Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމުގެ ނަފާ އިތުރުކުރުން

ބާރުވެރި އިގްތިސާދު: ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯނު ސްކީމް ތައާރަފްކުރާނެ

25 އޯގަސްޓު 2023 | ހުކުރު 03:08

މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2023 | ހުކުރު 03:08
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯނު ސްކީމް ތައާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިޙުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގައި ހިމަނައިފިއެވެ.

''މަސްވެރިކަމުގެ ނަފާ އިތުރުކުރުން'' މި ސިޔާސަތުގައި ދިވެހި މަހުގެ ބާވަތްތަކަށް ބޭރުގެ ގައުމުތަކުން ނަގާ ޓެކްސް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަނުން ނަގާ ޓެކްސް ކުޑަކުރެވޭނެ ކަމަށާއި، ދުނިޔޭގެ މަލްޓި ބިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް ކަމަށްވާ މެރިކަލްޗަރ އަދި އެކުއަކަލްޗަރއަށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހުޅުވައިދޭނެ ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި ސިޔާސަތުގައި ހިމަނައިފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޭ ލޯނު ސްކީމް އިތުރަށް ލުއިފަސޭހަކޮށް، ފުޅާކޮށް، މަސްވެރިންނަށް ހާއްސަކޮށް މައިކްރޮފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކުރުން ހިމެނެއެވެ. އަދި ބޭންކުތަކުންދޭ ލޯން ޕްރޮޑަކްޓްތައް މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވެއެވެ.

ދިވެހި މަސްއޮޑި ފަހަރު ޒާމާނީ ފެންވަރަށް ގެނެސް، ބާނާ މަހުގެ ތާޒާކަން ހިފަހައްޓައި ގިނަ ދުވަހު ކަނޑުމަތީގައި އުޅެވޭނެ ވަސީލަތްތަކާއެކީ ފިފްތު-ޖެނެރޭޝަން މަސް ދޯނި ފަހަރު ބަނުމަށް ލޯނު ސްކީމް ތައާރަފްކުރުމަށް ނިންމާފައިވާއިރު، ދިވެހި ޒުވާނުން މަސްވެރިކަމަށް ނެރުމަށްޓަކައި ސްކޫލު ދައުރުން ފެށިގެން އަހުލުވެރިކޮށް، ކައުންސިލްތައް މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިވެހި މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ރަމްޒުކޮށްދޭ ލޭބަލެއް ހަދާ، ބޭރުގެ ސަޕްލަޔަރުން ބަލައިގަންނަ ބްރޭންޑިންއެއް ތައާރަފްކޮށް، ކަސްޓަމްސް އިން ލިބޭ އާމްދަނީގެ އިންސައްތައެއް ކަނޑައަޅާ ދުނިޔޭގެ ފެންވަރުގައި މާކެޓް ކުރުމަށް އެކްސްޕޯޓް ޕްރޮމޯޝަން ބޯޑެއް ގާއިމުކުރަން ވެސް ވަނީ ނިންމާފައެވެ. އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކުރާ މަހުގެ ބާވަތްތަކުން ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް މާކެޓް ކުރުމަށް ހާއްސަ ޕްރޮޑަކްޓް ލައިނެއް ތައާރަފްކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

ދިވެހި މަސްވެރިންނަށް ޕްރޮފެޝަނަލް ޑައިވިންގް ތަމްރީން ދިނުމަށްޓަކައި މިހާރު ހިނގަމުންދާ ޕްރޮގްރާމްތައް ފުޅާކޮށް، މަސްވެރިން ހިލޭ ތަމްރީންކުރުމުގެ ފުރުސަތު ހުޅުވާލާ، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސިޔާސަތުގައި ކަނޑައަޅާފައިވާއިރު، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅުވާޅައި ގިނަ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަސްވެރިކަން "އެޑްވެންޗަރ ސްޕޯޓް" އެއްގެ ގޮތުގައި ޕްރޮމޯޓްކުރަން ވަނީ ނިންމާފައެވެ.

މި ސިޔާސަތުގައި ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެ، ރައްކާކޮށް، ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ނިންމާފައިވާއިރު، މުޅި ރާއްޖޭގައި މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމުގެ ނިޒާމު ފުޅާކުރާނެ ކަަމަށް ބުނެފައިވެއެވެ.

މަސްވެރިންނަށް ދާއިރާގެ ތެރެއިން ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުންތަކުންނާއި ސިއްހީ ގޮތުން ދިމާވެދާނެ ކަންކަމުން އަރައިގަންނަން އެހީވެދޭނެ ހާއްސަ އިންޝުއަރެންސެއް ތައާރަފްކުރުމަށް ވެސް ސިޔާސަތުގައި ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް