Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

ރައީސް ނަޝީދަށް އިންސާފް ހޯދައިދިނުމަށް އަދީބަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާ: އެމްޑީޕީ

ރައީސް ނަޝީދަށް ކުރި ހުކުމަކީ ޝަރުޢީ ކޯޓަކުން ލިޔުނު ހުކުމެއް ނޫންކަމަށް އަދީބު ވިދާޅުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 18:32
ރައީސް ނަޝީދު: ޝަރީއަތް އިންސާފްވެރި ނޫންކަމަށް ދޭހަވާ އިތުރު ހެކިތަކެއް

ރައީސް ނަޝީދު: ޝަރީއަތް އިންސާފްވެރި ނޫންކަމަށް ދޭހަވާ އިތުރު ހެކިތަކެއް

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އިންސާފުން ނޫންކަން ހާމަކޮށްދެއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބު ހުށަހަޅުއްވަން ބޭނުންވާ ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީޢަތް ހިންގައި، 13 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ސަރުކާރުން ރާވައިގެންކަމުގައި އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަން ކުރި ގޮތާއި އެކަމުގެ ހެކިތައް އެދުވަސްވަރުގެ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ބަޔާންކުރައްވައި އަޙްމަދު އަދީބު ސުޕްރީމް ކޯޓަށް ސިޓީ ފޮނުއްވާފައިވާތީވެ، އެ ހެކިތަކަކީ ކޮބައިކަން ދެނެގަތުމަށް ސުޕްރީމް ކޯޓުން އަޙްމަދު އަދީބަށް ފުރުޞަތު ދެއްވުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތް ހިންގާފައިވަނީ މުޅި ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކަމަށާއި އެކަން ސާބިތުވާނޭ ހެކިތައް އަޙްމަދު އަދީބު އަތުގައި ހުރިކަމުގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑު ޖަރީމާއެއް ހިންގައި ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ނުޙައްޤުން އެންމެ ހިނދުކޮޅަކުވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނަށާއި، އެ ޕާޓީއަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

އަދި ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތަކީ މުޅި ދުނިޔޭގެ ނަޒަރު އެކަމަށް ހުއްޓި، އެކަމާ ގުޅިގެން އދ. ގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަން އާއި، އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ އާއި، އިންޓަނޭޝަނަލް ކޮމިޝަން ފޯ ޖޫރިސްޓްސް އާއި، އެމެރިކާ ސަރުކާރާއި، އިނގިރޭސި ވިލާތާއި، ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕިއަން ޕާލިމަންޓުގެ ފާޑުކިޔުން ރާއްޖެއަށް އަމާޒުވެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގުނު ޝަރީޢަތާ ގުޅިގެން ރާއްޖެއަށް އަމާޒުވި ފާޑުކިޔުންތަކަށް ބީރު ކަންފަތެއްދީ، ރާއްޖެއާ ގުޅުން ބަދަހި އެތައް ޤައުމުތަކާ އޮތް ރަޙްމަތްތެރިކަމަށް ބުރޫ އަރައި މިއަދު ދިވެހިރާއްޖެ ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެކަނިވެރިވެ، ޚުދުމުހުތާރު ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ އެތައް ޙައްޤުތަކަކަށް އަރައިގަންނަމުންދާއިރު، ސިޔާސީ ލީޑަރުންނާއި، ބޭއިންސާފުން ޝަރީޢަތްކޮށް ޖަލަށްލާފައިވާ ހުރިހާ މީހުން މިނިވަންކުރަން އެ ޕާޓީން ގޮވާލާ ކަމަށެވެ. މިއަދު އެނގި ހާމަވަމުންދާ ޙަޤީޤަތަކީ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށްލުން އާންމުވެ، މުޅި ޝަރުޢީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާކަން ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގުނު ގޮތުގެ ތަފްޞީލް އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވާ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ އަލުން ބައްލަވައި އަދީބަށް އެނގިވަޑައިގަންނަވާ މަޢުލޫމާތަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމު ކަމެއް ކަމުގައި އެ ޕާޓީން ދެކޭކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު