Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ފުރަތަމަ މޮޅާއެކު ޕޮޗެޓީނޯ އަށް ބޮޑު ހިތްހަމަ ޖެހުމެއް

ޕޮޗެޓީނޯ ބުނީ ފާއިތުވި ދެ މެޗާ އަޅާ ބަލާއިރު، މިއީ މުހިންމު މޮޅެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2023 | ހޮނިހިރު 03:25
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އައު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ހޯދި ފުރަތަމަ މޮޅާއެކު، ބޮޑު ހިތްހަަމަ ޖެހުމެއް ލިބިއްޖެ ކަމަށް އޭނާ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ ލީގުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅެ ޗެލްސީ މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޕޮޗެޓީނޯ ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި މޮޅު ކުޅުމާމެދު ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. ހަމައެއާއެކު ސަޕޯޓަރުންގެ ފަރާތުން ޓީމަށް ދެމުން އަންނަ ތަރުހީބާއި، އޭނާ އާއެކު މަސައްކަތް ކުރަން ތިބި އެހެން އޮފިޝަލުންގެ މަސައްކަތާމެދު ވެސް ހިތްހަމަ ޖެހޭ ކަމަށް ޕޮޗެޓީނޯ ބުންޏެވެ. ޕޮޗެޓީނޯ ބުނީ ފާއިތުވި ދެ މެޗާ އަޅާ ބަލާއިރު، މިއީ މުހިންމު މޮޅެއް ކަމަށެވެ. ޚާއްސަކޮށް ވާދަވެރި ލީގެއްގައި ކުރިއަށް ދާން ބަލާއިރު، ހެދޭ ގޯސްތައް ރަނގަޅު ކުރާ މަންޒަރު ފެންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި މެޗު ފަށައިގެން ނިމެންދެން ޗެލްސީގެ ކުޅުންތެރިން ދެއްކީ ތަފާތު ރޫހެކެވެ. ދަނޑު މަތީގައި ހުރި ކޮންމެ ކުޅުންތެރިޔެއްގެ ފަރާތުން ވެސް ފެނުނީ އެމީހަކާ ހަވާލުކޮށްފައިވާ މަސައްކަތް އެންމެ ފުރިހަމަ އަށް އަދާކުރި މަންޒަރު ކަމަށާއި، މުޅި މެޗުގައި އޮތީ ވަރަށް ޕޮސިޓިވް ރޫޙެއް ކަމަށް އޭނާ ބުންޏެވެ. ކުރިއަށް ދާން ބަލާއިރު މިއީ އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް ކަންކަން ރަނގަޅުކޮށް އެއް ރޫހެއްގައި ކުރިއަށް ދާން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ފާހަގަ ކުރި ގޮތުގައި އޭނާގެ ޓީމުގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެކަންކަން ރަނގަޅު ކުރުމަށް ވަގުތު ނަގާނެ ކަމަށާއި، ކޮންމެ ދުވަހަކު މަސައްކަތް ކުރަނީ އެކަންކަން ރަނގަޅު ކުރުމަށް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ފާހަގަކޮށްފަ އެވެ.

މިހާރު ފޯކަސް ހުރީ ކުރިއަށް އޮތް މެޗަށް ކަމަށާއި، ދެން ބޭނުންވަނީ އެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. ލީގުގައި ޗެލްސީ އަށް ދެން އޮންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު