Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޯއައިޖީ

ޓީޓީ ޓީމަށް ކުރީގެ "ރަން ކާމިޔާބީން" ލިބެނީ ބޮޑު ހިތްވަރެއް

އެންމެ ފަހުން މެޑަލް ހޯދި ޓީމްގެ ތިން ކުޅުންތެރިން މިފަހަރު ޓީމްގައި ހިމެނޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 06:25
ރަން މެޑަލް ދިފާއުކުރަން ނިކުންނަން ދީމާ

ރަން މެޑަލް ދިފާއުކުރަން ނިކުންނަން ދީމާ

2019ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ޖުމްލަ15މެޑަލް ހޯދިއިރު، އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. މުޅި ގައުމު އެ ޓީމަކަށް ޓަކައި ފަހުރުވެރިވި ޓީމުގައި ހިމެނޭ، ޓީީޓީ ކުޅުންތެރިން ވަނީ އެ ފަހަރުގެ ގޭމްސްގައި ތިން ރަން މެޑެއްޔާއި ދެ ރިހި މެޑަލް ހޯދައިފަ އެވެ.

އެ އަހަރުގެ އައިއޯއައިޖީގައި އެންމެ ވިދުން ގަދަވި އެއް ކުޅުންތެރިއަކީ ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ. އެގޮތުން ގޭމްސްގައި ދީމާ ތިން ރަން މެޑެލް ހޯދިއިރު، އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަތުން4-1ސެޓުން މޮޅުވެގެންނެވެ. އެއާއެކު، އަންހެން ސިންގަލްސް ބައިން ރަފާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން، ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ރަން މެޑެލް ހޯދީ ދީމާ އާއި ރަފާގެ ޕެއާ އެވެ. މި ބައިން ދީމާ އާއި ރަފާ ރަން މެޑަލް ހޯދީ ފައިނަލް މެޗުގައި ރާއްޖޭގެ މުއީނާ މުޙައްމަދާއި ފާތިމަތު ޖުމާނާ ނިމާލުގެ ޕެއާ ބަލިކޮށްގެންނެވެ. ފައިނަލުގައި ވާދަކުރުމުން، އަންހެން ޑަބަލްސް ބައިން މުއީނާ އާއި ޖުމާނާ އަށް ވެސް ވަނީ ރިހި މެޑަލް ލިބިފައެވެ.

އައިއޯއައިޖީގައި ޓީޓީގެ ޓީމު އިވެންޓުން ވެސް ރާއްޖޭގެ އަންހެން ޓީމު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މޮރިޝަސްއާ ދެކޮޅަށް އެ ފަހަރު ކުޅުނު ފައިނަލް މެޗުން ރާއްޖެ މޮޅުވެފައިވަނީ3-2ގޭމުންނެވެ.

މި ކާމިޔާބީތަކާ އެކު ޓީޓީގެ ވިދުން ރާއްޖޭގައި ގަދަވެގެންދިޔައިރު، މަޑަގަސްކަރައިގައި މި މަހު ފަށާ އައިއޯއައިޖީގައިވެސް ޓީޓީއަށް ކުރެވޭ އުންމީދު ބޮޑެވެ. އެގޮތުން މި ފަހަރުގެ އައިއޯއައިޖީއަށް އެކުލަވާލި އަންހެން ޓީޓީ ޓީމުގައި2019ވަނަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިއަކު ހިމެނެ އެވެ. އެ ކުޅުންތެރިންނަނީ ދީމާ އާއި ރަފާގެ އިތުރުން ޖުމާނާ އެވެ. އެ ކުޅުންތެރިން އަލުން އެނބުރި އައިއޯއައިޖީގައި ވާދަކުރަން އަންނަނީ ކުރީގެ ޖޯޝާއި ފޯރީގެ އިތުރުން އެތައް ބައެއްގެ އުންމީދު ގުޅިފައިވާ ކާމިޔާބީއެއް ހޯދުމަށެެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއްވި ގޮތުގައި މި އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ ޓީމުގެ އެންމެ ބޮޑު އެއް އާމަޒަކީ އެންމެ ފަހުން ވާދަކުރި ގޭމްސްގައި ހޯދި މެޑަލްތައް ދިފާއުކޮށް، އިތުރު ކާމިޔާބީ ހޯދުމެވެ.

އެންމެ ފަހުން ބޭއްވި އައިއޯއައިޖީ އަށް ފަހު، އެންމެ ބޮޑަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ކުޅިވަރަކީ ޔަގީނުން ވެސް ޓީޓީ އެވެ. އެހެންކަމުން މި ފަހަރުގެ ގޭމްސްގައި އެ ޓީމަށް ކާމިޔާބު ހޯދަން ބަލާއިރު، ޗެލެންޖް ބޮޑެވެ. ޓީޓީ އެސޯސިއޭޝަންގެ އަލީ ރަޝީދު (އައްޔަ) ވެސް ފާހަގަކުރައްވާފައިވާ ގޮތުގައި އެންމެ އުނދަގޫ އެއް މަސައްކަތަކީ ކާމިޔާބީ ތަކުރާރު ކުރުމަށް ފަހު، ދެން އޮތް ހަރުފަތަށް ދިއުމަށް މަސައްކަތް ކުރުމެވެ. އެ ގޮތުގެ މަތިން ބަލާއިރު، އެންމެ ފަހުން އައިއޯއައިޖީގެ ކާމިޔާބީގެ ފިޔަވަޅު މަތީގައި ސާބިތުވެ ތިބެ، ކުރިއަށް ދިއުމަށް ކުރެވޭ އުންމީދުތައް ނުހަނު ބޮޑެވެ. ޓީޓީ ޓީމު މި ފަހަރުގެ އައިއޯއައިޖީ އަށް ތައްޔާރު ވަނީ އެ އަމާޒުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު