Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް، ފައިސަލް ނަސީމް

އަސްލު ކެމްޕޭން ކުރަންވީ ގިޔާމަތް ދުވަހު ބޭނުންވާ މަގާމު ހޯދުމަށް: ނައިބު ރައީސް

19 އޯގަސްޓު 2023 | ހޮނިހިރު 08:01

ގުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުމަކީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދު ކުރަންޖެހޭ ކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 އޯގަސްޓު 2023 | ހޮނިހިރު 08:01
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް

ކޮންމެ މީހަކުވެސް ކެމްޕޭން ކުރަންވީ އެ މީހަކު ގިޔާމަތް ދުވަހުން ބޭނުންވާ މަގާމު ހޯދުމަށް ކަމަށް, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ގުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބޭއްވި "މަހްފަލުލް ގުރްއާނި 1445" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ކީރިތި ގުރުއާނުގެ އިލްމު އެންމެ ފުރިހަމައަށް އުނގެނި، އެ މާތް ފޮތުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

Advertisement - newsAdvertisement

ނައިބުރައީސް ވިދާޅުވީ ގުރުއާން އުގަންނައިދީ ގުރުއާން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި އަދި ދޭހަކޮށްދިނުމަކީ އެންމެ ތުއްތުއިރުން ފެށިގެން ތާއަބަދު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، ގުރުއާން ކިޔަވާއިރު އޭގެ މާނަ އެނގޭނަމަ އެކަމަކާ ދޭތެރޭ ފުންކޮށް ވިސްނުން އިތުރުވާނެ ކަމަށާއި އެހެންވެ، އެ ކިޔަވާ އެއްޗެއް ދޭހަވުމަށް މަސައްކަތް ކުރުމަށް ވަގުތު ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރިއަށްދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ހަމަ އެ ފޯރީގައި ގިޔާމަތް ދުވަހު ބޭނުންވާ މަގާމު ހޯދުމަށް ކެމްޕޭން ކުރަންޖެހޭ ކަމަށެވެ. ކެމްޕޭން ކުރަނީ އުއްމީދުތަކަކަށް އެދިގެން، ހެޔޮ ގޮތްތަކެއް އެދިގެން ކަމަށްވާއިރު، ގިޔާމަތް ދުވަހު ބާއްޖަވެރިކަމާއި ސުވާރުގެއަށްވުރެ މަތިވެރި މަންޒިލެއް ނޯންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮންމެ މީހަކުވެސް ބޭނުންވަނީ ކުރާ ކަންކަން ރަނގަޅުވެ، ހަޔާތް ބާއްޖަވެރިވުމަށް ކަމަށާއި، ނަމަވެސް އަމަލު ރަނގަޅުނުކޮށް އެކަން ނުކުރެވޭނެކަމަށެވެ. އަދި އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫންކަމަށާއި އެންމެންނަށްވެސް އޮތީ އުއްމީދުކޮށް ހެޔޮ ރަހުމަތަށް އެދި ދުއާ ކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ،

ނައިބު ރައީސް ވާހަކަފުޅުގައި ސްކޫލްތަކުގައި ގުރުއާން ކިޔަވައިދިނުމުގައި މިހާރު ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް "މަހްފަލުލް ގުރުއާނި 1445"ގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ހޯދިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

"މަހްފަލުލް ގުރުއާނި 1445"އަކީ ގުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ގުރްއާނުގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރަމުންދާ ބޭފުޅުންނަށް އަމާޒުކޮށްގެން، ކުއްލިއްޔާ އޮފް ގުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ 3 ވަނަ ގުރުއާން މަހްފަލެވެ. މި މަހްފަލުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މަޝްހޫރު ބައެއް ގާރީން ކިޔަވާވިދާޅުވެފައި ވެއެވެ. މިއީ ކީރިތި ގުރްއާން ކިޔެވުމުގައި ބޭނުންކުރާ މަގާމާތުތަކަށް އަހުލުވެރިކުރުވުމާއި، އަޑު ގެންގުޅޭނެ ގޮތުގެ ހުނަރުތައް ލިބިދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަހްފަލެެކެވެ. މި މަހްފަލުގައި ގުރުއާން ޓީޗަރުންނަށް ޚާއްސަކޮށްގެން، ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ގުރުއާނުގެ މުގައްރަރު ކިޔަވައިދިނުމުގައި ހުރި ގޮންޖެހުތަކާއި އެކަމުގެ ހައްލުގެ ނަމުގައި މަސައްކަތު ބައްދަލުވުމެއްވެސް ކުރިއަށްގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް