Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭގައި އާރުއޯ ޕްލާންޓެއް ބެހެއްޓުން

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ދުވާލަކު 3000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

26 އޯގަސްޓު 2023 | ހޮނިހިރު 16:57

އެސްޓީއޯގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާނގީ ބެހެއްޓުމާއި، ހުޅުމާލޭގައި 10,000 ޓަނުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޯގަސްޓު 2023 | ހޮނިހިރު 16:57
އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ބެހެއްޓި އާރުއޯ ޕްލާންޓް

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ބެހެއްޓި އާރުއޯ ޕްލާންޓް

ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން، ހުޅުމާލޭގައި 3000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބަހައްޓައިފިއެވެ.

ހޮނިހިރު ދުވަހު މި އާރުއޯ ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭ ސަރަހައްދަށް އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާވަރަށް ފެން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ދޭންޖެހޭ ޚިދުމަތަކަށްވާއިރު، އެކަން ޔަގީންކުރުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ހުޅުމާލޭގައި ބިނާކުރެވުނު މި އާރުއޯ ޕްލާންޓާއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިހާރު ލިބިފައިވާކަމަށާއި، ނަމަވެސް ކުރިޔަށް އޮތްތަނުގައި އަދިވެސް ހުޅުމާލޭގައި މީހުން ދިރިއުޅެމުން އަންނަވަރު އިތުރުވަމުން ދާނެކަމަށެވެ.

މީގެއިތުރުން ގުޅީފަޅާއި ގިރާވަރުފަޅުގައިވެސް ކުރިޔަށް އޮތްތަނުގައި މީހުން އާބާދުވަމުންދާއިރު އެ އާބާދީތަކަށް ބޭނުންވާ މިންވަރަށް ފެން ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތްތަކެއް ކުރާނެކަމަށް ޝާހު ވިދާޅުވިއެވެ.

މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ހަމަ މިއާއެކު، މާލޭ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި 10,000 ޓަނުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މާލޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީން ދެމުން އަންނައިރު، ބައެއް ރަށްރަށުގައިވެސް އެމްޑަބްލިޔުއެސްސީން އަންނަނީ އެ ޚިދުމަތް ދެމުންނެވެ. އަދި ސީއެސްއާރުގެ ދަށުންވެސް ގިނަ ކަންތައްތަކެއް އެމްޑަބްލިޔުއެސްސީން އަންނަނީ މުޖުތަމައަށް ކޮށްދެމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
04 މެއި 2017

ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

04 މެއި 2017
ރަމަޟާން މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި
28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް