Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާ އިންޓަނޭޝަނަލް ހައިސްކޫލު

ވިލާ ހައިސްކޫލުން ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފަށް ހައިކޯޓުން ބަދަލު ނަގައިދީފައިވަނީ ރަނގަޅަށް: ސުޕްރީމް ކޯޓު

ވަޒީފާއިން ވަކިކުރީ ނަސޭޙަތް ދިނުމެއް ނެތި އަދި ސަބަބު އެންގުމަކާއި ނުލައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2023 | ބުދަ 06:51
ރ މަޑުއްވަރީ ސައިމާވިލާ އަހުމަދު ރަޝީދުގެ ފަރާތުން ހުށައަޅާފައިވާ މައްސަލަ

ރ މަޑުއްވަރީ ސައިމާވިލާ އަހުމަދު ރަޝީދުގެ ފަރާތުން ހުށައަޅާފައިވާ މައްސަލަ

ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެއް ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުން، ހައިކޯޓުން ބަދަލުނަގައިދީފައިވަނީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

މިއީ ރ މަޑުއްވަރީ ސައިމާވިލާ އަހުމަދު ރަޝީދުގެ ފަރާތުން ހުށައަޅާފައިވާ މައްސަލައެކެވެ. އެގޮތުން އޭނާ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އިސްލާމް ކޯޑިނޭޓަރެއްގެ ވަޒީފާ 13 ޖޫން 2010ން ފެށިގެން އަދާކުރަމުންދަނިކޮށް، 22 ނޮވެމްބަރު 2018 ގައި ނަސޭޙަތް ދިނުމެއް ނެތި އަދި ސަބަބު އެންގުމަކާއި ނުލައި ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.  

Advertisement - newsAdvertisement

އޭނަ ވަޒީފާއިން ވަކިކުރި ސަބަބު އަންގާފައިވަނީ 22 ނޮވެމްބަރު 2018 ގައި ފޮނުވި ސިޓީއެއްގައެވެ. އެގޮތުން އެ ސިޓީގައި ބަޔާންކޮށްފައިވަނީ އޭނާގެ ވަޒީފާގެ ކޮންޓްރެކްޓު އައު ކުރުމަށް ގަސްދުނުކުރާ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކުރީ ކުރިއަށް އޮތް 3 މަހުގެ މުސަރަވެސް ލިބޭ ގޮތަށެވެ.

އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައެޅީ އޭނާއަކީ ދާއިމީ މުވައްޒަފެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، އޭނާ ކުރިން ހުރި މަޤާމު އަނބުރާ ދިނުމަށް އެދިއެވެ.

އެ މައްސަލަ ޓްރައިބިއުނަލްއިން ބެލުމަށްފަހު ނިންމާފައިވަނީ ދެފަރާތުގެ މަސްލަޙަތަށް ބަލާއިރު، އޭނާއަށް އަނބުރާ ވަޒީފާދޭނެ ތަނެއް ނެތް ކަމަށާއި، ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށްވާތީ މާލީ ބަދަލެއްގެ ގޮތުގައި 212،634 ރުފިޔާ ނަގައިދިނުމަށެވެ. އެ ފައިސާ 21 ދުވަހުގެ ތެރެގައި ދެއްކުމަށް ޓްރައިބިއުނަލުން އޮތީ އަންގާފައެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ވިލާ އެޑިއުކޭޝަނަލް ސަރވިސަސްއިން 1 އިސްތިއުނާފީ ނުކުތާއާއެކު އެ މައްސަލަ ހައިކޯޓަށް ހުށައެޅިއެވެ. އެއީ ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ޚިލާފަށް ކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.

ހައިކޯޓުންވެސް ނިންމީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ވުމާއެކު، ބަދަލެއްގެ ގޮތުން 159،476 ރުފިޔާ އޭނާއަށް ދިނުމަށް ހައިކޯޓުން ޙުކުމްކުރިއެވެ. އެއީ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދީފައިވާ 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާގެ އަދަދުން 3 މަސްދުވަހުގެ މުސާރައާއި އިނާޔަތްތަކަށް ޖެހޭ އަދަދު އުނިކޮށްފައެވެ.

އެ ފައިސާ 14 ދުވަސްތެރޭގައި ދައްކަން ޙުކުމްކޮށްފައިވާތީ ވިލާއިން މިހާރު ވަނީ އެ ފައިސާ ދައްކައި ޚަލާސްކޮށްފައެވެ.

ވުމާއެކު، ހައިކޯޓުން ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބުނެ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅީއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

ފަނޑިޔާރުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުކަމަށް އޭނާގެ ފަރާތުން ބުނިނަމަވެސް، ހައިކޯޓުގެ ނިންމުން އެ ޤާނޫނުގެ ޙަވާލާދޭ މާއްދާއާ ޚިލާފުވާގޮތެއް އޭނާއަށް ބުނެދެވިފައިނުވާކަމަށެވެ. އެގޮތުން އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ.

ވުމާއެކު، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު