Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް

އައު ޓިޔަރ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމްކުރުމަށް ރައީސްގެ ސިޔާސަތުގައި ހިމަނައިފި

ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް އިސްލާމިކް ފައިނޭންސިންގ ފުޅާކޮށް، އިތުރު ޕްރޮޑަކްޓްތައް ތައާރަފް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2023 | ހުކުރު 06:42
ބީއެމްއެލް އެޕް

ބީއެމްއެލް އެޕް

އިސްލާމިކް ފައިނޭންސާއި އެހެނިހެން ހިދުމަތްތައް ދިނުމަށް އައު ޓިޔަރ-ވަން އެސްއެމްއީ އިސްލާމިކް ބޭންކެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގައި ހިމަނައިފިއެވެ.

މިސިޔާސަތުގައި ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައި ބޭންކުތަކުން ބަލާ މިންގަނޑު އިތުރަށް ލުއިކޮށް، ވިޔަފާރިތަކަށް ޚާއްސަ މިންގަނޑެއް (އޮލްޓަރނޭޓިވް ކްރެޑިޓް ސްކޯރިންގ ސިސްޓަމް) ތައާރަފްކުރުމާއި، ކުދި ވިޔަފާރިތަކަށް އިތުރަށް މާލީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދީ، ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ރެގިއުލޭޓަރީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް ޚިދުމަތްތައް ފުޅާކުރުމާއި، އިނޮވޭޓިވް ފައިނޭންސްގެ ގޮތުގައި ތިމާވެށްޓާއި ރަހުމަތްތެރި ވިޔަފާރިތަކަށް ގްރީން ފައިނޭންސް (އިއާދަކުރަނިވި ހަކަތަ ފަދަ) އަދި ސޯޝަލް އިމްޕެކްޓް ބޮންޑް ފަދަ ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕްތައް އިންވެސްޓަރުންނާ ގުޅުވައިދިނުމަށް ވަކި ޕްލެޓްފޯމެއް މެދުވެރިކޮށް "ކްރައުޑް ފަންޑިންގ މެކޭނިޒަމް" އެއް ގާއިމުކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް އިސްލާމިކް ފައިނޭންސިންގ ފުޅާކޮށް، އިތުރު ޕްރޮޑަކްޓްތައް ތައާރަފް ކުރުމާއި، އެންމެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަހުނު އަދި އިކުއިޓީ އާ ނުލައި ފައިނޭންސިންގ ފޯރުކޯށްދިނުން މިހާރަށްވުރެ ފުޅާކޮށް، އެގޮތުގެ މަތިން އިތުރު ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިކްރޯފައިނޭންސިންގ ސްކީމްތައް ތައާރަފްކުރާނެއެވެ. އަދި މި ސްކީމްތަކުގެ ދަށުން ގޭގައި މަސައްކަތްކުރާ އަންހެނުންނަށާއި ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.

އަމިއްލަ އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށް މިހާރު ހިންގާ ހިލޭ އެހީގެ ޕްރޮގްރާމްތައް (ގްރާންޓް ޕްރޮގްރާމްތައް) ފުޅާކޮށް، އެފަރާތްތައް މޮނިޓަރކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް، ބިޒްނަސް އިންކިއުބޭޝަން/އެކްސެލެރޭޓަރ ޕްރޮގްރާމްތައް އިތުރުކޮށް އިދާރީ، އީޖާދީ، ފަންނީ، އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

އެސްއެމްއީ ހަބް ފަދަ ވިޔަފާރި ހިންގާނެ އިތުރު އަދި ބޮޑެތި ޖާގަތައް ގާއިމުކޮށް، ކުޑަ އަގުގައި ވިޔަފާރިތަކަށް ދޫކުރެވޭނެ ކަމަށާއި، ބައިނަލްއަގްވާމީ ބާޒާރުގައި ހަރަކާތްތެރިވާ އޮންލައިން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްގެ މަރޗަންޓް ކަރަންސީގެ ގޮތުގައި ޔޫއެސް ޑޮލަރު ދެއްކޭނެ ގޮތް ހަމަޖައްސާނެ އެވެ.

މި ސިޔާސަތުގެ ދަށުން ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، 2 މިލިއަން ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތައް، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކުހުންނާއި އާމްދަނީން ނެގޭ ޓެކުހުން އިސްތިސްނާކޮށް، އެފަރާތްތަކަށް ޚާއްސަ، ކޮންމްޕްލަޔަންސް ކޮސްޓް ކުޑަ، އިދާރީ ގޮތުން ފަސޭހަ، ޕްރިޒަމްޕްޓިވް ޓެކުހުގެ ނިޒާމެއް ތައާރަފްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ދިވެހި ހުރިހާ ވިޔަފާރިތަކަށް ފީތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުން މެދުވެރިވެގެން ޒަމާނީ ޕޭމަންޓް ސަރވިސް ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
19 ސެޕްޓެމްބަރު 2017

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި
18 ސެޕްޓެމްބަރު 2017

XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި

18 ސެޕްޓެމްބަރު 2017
XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި
17 ސެޕްޓެމްބަރު 2017

އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 ސެޕްޓެމްބަރު 2017
އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
14 ސެޕްޓެމްބަރު 2017

ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި

14 ސެޕްޓެމްބަރު 2017
ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު