Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

ކާމިޔާބު ތަކުރާރު ކުރުމަށް ޓީޓީ ކުޅުންތެރިން ވަރުގަދަ ޖޯޝެއްގައި

21 އޯގަސްޓު 2023 | ހޯމަ 06:13

އަންހެން ޓީމަށް 2019 ވަނަ އަހަރު ގެއްލުނީ މިކްސްޑަބަލްސް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 އޯގަސްޓު 2023 | ހޯމަ 06:13
ދީމާ އަށް ރަން މެޑަލް އަދި ރަފާއަށް ރިހި މެޑަލް

ދީމާ އަށް ރަން މެޑަލް އަދި ރަފާއަށް ރިހި މެޑަލް

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމުން އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އައިއޯއައިޖީގައި ހޯދި ކާމިޔާބު ތަކުރާރުކުރަން ޓީޓީ ޓީމުގެ ކުޅުންތެރިން އަމާޒުހިފައިފި އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެގޮތުުން އަންހެން ސިންގަލްސް ރަން މެޑަލް އަދި ރިހި މެޑަލްގެ އިތުރުން ޑަބަލްސް އިވެންޓްގެ ރަން މެޑަލް އާއި ޓީމް އިވެންޓްގެ ރަން މެޑަލް ވަނީ ހޯދާފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ވަނީ އެކި ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. އެއާއެކު ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަނގަޅުވެއްޖެ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ.

މިދިޔަ ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނީ، އޭނާގެ މިފަހަރުގެ އަމާޒަކީ މިދިޔަ ފަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް މިކްސް ޑަބަލްސް އިވެންޓުން ވެސް ކާމިޔާބު ހޯދުން ކަމަށެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އޮތް އައިއޯއައިޖީ ގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ.

ރާއްޖޭގެ ޓީޓީ ސްކޮޑްގައި ހިމެނެނީ ހަ އަންހެން ކުޅުންތެރިންނާއި ހަ ފިރިހެން ކުޅުންތެރިންނާ އެކު ޖުމްލަ 12 ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ، ފާތިމަތު ޖުމާނާ ނިމާލް އަދި އައިމިނަތު ޝިއުރާ ޝަރީފް އެވެ. ފިރިހެން ހަ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޒީސްތު ނަސީމް، އަޚްޔާރު އަހުމަދް، އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.

ޓީޓީ ޓީމުގެ ކުޅުންތެރިން ބުނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ލިބުނު ވަގުތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ފަރިތަކުރުންތައް ކުރިއާލާ ފަށާ މިހާރު މުބާރާތަށް ޓީޓީ ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ކުޅުންތެރިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް