Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިލާން

ޕަވާޑް ހޯދުމުގެ ރޭހަށް އިންޓަ މިލާން ވެސް ވަދެއްޖެ

20 އޯގަސްޓު 2023 | އާދީއްތަ 07:24

އިންޓަ މިލާނުން އާދިއްތަ ދުވަހުގެ ވަގުތެއްގައި ބަޔާންގެ އިސްވެރިންނާއެކު މަޝްވަތާ ކުރުންތައް ކުރިއަށް ގެންދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2023 | އާދީއްތަ 07:24
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް

ޖަރުމަނުގެ ބަޔާނަށް މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ހޯދުމުގެ ރޭހަށް އިޓާލިއަން ލީގުގެ އިންޓަ މިލާން ވަދެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ޑިފެންޑަރު ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ބަޔާނުން އަންނަނީ ޕަވާޑުގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، ބަޔާންގެ އެއްބަސްވުން އައު ކުރުމަށް ޕަވާޑް ބޭނުމެއް ނުވެ އެވެ. އޭނާ އަންނަނީ އެހެން ކުލަބަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޕަވާޑު ހޯދުމުގެ ޝައުޤުވެރިކަން އެންމެ ފުރަތަމަ ފާޅުކޮށްފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. އެކަމުގައި އެ ކުލަބަށް އަލި މަގެއް ނުފެނި އުޅެނިކޮށް، އިންޓަ މިލާން ވެސް ޕަވާޑް ހޯދުމުގެ ރޭހަށް ވަނީ ވަދެފަ އެވެ. އެކަމުގައި އިންޓަ މިލާނުން އާދިއްތަ ދުވަހުގެ ވަގުތެއްގައި ބަޔާންގެ އިސްވެރިންނާއެކު މަޝްވަތާ ކުރުންތައް ކުރިއަށް ގެންދާނެ އެވެ.

ސްޓަޓްގާޓް ދޫކޮށް ޕަވާޑް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޕަވާޑް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 163 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. 2019 ވަނަ އަހަރު ބަޔާނުން އޭނާ ހޯދީ، އޭގެ ކުރިން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ޕަވާޑުގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. ބަޔާނާއެކު މިހާތަނަށް އޭނާ ވަނީ 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ފްރާންސް ޤައުމީ ޓީމުން ޕަވާޑަށް ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 49 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް