Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިތުލްމާލުން ވައްކަން ކުރުން

ރައްޔިތުންގެ ބައިތުލްމާލު \'ދަވާލީ\' ކާކުކަން އެންމެންނަށް ވެސް އެނގޭ!

އެމްއެމްޕީއާރުސީން އެކަނި ވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 14:29
ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބު

ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަދީބު

ދިވެހިރާއްޖެއަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ޖަޒީރާ ގައުމެކެވެ. އޭގެ ފައިދާ ރަނގަޅުގޮތުގައި ބޭނުން ހިފައިފި ނަމަ ރާއްޖެއަށް ވުރެ ވަކި އަމާން އަދި ފުދުންތެރި ރައްޔިތެއް ދިރިއުޅުމެއް އުޅެވޭނެ ގައުމެއް ނޯންނާނެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމައެކަނި ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތަކާއި ކަނޑުގެ ރޯދީގެ ބޭނުންކޮށްގެން ވެސް ރާއްޖެއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހެދިދާނެއެވެ. މި ދައްކަނީކީ ރޮކެޓް ސައިންސްގެ ވާހަކައެއް ނޫނެވެ. އެއީކީ ހަމައެކަނި މިއަދު ލިބިފައި އޮތް ފުރުސަތެއް ވެސް ނޫނެވެ. ދިވެހި ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތް ދުވަހުން ފެށިގެން ވެސް އެކަން އޮތީ އެގޮތަށެވެ. މައްސަލައަކީ ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭނެ ރަނގަޅު އިހުލާސްތެރި ވެރިން އިހުތިޔާރު ކުރެވިފައި ނުވުމެވެ. ނުވަތަ ރައްޔިތުން އިހުތިޔާރުކުރާ ވެރިން ރައްޔިތުންނަށް "ދޯކާ" ދެނީ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭތާ އެތައް ހާސް އަހަރެއް ވެފައިވާއިރު، ރާއްޖެ އިސްލާމުވިތާ ވެސް 800 އެތައް އަހަރެއް ފާއިތުވެއްޖެއެވެ. މިއަދާ ހަމައަށް ވެސް ދިވެހި ގިނަ ރައްޔިތުން ތިބީ ނިކަމެތި ހާލަތުގައެވެ. ގިނަ ރަށްރަށުގައި ސާފު ބޯފެން ނެތްއިރު، ނަރުދަމާ ނިޒާމު ގާއިމު ކުރެވިފައެއް ނުވެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއެވެ. ބޯހިޔާވަހިކަން ނުލިބިގެން އުޅެނީ ކޮންމެހެން ރާއްޖޭގައި ގޯތި ގެދޮރުއަޅާނެ ބިން ނެތިގެނެއް ވެސް ނޫނެވެ. ވެރިންގެ އިހުލާސްތެރިކަން ނެތީއެވެ.

ރާއްޖޭގައި މި ފަހަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ ވައުދުވެ، އައި ސަރުކާރަށް ހިފަހައްޓާލެވުނީ އެންމެ ތިން އަހަރުއެވެ. ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކޮރަޕްޓް ވެފައިވާ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން ވެގެން އެސަރުކާރު ވަނީ ބަދަލު ކޮށްފައެވެ. ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންގެ ގޮތުގައި އުޅުއްވާ ވެރިންގެ ވެސް އިހުލާސްތެރިކަން ހަމަ ނެތީއެވެ.

އަސްލު މައުލޫއަށް ޖެހިލާނަމެވެ. މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހިޔާނަތްވެފައި ވަނީ މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުންނެވެ. އެއީ އެއްވެސް ރައްޔިތަކު ދެބަސްވާ ކަމެއް ނޫންނެވެ. ސަރުކާރުގެ ވެރިން ވެސް އެއްބަސްވެލައްވައެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ ހިޔާނާތަކީ ސަރުކާރުގެ ވެރިންގެ މެދުގައި ވަރަށް ބޮޑަށް ރޭވިގެން ހިންގާފައިވާ ވައްކަމުގެ ބޮޑު މައްސަލައެކެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިޔާނާތް ހިންގާފައި ވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެނގުމާއި ފެނުމުގެ ތެރެއިންނެވެ. އެކަން ކަށަވަރުވާ ބައިވަރު ހެކިތައް އެހުރީ ފެންމަތި ވެފައެވެ.

ފުރަތަމަ ހެއްކަކީ ރައީސް ޔާމީން އަމިއްލަ ފުޅަށް ވެވަޑައިގެންނެވި އިއުތިރާފެވެ. ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީގެ ފައިސާ، ކަޅު ފޮށި ފޮއްޓަށް އަޅައިގެން ވެއްދީ ހަމައެކަނި، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ގެކޮޅަށް ވެއްދި އެ ފައިސާއަކީ ހަލާލު ފައިސާއެއް ނޫންކަން ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ އެވާހަކަފުޅަށް ބާރު ލިބޭ އެހެނިހެން ކަންކަމަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ފުލުހުން ހިންގިއިރު، އެމްއެމްޕީއާރުސީގެ އޮފީހުންނާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ގެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވެއެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެފައިސާތަކަށް ދެން ހެދީ ކިހިނެއްކަން އެނގޭ މީހަކު މި އުޑުދަށުގައި ހުރި ކަމަކަށް ނުވެއެވެ.

ދެން އޮތީ އެންމެ ފަހުން ފެންމަތިވެގެން މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އަދި ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި 100 ވަރަކަށް ދުވަހު ނައިބު ރައީސްކަން ވެސް ކުރެއްވި އަހުމަދު އަދީބުގެ ވާހަކައެވެ.

އަދީބު ވިދާޅުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ގައުމު ހިންގަވަމުން ގެންދެވީ ރައީސް ޔާމީން ނޫން ކަމަށާއި އެމަނިކުފާނު އުޅުއްވީ އެމްއެމްޕީއާރުސީން ލިބުނު ޑޮލަރު މާރުކުރެއްވުމާއި ގުނުއްވުމުގައި ކަމަށެވެ.

ގައުމު ހިންގުމުގައި އުޅުއްވީ އަދީބު ކަމަށް އޭނާ އެވިދާޅުވާ ވާހަކައިގައި ހަގީގަތެއްވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އޭރު ސަރުކާރުގެ މުޅި މޫނުމަތިން އަދީބު ފެންނަމުން ދިއުމާއި ސަރުކާރު ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އަދީބު އަވަދިނެތި އުޅުއްވާފައި ވުމެވެ. ހުދު ރައީސް ޔާމީން ވެސް މިހާތަނަށް އަދީބާ ގުޅޭ ގޮތުން ވިދާޅުވެފައިވާ ވާހަކަތަކުން އެކަން އެނގެއެވެ. އެއްކަމަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފުލް ކޮންޓްރޯލް އަދީބުގެ އަތުގައި އޮތުމެވެ. ސަރުކާރުގެ ވަޒީރުން އުޅުއްވީ މުޅިން ވެސް އަދީބުގެ އަރިހުގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުން ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ފުލް ކޮންޓްރޯލް އަދީބަށް އޮތްކަން ދޭހަވެ އެވެ. އަދި އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށާއި އަދީބަކީ ހާލިދުބުން ވަލީދު ފަދަ ބޭފުޅެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ، ގައުމު ހިންގުމުގައި އަދީބު އުޅުއްވާތަން ފެންނަލެއް ގިނަވެގެން ދިޔައީ އެހެންވެގެން ކަމަށް ވެސް ވެދާނެއެވެ.

ސަރުކާރުން ހިންގާފައިވާ ޖަރީމާތުގެ ވާހަކަ އަދީބާއި އެކަމުގައި ކުރިން އުޅުނު ބައެއް ފަރާތްތަކުން ފެންމަތި ކުރަމުންދާއިރު އޭގައި ހަގީގަތެއް އެކުލެވިގެންވާ ކަމަށް ބެލެވެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެކަންކަމުގައި އުޅުނު ފަރާތްތައް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގޮސް ނިމެނީ ރައީސް ޔާމީނާ ހަމައިންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބު ވިދާޅުވަނީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު ޗެކްތައް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު އެ ފައިސާ ގުނުއްވަމުން ގެންދެވީ އޭރު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކާއެކުގައި ކަމަށެވެ.

އަދީބުގެ އެވާހަކަތަކުން އާ ވާހަކައަކަށްވީ ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގައި ބިދޭސީއަކާ އެކު އެފައިސާ ގުނުއްވަމުން ގެންދިޔަ ކަމަށް ވިދާޅުވާ ވާހަކައެވެ. ގ. ދުވެއްސަށް އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައިވާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގެންނަވާފައިވާއިރު، އަދީބުގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނަނީ ކަޅު ދަބަހުގައި ރައީސް ޔާމީނަށް ފައިސާ ފޯރުކޮށް ދީފައިވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ ގެކޮޅަށް ވަދެފައިވާ ކަމަށް އަމިއްލަ ފުޅަށް ވިދާޅުވެފައިވާއިރު، އަމިއްލަފުޅު ބޭންކު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ދައުލަތުގެ ބައިތުލްމާލުން މިހާބޮޑެތި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާފައިވާއިރު، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ދުވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފަހަތުންނެވެ.

ތަހުގީގެއް ހިންގާލާނެ ހިތްވަރެއް ނެތެވެ. އެކަމަކު މިއީ ވެސް ސައްތަ އިން ސައްތަ މުސްލިމު ގައުމެކޭ ބުނާއިރު، ލަދު ގަންނަންޖެހެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޔަހޫދީ ދައުލަތުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ އޭނާގެ ގެ ފުލުހުން ޗެކްކޮށް، ތަހުގީގު ހިންގާފައި ވެއެވެ. އަދި ނަތަންޔާހޫގެ އަނބިކަބަލުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ތަހުގީގު ހިންގާފައިވާއިރު އަނބިކަނބަލުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ. ނަމަވެސް މި ގައުމުގައި ވެރި މީހާއާ ސުވާލެއް ކޮށްލާނެ މީހަކު ވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު