Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިގްތިޞާދީ ބޮޑުބަދަލުގެ ސިޔާސަތު ލޯންޗުކުރުން

ލޯނު ނަގައިގެން މަސައްކަތްކުރަނީ ލޯނު ދެއްކޭނެކަމުގެ ޔަގީންކަން އޮތީމާ: ރައީސް

25 އޯގަސްޓު 2023 | ހުކުރު 02:43

އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 3 މިލިއަން ހުރަސްކުރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2023 | ހުކުރު 02:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ލޯނު ނަގައިގެން މަސައްކަތްކުރަނީ ލޯނު ދެއްކޭނެކަމުގެ ޔަގީންކަމާއި ކަށަވަރުކަން އޮތީމާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ޒަމާނަކުން އައި ޒަމާނެކެ މިއީ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ސާފުކޮށްދެއްވާފައެވެ. އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެ ފަހު ވައުދުކަމުގައިވާ އިގްތިޞާދީ ބޮޑު ބަދަލު ވައުދުގައިވާ ކަންކަން ތައާރަފްކުރުމަށް ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ނުވަތަ ތިންގުނަ ކުރެވެން އަންނަނީ ފަތުރުވެރިކަން ކުރިއަރުވައިގެންކަމަށެވެ. އެހެންކަމުން އިގްތިޞާދީ ސިޔާސަތު އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީވެސް އެމަގުންކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ހަނިމާދޫ އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުން ސިޔާސަތުގައި އޮތްއިރު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ޑޮމެސްޓިކް އެއަރޕޯޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީކުރަމުން އަންނަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 3 މިލިއަން ހުރަސްކުރުންކަމަށެވެ.

މިއާއެކު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ވަޒީފާގެ ފުރުސަތު އިތުރުވެގެންދިޔުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒު ހިފާފައިވަނީ ޕްރައިވެޓް ސެކްޓަރ އާއެކުކަމަށެވެ. ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން މާލީ އެހީތެރިކަން ބޭންކު މެދުވެރިކޮށް ހޯދައިދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދު ދެގުނަ ކުރެވޭނެ ގޮތަކީ މިއީކަމަށާއި ރާއްޖެ ތަރައްގީކުރެވިގެންދާނެ ގޮތަކީ މިއީކަމަށެވެ. މިއަދު ކަށަވަރުކުރެވިގެން މިދަނީ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިޞާދު ދެގުނަ ވެގެންދާތަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭފަދަ ތަރައްގީ ގެނެސްދެއްވާނެކަމަށާއި އެކަމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކުރައްވާނެކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މެއި 2017

"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"

09 މެއި 2017
"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"
27 އެޕްރީލު 2017

މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް

27 އެޕްރީލު 2017
މިހާރު ޕީޕީއެމުން މަސައްކަތްކުރަނީ، ވޯޓު ފޮށިތަކުގެ ވެރިންނަށް ނުފޫޒު ފޯރުވުމަށް: ނިޔާޒް
16 އެޕްރީލު 2017

ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ

16 އެޕްރީލު 2017
ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ
06 އެޕްރީލު 2017

ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ

06 އެޕްރީލު 2017
ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ
01 އެޕްރީލު 2017

ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ

01 އެޕްރީލު 2017
ހުއިފި ލަނޑާ އާލާ ކުރުމަށް އިސްދޫ މީހުންނަށް ލޯނު ދޫކުރަނީ
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް