Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

މުޅި އަހަރު ސީދާ އައިއޯއައިޖީއަށް ބޮޑު ފޯކަސްއެއް ދީގެން ޓީޓީ ޓީމް ތައްޔާރު!

2019 ވަނަ އަހަރުގެ ގޭމްސްގައި އެންމެ ގިނަ މެޑަލް ހޯދީ ޓީޓީން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 އޯގަސްޓު 2023 | ހޯމަ 06:01
އެންމެފަހުން ގޭމްސްގައި މެޑަލް ހޯދައިދިން ދީމާ

އެންމެފަހުން ގޭމްސްގައި މެޑަލް ހޯދައިދިން ދީމާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މެޑަލް ދިފާއުކުރާނެ ކަމަށް އެންމެ ބޮޑަށް އުއްމީދު ކުރެވޭ އެއް ޓީމު ކަމަށްވާ ޓޭބަލް ޓެނިސް ޓީމުން މުޅި އަހަރު ގޭމްސް އަށް ފޯކަސްކޮށް، މަސައްކަތްތަކެއް ކޮށްގެން ގޭމްސް އަށް ތައްޔާރުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ މެޑަލް ދިފާއުކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި، އެކަމަކު އެ ޗެލެންޖަށް ޓީމް ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ އެންމެ ފަހުގެ ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޓޭބަލް ޓެނިސް މުޅި ޓީމް ވަނީ އިންޑިއާ އާއި ކްރޮއޭޝިއާގައި ތިން މަހެއްހާ ދުވަހު ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ޤައުމުގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާތަކާއި، ކުރިއެރުންތައް ހޯދިއެވެ.

އިންޑިއާ އާއި ކްރޮއޭޝިއާގެ ތަމްރީންތަކަށް ފަހު މިދިޔަ މަހެއްހާ ދުވަހު އަންހެން އަދި ފިރިހެން ޓީމްވެސް އެކުގައި ތަމްރީނު ހޯދަމުންދަނީ ރާއްޖޭގަ އެވެ. ކްރޮއޭޝިއާ ކޯޗެއްގެ އިތުރުން ބޭރުގެ ފިތްނަސް ޓްރޭނަރެއް ވެސް ޓީމާއެކު މަސައްކަތްކުރާތީ ފިޒިކަލީވެސް ޓީމް ވަރަށް ފިޓްކަން ކުޅުންތެރިން ފާހަގަކުރި އެވެ.

މީގެއިތުރުން ރާއްޖޭގައި ތަމްރީނު ހޯދަމުންދަނީ ކްރޮއޭޝިއާ އާއި އިންޑިއާ އާއި ޗައިނާގެ ކުޅުންތެރިން ވެސް ރާއްޖެ ގެނެސް އެ ކުޅުންތެރިންނާ ދެކޮޅަށް ވެސް މެޗުތައް ކުޅެމުންނެވެ. ދޭތެރެ ދޭތެރެއިން އެގައުމުތަކުގެ ކުޅުންތެރިން ރާއްޖެ އައިސް ދިވެހި ކުޅުންތެރިން ކުރިއަރުވަން އެހީވާކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޝިއުރީ ވިދާޅުވީ ބޭރުން ކުޅުންތެރިން ގެންނަނީ އަބަދު އެއްބަޔަކާ އެކު ނުކުޅެ، ތަފާތު ލެވެލްގެ ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާ ހޯދުމުގެ ގޮތުން، ހަމަ ކުރިން ޕްލޭންކޮށްގެން ކަމަށެވެ.

ޓީމްގެ ކުޅުންތެރިން ބުނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ތިން މަހެއްހާ ދުވަހު މުޅި ޓީމް ޕްރެކްޓިސް ކުރުމުގެ ސަބަބުން ކޮލިޓީ، ފިޓްނަސް، ހުނަރު،, މެޗު ޓެކްޓިކްސް ވެސް ވަރަށް ބޮޑަށް އިމްޕްރޫވް ވެއްޖެ ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. އެހެންކަމުން، މި ފަހަރުގެ ގޭމްސްގައި ވެސް އެންމެ އުންމީދު ބޮޑު ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު