Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށުގެ ތަރައްޤީ

ތިމަރަފުއްޓާއި ގުޅިފައި އޮތް ހިރިޔަންފުށީގައި ސިޓީ ހޮޓަލަކާއި ވެމަންޑޫ ބިން ހިއްކާ ތާރުއަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2023 | ހޯމަ 02:11

ފުނައްޑޫއިން މަސްވެރިންނަށް ފަސޭހައިން މަސްކިރޭނެ ގޮތް ހަދާ އެތަނުން ތެލާއި އައިސް ލިބޭނެ ގޮތް ހެދުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2023 | ހޯމަ 02:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިމަރަފުށީގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތިމަރަފުށީގައި ވާހަކަފުޅުދައްކަވަނީ

ތިމަރަފުއްޓާއި ގުޅިފައި އޮތް ހިރިޔަންފުށީގައި ސިޓީ ހޮޓަލަކާއި، ވެމަންޑޫ ބިން ހިއްކާ ތާރުއަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާންރާއްޖެ ކެމްްޕޭނަށް ތިމަރަފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ އަޅަންވީ ބިންގާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ އަޅަން ފެށިފައި ކަމަށާއި، އޭގެން ގިނަ ކަންތައްތައް ނިމިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ތިމަރަފުށީގައި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކީގައި އަމާޒު ހިފާފައިވާ އެއްކަމަކީ ފަތުރުވެރިކަން، ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކޮށް ހުޅުވާލުން ކަމަށެވެ. ތ. އަތޮޅަކީ އޭގެ ނަސީބު މުޅިން ލިބިފައި ނެތް އަތޮޅެއް ކަމަށާއި، އޭގެ މަދު އަދަދެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީވެފައި ނެތް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ތިމަރަފުށީގައި އެއަރޕޯޓެއް އެބައޮތް ކަމަށާއި، އެހެންނަމަވެސް އެ އެއަރޕޯޓް އެންމެ ރަނގަޅަށް ހިނގައިގަނެވޭނީ އެ ހިސާބުގައި ފަތުރުވެރިކަން ފައްކާވެގެން ކަމަށެވެ. އެގޮތުން ރައްޔިތުން އެދޭ އެދުމަކީ ބިން ހިއްކާ ނިމުނު އިރު އެކުވެފައިއޮތް ހިރިޔަންފުށީގައި ފަތުރުވެރިކަމުގެ މަސައްކަތްތަކެއް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާން ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ވަޑައިގެންނެވި ދަތުރުފުޅެއްގައި މަސްވެރިން ބައްދަލުކޮށް އެދުނީ ފުނައްޑޫ މިފްކޯއަށް ނަގައި އެތަނުގައި މަސްކިރޭ ގޮތް ހެއްދެވުމަށް ކަމަށެވެ. އެކަން އެގޮތަށް ކުރެއްވުމަށް ނިންމެވި ނަމަވެސް، އެއިރު ފުނައްޑޫ އޮތީ ބީއެމްއެލްގައި މޯގޭޖްކޮށް ވިއްކާލަން ތައްޔާރުވެފައި ކަމަށެވެ. ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާއި ވާހަކަ ދައްކައިގެން އެއަށް ދޭންޖެހޭ ފައިސާދީ ފުނައްޑޫ ވާނީ މިފްކޯގެ ދަށަށް ބަދަލުކުރެވިފައި ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި ތިމަރަފުއްޓަށް ކޮށްދެއްވާނެ ކަންކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ތިމަރަފުއްޓާ ކައިރީގައި އޮތް ކަނިމީދޫ ފަތުރުވެރިކަމަށް ހުޅުވާލާ ރިސޯޓަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ލަސްތަލެއް ނުވެ ކަނިމީދޫ ޓުއަރިޒަމަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތިމަރަފުށީގެ ބަނދަރަކީ އައުކުރަންޖެހޭ ބަނދަރެއް ކަމަށާއި، ބޭނުންވާ ވަސީލަތްތަަށް ގާއިމްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖަހާ، މަގުތައް ހަދަމުންދާ އިރު މަގުތަށް އިތުރުކުރައްވާނެ ކަމަށެވެ.

ވޭމަންޑޫއަށް ކުރައްވާނެ ކަންކަން ރައީސް ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. އެގޮތުން އިތުރު ރަށެއް ފަތުރުވެރިކަމަށް ބިޑަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ އިރުމަތީފަރާތު ގޮނޑުދޮށުން ހިމާޔަތްކުރާ ސަރަހައްދު ހިމެނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވޭމަންޑޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިން ހިއްކަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށާއި، އެކަމުގެ ޕްލޭންތައް ހެދިފައިވާ ކަމަށެވެ.

ފެނާ ނަރުދަމާގެ މައްސަލައާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ވޭމަންޑޫ ނަރުދަމާ ނިޒާމަކީ ކުރީ ސަރުކާރުން އަޅަން ފަށާފައިވާ މަސައްކަތެއް ކަމަށާއި، އެފަދަ އިތުރު ތިން ހަތަރު ރަށެއް އެބަހުރި ކަމަށެވެ. އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި، އެއީ ޕްލޭނެއް ނެތި ކުރަން ޖެހުމުން ދިމާވެފައިވާ މައްސަލައެއް ކަމަށާއި، އެންމެ ފަހުން ސަރުކާރުން ޖެހުނީ ކޮންޓްރެކްޓް ބާތިލްކޮށް އެ މަސައްކަތް ފަށަން ކަމަށާއި، އެ މަސައްކަތާއެކު ފެނުގެ ނިޒާމް ވެސް އަޅާ ނިމިފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނީ މިގޮތަށް ކަމަށާއި، އެދިވަޑައިގަންނަވަނީ ތިމަރަފުއްޓާ ވޭމަންޑޫއިން ވެސް އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ބައިވެރިވެވަަޑައިގަތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް