Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ފޭދޫ އިއްބެގެ ހެޓްރިކާއެކު، އީގަލްސް އަށް ބޮޑު މޮޅެއް

އީގަލްސް އިން މެޗު ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 23 އޯގަސްޓު 2023 | ބުދަ 18:59
އީގަލްސް އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސް އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން

އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ހެޓްރިކާއެކު، ކްލަބް އީގަލްސް އިން ބުރު ސްޕޯޓްސް ކްލަބް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިއީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑު ކައިރިން 2-1 ން ބަލިވުމަށްފަހު އީގަލްސް ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފެށިގެން 15 މިނެޓުގެ ތެރޭގައި އީގަލްސް އަށް ކުރިހޯދަދިނީ ބްރެޒިލްގެ ފޯވާޑް، އިވާން ކާލޯސް އެވެ. އެޔަށްފަހު، 35 ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އީގަލްސް އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގައި އީގަލްސްއިން ވަނީ ތިންވަނަ ލަނޑު ޖަހައިފައެވެ. އެ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) އެވެ. ފޭދޫ އިއްބެ ވަނީ 55 ވަނަ މިނެޓުގައި ލަނޑެއް ޖެހުމަށްފަހު 83 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ފޭދޫ އިއްބެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުވެސް ކާމިޔާބުކުރީ އީގަލްސް އިންނެވެ. އެ މެޗު އީގަލްސް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މޮޅާއެކު، އީގަލްސް ވަނީ އެއް މެޗު މަދުން ކުޅެ، އަލުން ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި މާޒިޔާއަށް 22 ޕޮއިންޓު ލިބިފައިވާއިރު، އީގަލްސް އަށް ދެވަނައިގައި ލިބިފައިވަނީ 20 ޕޮއިންޓެވެ. އެއް މެޗު އިތުރަށް ކުޅެފައިވާ ސަސް އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރާ މެޗެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު