Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާރުވެރި އިގްތިސާދު

ބާރުވެރި އިގްތިސާދު: ޓެކްނޮލޮޖީއާއި ވިޔަފާރިއަށް ޚާއްސަ ހަބްތައް ގާއިމުކޮށް، ވިޔަފާރިއަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ

24 އޯގަސްޓު 2023 | ބުރާސްފަތި 17:55

އިގްތިސާދު ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޯގަސްޓު 2023 | ބުރާސްފަތި 17:55
މާލޭ ފުޑް ކޯޓް ސަރަހައްދު

މާލޭ ފުޑް ކޯޓް ސަރަހައްދު

ޓެކްނޮލޮޖީއާއި ވިޔަފާރިއަށް ޚާއްސަ ހަބްތައް ގާއިމުކޮށް, ވިޔަފާރިއަށް ބޭނުންވާ އެހީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދިނުން، ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހުގެ "ބާރުވެރި އިގްތިސާދު"ގެ ސިޔާސަތު ހިމަނުއްވައިފިއެވެ.

މި ސިޔާސަތުގައި ހިމަނުއްވާފައިވާ ބައެއް ކަންތައްތަކަށް ބަލާއިރު، ހަރަކާތްތެރި ވިޔަފާރީގެ މާހައުލަކަށް މަގު ކޮށައިދިނުމާއި، އިގްތިސާދު ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމާއި، އަދި ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

ހަރަކާތްތެރި ވިޔަފާރީގެ މާހައުލަކަށް މަގު ކޮށައިދިނުމަށް ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި؛ ޓެކްނޮލޮޖީއާއި ވިޔަފާރިއަށް ޚާއްސަ ހަބްތައް ގާއިމުކޮށް ވިޔަފާރިއަށް ބޭނުންވާ އެހީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދިނުމާއި، ވިޔަފާރިތަކަށް ދިމާވާ ޚާއްސަ ހާލަތްތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންސޮލްވެންސީ ޕްރޮޓެކްޝަން ނިޒާމެއް ގާއިމުކުރުމާއި، ދިވެހި އިގްތިސާދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސްއާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި ތަންފީޒުކުރާނެއެވެ. އަދި އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ދިގުދެމިގެންދާ ކޯޓު މަރުހަލާތަކުގެ ސަބަބުން ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމު ތަރައްގީކުރުމާއި، ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ގާނޫނާއި ޑޭޓާ ޕްރައިވަސީއާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލައި ތަންފީޒުކުރުމާއި އަދި ސަރުކާރުގެ ޕްރޮކިއުމަންޓް ނިޒާމު އީ-ޕްރޮކިއުމަންޓް ނިޒާމަކަށް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމަކަށް ބަދަލުކުރުމަށް ވަނީ ސިޔާސަތުގައި ހިމަނާފައެވެ.

އިގްތިސާދު ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިއުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އެއިން މަންފާ ކުރާނެ ގޮތަށް ނިޒާމު ބަދަލުކުރުން ހިމެނެއެވެ.

އެގޮތުން އިންވެސްޓްމަންޓް ހޯލްޑިންގ ކޮމްޕެނީ މޮޑެލްގެ ދަށުން؛ ނެޝަނަލް އިންވެސްޓްމަންޓް ފަންޑެއް ގާއިމުކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންވެސްޓްކޮށް، ނަފާ ހޯދޭނެ ކަމަށާއި، މި މޮޑެލްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ފައިދާ އިތުރުކޮށް، އައު އިންވެސްޓްމަންޓްތަކަށް ބޭރުގެ އިންސްޓިޓިއުޝަނަލް ކެޕިޓަލް ރާއްޖެއަށް ހޯދާނެއެވެ. އަދި ދިވެހިރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށްނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ ވަސީލަތްތަކާއި ނެޓްވޯކް ގާއިމުކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ، ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ، ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ދަތުރުފަތުރާއި އުމްރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުމަށް ގިނަ ކަންކަން ރާވާފައިވެއެވެ. އޭގެ ތެރޭގައި މުޅި ރާއްޖެ އެކީގައި ގުޅާލުމަށް ފަށާފައިވާ އާރްޓީއެލް ފެރީ ނެޓްވޯރކްގެ ނިޒާމު ފުރިހަމަކޮށް، މި ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފޯރުކޮށްދިނުމާއި، އާރްޓީއެލްގެ ތެރެއަށް ކާގޯއާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ދެވިގެންދާނެ ކުދި ދާގީނާގެ ލޮޖިސްޓިކްސް ޚިދުމަތް އިތުރުކުރުމާއި، އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އާރޓީއެލް ގިމަތަތައް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމާއި، ރިޒޯޓުތަކާއި ސިނާއީ ރަށްތައް އާރްޓީއެލްގެ ނެޓްވޯރކަށް އިންޓަރގްރޭޓް ކުރުން ހިމެނެއެވެ.

ގައުމީ އެއަރލައިނަށް އިންވެސްޓްކޮށް، ގައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް ހިދުމަތްތައް ފަތުރުވެރިކަމުގެ ސޯސް މާކެޓްތަކަށް ސީދާގޮތުން ދިނުން ފުޅާކޮށް، ރާއްޖެއަށް ފަތުރުވެރިން އުފުލުމުގައި ގައުމީ އެއަރލައިންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުކުރާނެއެވެ. މިކަމަށްޓަކައި ސަރުކާރު ހިއްސާވާ ދެކުންފުންޏެއްގެ ޖޮއިންޓް ވެންޗަރ އެއްގެގޮތުގައި އިންޓަރނޭޝަނަލް އެއަރލައިނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކޮށްފައިވެއެވެ. އަދި މީގެ ދަށުން ގައުމީ އެއަރލައިން ސަރަހައްދީގޮތުން ފާހަގަކޮށްލެވޭ ކެރިއައެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެއެވެ.

އަލަށް ގާއިމުކޮށްފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނަށް ހަދައި، އައު ވިޔަފާރީގެ ރޫޓްތަކަށް އިންވެސްޓްކުރުމާއި، ޓްރާންޝިޕްމަންޓް ޕޯޓަކަށް ޖާގަލިބޭ އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ އަމަލީ މަސައްކަތް ފަށައިގަނެ، ޕޯޓް އެންޑް މެރިޓައިމް ހަރަކާތްތައް، އިންޑަސްޓްރިއަލް، ކޮމާޝަލް، ރިއަލް އެސްޓޭޓް، ހޮސްޕިޓަލިޓީ އަދި އެހެނިހެން ޓާޝަރީ އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް ޒަމާނީ ސަރަހައްދެއް ތަރައްގީކޮށް، ރާއްޖޭގެ އުތުރުގެ އިގުތިސާދު ކުރިއަރުވާނެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ގޮތުގައި 'މޯލްޑިވްސް ޕޯޓް ސިޓީ އިންވެސްޓްމަންޓްސް' އުފައްދާ މަސައްކަތް ކުރިއަށްދާކަން ހާމަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސްޓްރެޓީޖިކް ލޮކޭޝަންގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، އީސްޓް އޭޝިއާ، މެދު އިރުމަތި، އެފްރިކާ އަދި އޮސްޓްރަލްއޭޝިއާ ގުޅާލެވޭ ޓްރާންސްޕޯޓް އަދި ލޮޖިސްޓިކްސް ހަބަކަށް ހަދާނެ ކަމަށްވެސް ސިޔާސަތުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް