Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫން އަބްދުލް ގައްޔޫމް

ޒިންމާވާން ޖެހޭނީ ފައިސާ ދިންކަމަށް ބުނި މީހާ: މައުމޫން

18 ޖުލައި 2017 | އަންގާރަ 07:03

ރިޝްވަތަކީ ގާނޫނު އަސާސީ އަދި ދީން ހުއްދަ ކުރާކަމެއް ނޫން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޖުލައި 2017 | އަންގާރަ 07:03
މައުމޫން އަބްދުލް ގައްޔޫމް

މައުމޫން އަބްދުލް ގައްޔޫމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުންނަކީ ބޮޑު މުސާރަ ލިބޭ ފަރާތްތައް ކަމަށާއި އެ ފަރާތްތަކަށް އިތުރު ފައިސާ ދޭން ނުޖެހޭ އިރު ފައިސާ ދިން ކަމަށް ބުނާ މީހަކު ޒިންމާ ވާންޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ފައިސާ ގޯނި ހިފައިގެން މެމްބަރުންނަށް ބެއްސެވިކަމަށް އަމިއްލައަށް ވިދާޅުވި ނަމަވެސް އެކަމެއް މުއައްސަސާއަކުން ނުބެލޭ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތައް ބެލެންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މެމްބަރުންނަކީ ބޮޑެތި މުސާރަ ލިބިގެންވާ ބޭފުޅުންކަމަށާއި އިތުރަށް އެލިބޭ ފައިސާއަކީ ރިޝްވަތުކަމަށް މައުމޫން ވިދާޅުވިއެވެ. ރިޝްވަތަކީ ގާނޫނު އަސާސީ އަދި ދީން ހުއްދަ ކުރާކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް މެމްބަރުންހޮވަނީ މަހުޖަނުންނަށް ވާކަށް ނޫން. ކޮންމެ މެމްބަރަކު ވެސް ގައުމަށް ހިދުމަތް ކުރައްވަން ވީ. ހުވަޔަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން އެހުވާގެ މަތީގައި ތިއްބަވަންވީ،" މައުމޫން ވިދާޅުވިއެވެ.

މައުމޫނު މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ މެންބަރުންނަށް ކުރީގެ ނައިބު ރައީސް އަދީބު ބެއްސެވީ ފައިސާއަކީ ރައީސް އަބްދުﷲ ޔާމީންގެ ފައިސާ ކަމަށް އެމަނިކުފާނު ދާދި ފަހުން ވެސް ވަނީ މީޑިއާގައި އެއްބަސްވެވަޑައިގެންފައެވެ. އަދި އޭގެ ކުރިން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ މަޖިލީހުގެ މެންބަރުންގެ އަރިހަށް ފައިސާ ގޯނި ކޮނޑުގައި އުފުއްލެވީ އެ މެންބަރު ކަމަށް މަޖިލީހާއި އަދި ބައެއް މީޑިއާތަކުގައި ވެސް ވިދާޅުވެފައެވެ.

ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ މައްސަލަ އަށް އިޝާރާތްކުރައްވައި ރައީސް މައުމޫނު ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް ކަމެއް ފަރިސް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ރައްޔިތުންނަށް ޔގީންކަން އަރުވަން ބޭނުން ފާރިސް ނޯންނާނެ ގާނޫނާއި ގަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި.އެކަމާއިބެހޭ އެއްވެސް ހެއްކެއް ގަރީނާއެއް ނޯންނާނެ" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުން ހިތްވަރުގަދަކުރައްވާ ސާބިތުކަމާ އެކީ ތިއްބެވުމަށް އެދިލައްވާ ކަމަށާއި މިހާރު އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން ކުރަނީ ގައުމަށް އިސްލާހީ މަސައްކަތްތައް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް