Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮމެލޫ ލުކާކޫ

ލުކާކޫ އެންމެ ފަހުން ރޯމާއަށް ދަނީ

26 އޯގަސްޓު 2023 | ހޮނިހިރު 15:06

އިންޓަމިލާނާއި ޔުވެންޓަސްއަށް ބަދަލުވާން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 26 އޯގަސްޓު 2023 | ހޮނިހިރު 15:06
ރޮމެލޫ ލުކާކޫ

ރޮމެލޫ ލުކާކޫ

ޗެލްސީން ބޭނުންނެތިގެން އުޅޭ ފޯވަޑް ރޮމެލޫ ލުކާކޫ އެންމެ ފަހުން އިޓަލީގެ ރޯމާއަށް ބަދަލުވާން ބޭނުން ކަމަށް އޭނާގެ ކުލަބުގައި ބުނެފިއެވެ.

ލުކާކޫ ޗެލްސީން ބޭނުންނުވާއިރު އޭނާ ކުޅޭނެ ކުލަބެއް ހޯދުމުގައިވަނީ ދަތިތަކެއް ދިމާވެފައެވެ. އޭނާ މިދިޔަ ސީޒަނުގައި ކުޅުނީ އިޓަލީގެ އިންޓަމިލާނަށެވެ. އެކުލަބުން އޭނާ ލައްވައި މި ސީޒަނުގައި ކުޅުވަން ބޭނުންވިނަމަވެސް ފަހުން އެ ޚިޔާލު ދޫކޮށްލީއެވެ. އެއީ ވާދަވެރި ޔުވެންޓަސްއަށް ބަދަލުވާން ވާހަކަދެއްކިކަމުގެ ތުހުމަތުގައެވެ.

ޗެލްސީން ވަނީ ލުކާކޫ ޔުވެންޓަސްއަށް ވިއްކާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޗެލްސީ ހުށަހަޅާ ގޮތާއި ޔުވެންޓަސްއިން ބޭނުންވާ ގޮތް ދިމާނުވުމުގެ ސަބަބުން އެންމެ ފަހުން ޔުވެންޓަސްވެސް ވަނީ ލުކާކޫ ގެންދިއުމުގެ ހިޔާލު ދޫކޮށްލައިފައެވެ.

އޭނާ ރޯމާއަށް ބަދަލުވާން ނިންމައި އެކަން ކޮށްދިނުމަށް ޗެލްސީއަށް އެންގީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއާ މަޝްވަރާ ކުރުމަށްފަހުއެވެ. މި ދެ މީހުންނަކީ މެންޗެސްޓާ ޔުނައިޓެޑްގައި އެއްކޮށް މަސައްކަތްކުރި ދެ މީހުންނެވެ.

ބެލްޖިއަމްގެ 31 އަހަރުގެ ފޯވަޑަށް ކުޅޭނެ ކުލަބެއްގެ މައްސަލަ ކުރިމަތިވީ 100 މިލިއަން ޕައުންޑަށް އިންޓަމިލާން ދޫކޮށް ޗެލްސީއަށް ބަދަލުވެ، އެކުލަބާ މައްސަލަ ޖެހުމުންނެވެ. އޭނާ ފަހުން އިންޓަމިލާނަށް ބަދަލުވާން ބޭނުންވިނަމަވެސް އެކުލަބުން އޭނާ ގެންދިޔައީ ލޯނު އުސޫލުންނެވެ. އެއީ ދާއިމީކޮށް ގެންދާނަމަ ހޭދަކުރަންޖެހޭ ފައިސާ ގިނަވުމުންނެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން

26 އެޕްރީލު 2017
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް