އަންގާރަ ދުވަހު ޕެރަ އެތުލެޓިކްސް ބައިން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުން އަބްދުލްރައްޒާގު އަބްދުއް ސަމަދު އާއި އަންހެނުންގެ 100 މީޓަރު ދުވުމުން ފާތިމަތު އިބްރާހިމް (ފާތުން) އެވެ.

އަބްދުއްރައްޒާގު ފައިނަލަށް ދަތުރުކޮށްފައިވަނީ އޭނާ ވާދަކުރަން ހަމަޖެހިފައިވާ ހީޓުގެ އެއްބައިވެރިޔަކު ހާޒިރުނުވުމުންނެވެ. ފައިނަލުގައި ވާދަކޮށް، އަބްދުއްރައްޒާގު ތިންވަނަ ހޯދާފައިވަނީ، ގައުމީ ރެކޯޑަކާއެކު 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެކުރިން މި ރެކޯޑު 2019 ވަނަ އަހަރުގެ ގޭމްސްގައި ހަދާފައިވަނީ މާޒިން އެވެ. އެ އަހަރު މާޒިން ރެކޯޑު ހަދާފައިވަނީ 20.52 ސިކުންތުން ނިންމައިގެނެވެ. އަބްދުއްރައްޒާގަކީ އަރުތަ ޕްރޮގްރާމްގެވެސް އެތުލީޓެކެވެ. އޭނާގެ ގައިޑް ރަނާ އަކީ އާތިފް އެވެ.

ފާތުން ފައިނަލުން ޖާގަ ހޯދާފައިވަނީ އޭނާ ވާދަކުރި ހީޓުން ދެވަނަ ހޯދުމަށްފަހުއެވެ. ފައިނަލުގައި ވާދަކޮށް، ފާތުން ތިންވަނަ ހޯދާފައިވަނީ 17.34 ސިކުންތުން ރޭސް ނިންމައިގެނެވެ. ފާތުންގެ ގައިޑް ރަނާ އަކީ ޝަމްހާ އެވެ.

މި ދެ އެތުލީޓުންވެސް އައިއޯއައިޖީއަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދެ އެތުލީޓުންގެވެސް ކޯޗަކީ މަސްއޫދެވެ. ރާއްޖޭގައި ރަސްމީކޮށް ޕެރަލިމްޕިކް ކޮމިޓީ އުފައްދާފައިވަނީ 2019 ވަނަ އަހަރުއެވެ.

އައިއޯއައިޖީ 2023

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2023

ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!

01 ސެޕްޓެމްބަރު 2023
ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
30 އޯގަސްޓު 2023

މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ

30 އޯގަސްޓު 2023
މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު