Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

ޕާޓީތަކުގެ ބޮޑު ޖަލްސާ 23 ވަނަ ދުވަހުގެ ރޭ، ރައްޔިތުން މާލެ އެރުމަށް ގޮވާލައިފި

17 ޖުލައި 2017 | ހޯމަ 12:08

ޖަލްސާ ބާއްވާނެ ތަނެން ހާމަކޮށްފައެއް ނުވޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 17 ޖުލައި 2017 | ހޯމަ 12:08
އެމްޑީޕީގެ އަހަރީ ދުވަހު އެޕާޓީން ބޭއްވި ޖަލްސާ

އެމްޑީޕީގެ އަހަރީ ދުވަހު އެޕާޓީން ބޭއްވި ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފައިއެވެ.

މ. ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި މަހުގެ 23 ވަނަ ދުވަހުގެރޭ މާލޭގައި ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާން ނިންމާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ތާވަލްކޮށްފައިވަނިކޮށް، ބާއްވާ މި ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން އަދި ހާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ އިސްލާހީ މަސައްކަތަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވުމަށް އަލީ ނިޔާޒު ވަނީ ގޮވާލާފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ޖަލްސާ ބާއްވާނެތަނެން އިއުލާންކޮށްފައެއް ނުވެއެވެ.

އަލީ ނިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު އަތޮޅުތެރެއަށް ފާށާފައިވާ ދަތުރުތައް ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން މިހަފްތާގެ ބަންދުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ލ. އަތޮޅަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަލި ނިޔާޒު ވިދާޅުވިއެވެ. މި ރަށްތަކުގައި ހަފްތާ ބަންދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް