Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަން އެތެރެކުރުން

ފޮރުވައިގެން ރަން އެތެރެކުރަން އުޅުނު އިންޑިއާގެ ދެ މީހަކު ޖޫރިމަނާކޮށް ރަން ނެގުމަށް ހުކުމްކޮށްފި

25 އޯގަސްޓު 2023 | ހުކުރު 15:14

ކޮންމެ މީހަކު 2 ކިލޯއަށްވުރެ ގިނަ ރަން އެތެރެކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2023 | ހުކުރު 15:14
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ފޮރުވައިގެން ރަން އެތެރެކުރަން އުޅުނު އިންޑިއާގެ ދެ މީހަކު ޖޫރިމަނާކޮށް ރަން ކަސްޓަމްސްއަށް ނެގުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އިންޑިއާގެ 2 މީހުން ކަމަށްވާ ރެހާނާ އަލްތޯފް ސެލިޔާ އަދި އަލްތޯފް ސެލިޔާ އަސްލަމްގެ މައްޗަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ރ) ގެ އުފުލާފައިވާ ދައުވާއެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުނެފައިވަނީ އަލްތޯފް ސެލިޔާ އަސްލަމް 22 ޖުލައި 2023 ވަނަ ދުވަހުގެ ރޭގަނޑު 9:21 އެހާއިރު ވައިގެ މަގުން ދިވެހިރާއްޖެއަށް އައި އިރު އޭނާގެ ކުރިމަތިފަރާތާ ދިމާލުގައި އެއްޗެއް ފޮރުވާފައި ހުރިކަން ކަސްޓަމްސް އިން އޭނާގެ ހަށިގަނޑު ސްކޭން ކުރުމުންނާއި، ބޮޑީ ރަބް ޑައުންކުރުމުން ފާހަގަކުރެވިފައިވާތީ، އޭނާ ތިރިން ލައިގެން ހުރި އަންނައުނު އޭނާ ލައްވާ ބާލުވައިގެން ބަލާ ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖަންގިޔާގެ އަޑިން ލައިގެން ހުރި އެހެން ޖަންގިޔަލެއް (ކަމަރެއްގެ ގޮތަށް އިން) ގެ ޖީބެއްގެ ތެރޭގައި އޮތް ރަން ޕޭސްޓް އަޅާފައިވާ 2 ޕެކެޓުގައި ޖުމްލަ 2.08 ކިލޯގްރާމް ހުރުމުންނާއި، އޭނާ ރަން އެތެރެކުރިކަމަށް އިއުތިރާފްވެފައިވާތީ އުފުލާފައިވާ ދައުވާއެކެވެ.

މީގެ އިތުރުން ރެހާނާ އަލްތޯފް ސެލިޔާ ހަމަ އެ ފުލައިޓުން އައިސްފައިވާ އިރު، އޭނާގެވެސް ކުރިމަތިފަރާތާ ދިމާލުގައި އެއްޗެއް ފޮރުވާފައި ހުރިކަން ކަސްޓަމްސްއިން އޭނާގެ ހަށިގަނޑު ސްކޭން ކުރުމުންނާއި، ބޮޑީ ރަބް ޑައުންކުރުމުން ފާހަގަކުރެވިފައިވާތީ، އޭނާ ތިރިން ލައިގެން ހުރި އަންނައުނު އޭނާ ލައްވާ ބާލުވައިގެން ބަލާ ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖަންގިޔާގެ އަޑިން ލައިގެން ހުރި އެހެން ޖަންގިޔަލެއް (ކަމަރެއްގެ ގޮތަށް އިން) ގެ ޖީބެއްގެ ތެރޭގައި އޮތް ރަން ޕޭސްޓް އަޅާފައިވާ 2 ޕެކެޓުގައި ޖުމްލަ 2.08 ކިލޯގްރާމް ހުރުމުންނާއި، އޭނާ ރަން އެތެރެކުރިކަމަށް އިއުތިރާފްވެފައިވާތީ އުފުލާފައިވާ ދައުވާއެކެވެ.

މި ދެމީހުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުންނެވެ.

މި ދެމީހުން ވެސް ވަނީ ރަން ހުރިކަން ފާސްކުރި މަރުހަލާގައި އެއްބަސްވެފައެވެ. އަދި މި ދެމީހުންގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ އަޑުއެހުމެއްގެ ގޮތުގައެވެ. މީގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މި ދެމީހުން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ.

މި މައްސަލައިގައި ދެމީހުންގެ މައްޗަށް ވަކިވަކިން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން ކޮންމެ މީހަކު 80،000 ދިވެހި ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މި ފައިސާ މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން މީރާއަށް ދެއްކުމަށް އަންގާ، މ ދެމީހުން ގެނައި ރަން ކަސްޓަމްސްއަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް