Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފްގެ ޚިދުމަތްތައް

އަމާޒަކީ ބޭރުންނާއި އެތެރެއިން ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވެ ދިފާއުވުން: ޝަމާލް

26 އޯގަސްޓު 2023 | ހޮނިހިރު 08:03

މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2023 | ހޮނިހިރު 08:03
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ އެޅުން

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ އެޅުން

ޤައުމީ ދިފާޢީ ބާރުގެ އެންމެ މުހިންމު އަދި އެންމެ އަސާސީ މަޤްޞަދަކީ ބޭރުންނާއި އެތެރެއިން ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރުވެ ދިފާއުވުންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއާޓަރސް ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް އޮތް ސަރަހައްދުގެ މުހިންމުކަމާ ގުޅޭގޮތުން އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެ އުތުރުން ފެށިގެން ފާދިއްޕޮޅާ ހަމައަށް އޮންނަ ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަކީ، އެމްއެންޑީއެފްގެ ހަތަރު އޭރިއާ ކޮމާންޑުގެ ތެރެއިން ވެސް އެންމެ ސަރަޙައްދު ބޮޑު، ރަށްތައް ގިނަ، އަދި އެ ސަރަޙައްދެއްގެ ތެރެއިން ނިސްބަތުން ގިނަ އިންޓަރނޭޝަނަލް ކާގޯ ޓްރާންސްފަރތައް ހިނގާ ސަރަޙައްދެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި "ފުލްފްލެޖްޑް" ހެޑްކްއޯޓަރޒްއެއްގެ ބިންގާ އެޅުމަށް ބޭއްވޭ އެ ރަސްމިއްޔާތަކީ ސިފައިންނަށް ވަރަށް ޚާއްޞަ، ވަރަށް ތާރީޚީ އަދި އެހާމެ އުފާވެރި ރަސްމިއްޔާތެއް ކަމުގައި ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ މުހިންމު އަދި އެންމެ އަސާސީ މަޤްޞަދަކީ ބޭރުންނާއި އެތެރެއިން ދިމާވެދާނެ ކޮންމެ ނުރައްކަލަކުން ދިވެހި ދައުލަތާއި ރައްޔިތުން ޙިމާޔަތްކުރުމަށް އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ޙާލަތެއްގައި އެ ބާރު ބޭނުންކުރުން ކަމަށެވެ.

އަދި އެކަމަށް ތައްޔާރުވެ ތިބުމަށްޓަކައި ހޯދަންޖެހޭ އާލާތްތަކާއި ވަސީލަތްތައް ހޯދުމާއި އެކަމަށް ތަމްރީނުވުންވެސް އެހާމެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ، މަދަނީ ދިފާޢުގެ ޤާބިލުކަން ދަމަހައްޓައި، އެކަމަށް ތައްޔާރުވެ ތިބުމަށްޓަކައި ހޯދަންޖެހޭ އާލަތްކާއި ވަސީލަތްތައް ހޯދައި، އެކަމަށް ތަމްރީނުވެ ތިބުމަކީ ވެސް ޤައުމީ ދިފާޢި ބާރުގެ ޒިންމާއެއް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އޭރިއާ ކޮމާންޑުތަކުގެ ހިންގުން ދުވަހަކަށްވުރެ ދުވަހެއް ހަރުދަނާކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ ގޮތަކަށް އޭރިއާ ކޮމާންޑުތަކުގެ ހެޑްކްއޯޓަރޒްގެ އިތުރުން ކޮމްޕޮސިޓް އައުޓްޕޯސްޓް ތަކާއި ސްޓޭޝަންތަކާއި ފެސިލިޓީސްތައް ޤާއިމުކުރަންޖެހޭ ކަމަށެވެ.

ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒް ޤާއިމް ކުރުމަށްޓަކައި، ހދ.ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ހދ.ހަނިމާދޫގައި ޤާއިމްކުރާ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒްގެ މަސައްކަތްތައް ރޭވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލް ކުރެވިފައިވާ ގޮތުން، ފޭސް 1 ގެ މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. 

އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒްގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ޤާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ޤާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް