Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

މަޖިލިސް ހުއްޓުވާ، ބޮޑުތަޅު އަޅުވާފައި އޮތަސް ރައީސް ޞާލިހުގެ ހިތްވަރު ބައްޔެއް ނުކުރެވޭނެ - ޝިފާއު

22 އޯގަސްޓު 2023 | އަންގާރަ 04:58

ރައްޔިތުންނަށްޓަކައި އަސާސީ ހައްގުތައް ހޯއްދަވައިދެއްވުން ފަދަ އެތައް ކަމެއް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަމަށް ޝިފާއު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2023 | އަންގާރަ 04:58
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ފިއްލަވައިގެން އުޅުއްވުމަކީ ކުރެވޭ ވަރަށް ބޮޑު ވައްކަމެއް: މެންބަރު ޝިފާއު

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ފިއްލަވައިގެން އުޅުއްވުމަކީ ކުރެވޭ ވަރަށް ބޮޑު ވައްކަމެއް: މެންބަރު ޝިފާއު

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި، ބޮޑު ތަޅު އަޅުވާފައި އޮތަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން މަޖިލީހުގެ އަމީންއާއްމު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ އެކަމާއި މެދު ގޮތެއް ނިމެންދެން އެކަމަނާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސައިން އަފީފް ކަމަށް އަމީންއާއްމު ވިދާޅުވިއެވެ.

މިއީ މަޖިލީސް ހުއްޓިފައި އޮންނަތާ އެތައް ދުވަހަކަށް ފަހު ޖަލްސާ އެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވެސް މަޖިލިސް ރަނގަޅަށް ކުރިއަށް ނުގެންދެއެވެ. އަދި ޗުއްޓީ އަށް ފަހު ދައުރުން ބޭރުގައި އެއް ޖަލްސާ ބޭއްވި ނަމަވެސް ޗުއްޓީ އަށް ފަހު ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ވެސް ކުރިއަށް ނުގެންގޮސް މެދުކަނޑާލީއެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ އެޖެންޑާގައި ވެސް އޮތީ އެންމެ ކަމެކެވެ. އެއީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ. މަޖިލީސް ކުރިއަށް ނުގޮސްވާތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން އަންގާރަ ދުވަހު ޝިފާއު ވިދާޅުވީ މަޖިލިސް ހުއްޓުވާފައި އޮތީ ރިޔާސަތުގައި ހުންނެވި އަފީފްގެ ބައިވެރިވެވަޑައިގަތުމާ ވެސް އެކުގައި ކަމަށެވެ. އެކަން ދާއިރާގެ ރައްޔިތުންގެ ނަމުގައި ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރަކީ ވަރަށް ގިނަ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ އުންމީދުތައް ހަގީގަތަކަށް ހެދުމުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށް ޝިފާއު ވިދާޅުވިއެވެ. މަޖިލީސް ހުއްޓުވާފައި ބާއްވަނީ އެހެންވެގެން ކަމަށް ޝިފާއު ތުހުމަތުކުރެއްވިއެވެ. މަޖިލީސް ހުއްޓުވާ އުނދަނގޫ ކުރިއަސް ސަރުކާރުން ދާނީ ބާރަށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށްޓަކައި އަސާސީ ޙައްޤުތައް ހޯއްދަވައިދެއްވުން ފަދަ އެތައް ކަމެއް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
10 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް