Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ޕޭމަންޓް ސިސްޓަމް

ޤައުމީ ޕޭމަންޓު ސިސްޓަމްގެ ދެވަނަ ފިޔަވަހީގައި އެޕްލިކޭޝަނެއް!

28 އޯގަސްޓު 2023 | ހޯމަ 02:14

އީ- ވޮލެޓް ބޭނުންކޮށްގެން ބޭންކެއްގައި އެކައުންޓު ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 އޯގަސްޓު 2023 | ހޯމަ 02:14
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' ގެ ދެވަނަ ފިޔަވަހީގެ ދަށުން އެޕްލިކޭޝަނެއް ތައާރަފު ކުރާނެ ކަމަށާއި އެއާއެކު އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އާދީއްތަ ދުވަހު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރ، ޕޭމެންޓް ސިސްޓަމްސް އެންޑް އޮވަސައިޓް ޑިވިޝަން، ހައްވާ ލަތީފު ވިދާޅުވީ ފަވަރައަކީ ޕޭމަންޓް ނިޒާމަށް ގެންނަ ބަދަލުގެ ދަށުން ގާއިމު ކުރެވޭ އިންފްރާސްޓްރަކްޗަރެއް ކަމަށެވެ. އެގޮތުން، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި މަސައްކަތް އެއްކޮށް ނިމޭއިރު އޯޕަން ބޭންކިންގެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ނިމުމުން އެކި ބޭންކުތަކުގައި އެކައުންޓު ހުރި ނަމަވެސް އެއް ބޭންކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުރިހާ އެކައުންޓެއް މެނޭޖުކުރެވޭނެ ކަމަށް ހައްވަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހައްވަ ވިދާޅުވީ މި ޕޭމަންޓް ސިސްޓަމްގެ ދެވަނަ ފިޔަވަހީގެ ދަށުން "ފަވަރަ" ޕޯޓަލަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރާނެ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފަވަރައިން މިހާރު ލިބޭ ހުރިހާ ޚިދުމަތެއް ލިބޭއިރު އިތުރު އެހެން ޚިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ކިޔުއާރު ކޯޑު ބޭނުންކޮށްގެން ޓްރާންސެކްޝަންތައް ހެދޭނެ އިންތިޒާމު އެ އެޕްލިކޭޝަން މެދުވެރިކޮށް ހެދޭނެ ކަމަށާއި އީ- ވޮލެޓް ބޭނުންކޮށްގެން ބޭންކެއްގައި އެކައުންޓު ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ފައިސާގެ މުއާމަލާތް ކުރުމުގައި އީ ވޮލެޓު ބޭނުން ކުރަނީ އުރީދޫ އާއި ދިރާގުންނެވެ.

ފަވަރައާއެކު އެޕްލިކޭޝަނެއް ތައާރަފު ކުރުމަށް ނިންމީ މިފަދަ ޚިދުމަތް ދިނުމަށް މާލީ އިދާރާތަކުން ބޮޑެތި އިންވެސްޓްމަންޓުތައް ކުރަން ޖެހޭއިރު އެ ފަރާތްތަކަށް ދެވޭ ސޮލިއުޝަނެއްގެ ގޮތުގައި ކަމަށް ވެސް ހައްވަ ވިދާޅުވިއެވެ.

ފަވަރައިގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި ފަވަރަ އައިޑީއެއް ހަދައި، ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ބޭނުންކޮށްގެން، އެކައުންޓު ނަންބަރު ހިއްސާ ކުރުމަކާ ނުލައި ފައިސާގެ މުއާމަލާތް ކުރުމާއި ރިކުއެސްޓެއް ފޮނުވާލައިގެން ފައިސާ ޖަމާކުރުމާއި އޮޅިގެން ހެއްދޭ ޓްރާންސެކްޝަންތައް ރިކޯލް ކުރުމުގެ ޚިދުމަތް ވެސް ލިބިގެންދާނެއެވެ.

އެމްއެމްއޭއިން މިހާރު މި ޚިދުމަތް ދެމުން އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކުގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ. މި ސިސްޓަމްގައި މިހާތަނަށް ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި ގުޅިފައިވާއިރު އަހަރު ނިމުމުގެ ކުރިން ހުރިހާ ބޭންކެއް މި ޚިދުމަތާ ގުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް