Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާރުވެރި އިގްތިސާދު: ފަތުރުވެރިކަން ކުރިއެރުވުން

ބާރުވެރި އިގުތިސާދު: ފަތުރުވެރިކަމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް

25 އޯގަސްޓު 2023 | ހުކުރު 02:09

ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުމަށް ކަނޑައަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2023 | ހުކުރު 02:09
ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހާއްސަ ހަފްލާގެ ތެރެއިން، އެވޯޑް ލިބުނު ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން

ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހާއްސަ ހަފްލާގެ ތެރެއިން، އެވޯޑް ލިބުނު ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން

ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށް، ދިވެހި ވިޔަފާރިތަކަށް ބޭރުގެ ބޮޑެތި ވިޔަފާރިތަކާ ފައިހަމަކުރުމަށް އިންވެސްޓްކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދޭން، ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިޙުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތުގައި ހިމަނައިފިއެވެ.

މި ސިޔާސަތުގެ ދަށުން ލިވްއަބޯޑް އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މި ފަންޑުން އިންވެސްޓްކުރުމަށް ވަނީ ހިމަނައިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޓަރނޭޝަނަލް ފްލައިޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކުރުމަށް ބައިނަލްއަގްވާމީ އެއަރޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރު މެދުވެރިވެގެން ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭނެކަމަށްވެސް ސިޔާސަތުގައި ހިމަނައިފައިވެއެވެ.

މި ސިޔާސަތުގައި ހިމަނައިފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ރާއްޖެ ފަޚުރުވެރިވާނެފަދަ ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓަލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ (ޑެސްޓިނޭޝަން ބްރޭންޑިންގ) ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހަދައި، ފަތުރުވެރިކަމުގެ އައު ޕްރޮޑަކްޓްތައް ތަޢާރަފްކޮށް އައު މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދިނުމަށްވެސް ވަނީ ނިންމާފައެވެ.

ރަށުފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިސޯޓުތަކާއި ގުޅުވައި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދީ ރަށު އިގުތިސާދު ތަރައްގީކުރުމަށް މަގު ފަހިކޮށްދިނުމަށާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތަޢުލީމު ފޯރުކޮށްދީ އެފަދަ މަގާމުތަކަށް ގާބިލު ދިވެހި މުވައްޒަފުން ބިނާކުރުމަށްވެސް މިސިޔާސަތުގައި ހިމަނާފައިވެއެވެ. މިގޮތުން ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުމަށް ކަނޑައަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ދީން ދައްކުވައިދޭ އައު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް ތަޢާރަފްކުރާނެ ކަމަށާއި ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރާނެކަމަވެސް ވަނީ ހިމަނައިފައެވެ.

މި ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެގޮތަށް، އެންޓަރޓައިންމަންޓް ކޮމްޕްލެކްސްއަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރުމަށްވެސް ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް، ދުނިޔޭގެ ބޮޑެތި ކްރޫސްލައިނަރުތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތަށް، ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓަރމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރުމަށްވެސް ކަނޑައަޅާފައިވެއެވެ.

މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރުމަށާއި ފަތުރިވެރިކަމުގެ ރިޒޯޓުތަކާ ގާތުން އަރބަން ސެންޓަރުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކެއް ތައާރަފްކޮށް، ސްކޫލްތަކުން ޖާގަ ހޯދުން ފަދަ އިޖްތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް ވެސް މި ސިޔާސަތުގައިވެއެވެ.

މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ހާއްސަ ފުރުސަތުތައް ކަނޑައަޅައި، ރިސޯޓުތަކުގެ މަތީ މަގާމުތަކުގެ 50 އިންސައްތަ ދިވެހިންނަށް ހާއްސަކުރުމުގެ އަމާޒަށް ވާސިލުވުމަށް، ފަސް އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރޝިޕް ސްކޮލަރޝިޕްތައް ފޯރުކޮށްދޭން ވެސް ނިންމާފައިވެއެވެ.

ރައީސް ސާލިހްގެ ވެރިކަމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ މިފާއިތުވެ ހަތަރު އަހަރުގެ ތެރޭގަައިވެސް ކުރައްވާފައެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ރާއްޖެ ވަނީ ދުނިޔޭގެ ފެންވަރުގައި ދެވޭ ފަތުރުވެރިކަމުގެ އެންމެ ފަހުރުވެރި ލަގަބު ކަމަށްވާ، ވޯލްޑް ޓޫރިޒަމް އެވޯޑްސްގެ، ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން ވިދިވިދިގެން ތިން އަހަރު ހޯދާފައެވެ. އަދި ފަތުރުވެރިކަމުގެ ފަހުރުވެރި 50 ވަނަ އަހަރާ ދިމާކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފަތުރުވެރިކަމުގެ ދުވަސް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
10 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި

10 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް