Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ގާއިމުކުރަން އެސްޓީއޯއާ ހަވާލުކޮށްފި

"މަޓަޗާނާ" ބްރޭންޑާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލާ އެންމެ އެކަށޭނަ ގޮތަކަށް ސީއެސްއެސް ޑިޕާޓްމެންޓު ފަރުމާކުރުމަށް ވަނީ ހަމަޖެހިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2023 | އަންގާރަ 02:24
ހުޅުމާލެ ހޮސްޕިޓަލާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ހުޅުމާލެ ހޮސްޕިޓަލާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ހުޅުމާލޭ ހޮސްޕިޓަލުގެ ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓް (ސީއެސްއެސްޑީ) އަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދިނުމާއި، އިންސްޓޯލްކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ސައީދެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން ސްޕެއިންގެ މަޝްހޫރު "މަޓަޗާނާ" ބްރޭންޑާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލާ އެންމެ އެކަށޭނަ ގޮތަކަށް އެ ޑިޕާޓްމެންޓު ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނެސް އިންސްޓޯލްކޮށް، މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.

މި މަސައްކަތް ނިންމުމަށް އެސްޓީއޯއަށް ދީފައިވަނީ 262 ދުވަހުގެ މުއްދަތަކެވެ.

އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ "މަޓަޗާނާ"ގެ އުފެއްދުންތައް ރާއްޖެ ގެނެސް އިންސްޓޯލްކޮށްދީފައެވެ. އެގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ސީއެސްއެސްޑީއަކީ ވެސް އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ޑިޕާޓްމެންޓެކެވެ.

ސީއެސްއެސްޑީ އަކީ ހޮސްޕިޓަލުތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި ސާފުކޮށް، ޖަރާސީމު ނައްތާލައި ސްޓެރިލައިޒް ކުރަން ހާއްސަ ޑިޕާޓްމަންޓެކެވެ. މިއީ ކޮންމެ ހޮސްޕިޓަލަކަށްވެސް މުހިންމު ޑިޕާޓްމަންޓެކެވެ. އެގޮތުން، އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެންނެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ ހޮސްޕިޓަލަކަށްވާތީ އެ ހޮސްޕިޓަލުގައި ޒަމާނީ ސީއެސްއެސްޑީ އެއް ހުރުން މުހިންމު ކަމަށެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު