Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

ވައުދުވެސް ވާންވާނީ ކުޅަދާނަ މިންވަރަކަށް!

މިފަހަރު 8 ކެންޑިޑޭޓުން ވާދަކުރާއިރު ގިނަ ވަައުދުތަކެއް ކެންޑިޑޭޓުން އަންނަނީ ވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 އޯގަސްޓު 2023 | ބުރާސްފަތި 02:26
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން

ރާއްޖެއަށް އަންނަނީ ދެ މޫސުމެކެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ނަމަވެސް ދިވެހިން ބުނާ ވާހަކައެއް އޮވެއެވެ. އިންތިޚާބު އޮންނަ އަހަރު ރާއްޖެއަށް ތިން މޫސުން އަންނާނެއެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމާއި ވައުދުވާ މޫސުމެވެ. މިއީ އެއްކަލަ ތިން މޫސުން އަންނަ އަހަރެވެ. މިއީ ވައުދުވާ މޫސުން ރާއްޖެއަށް އައިސްފައިވާ ދުވަސްވަރެވެ. ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ އަންނަ ސެޕްޓެމްބަރ މަހު ގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާ ހަމައަށްވެސް މިހާ ގިނަ ކެންޑިޑޭޓުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާނެއޭ ބުނަން އުނދަގުލެވެ. ނަމަވެސް ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ނިންމާލިއިރު 8 ކެންޑިޑޭޓުން މިވަނީ އިންތިޚާބުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައެވެ.

އެހެން އަހަރުތަކާއި އެއްވަރަށް މިއަހަރު މާލެ ތެރެއިން އިންތިޚާބުގެ ފޯރި ނެތޭ ބުނެވިދާނެއެވެ. ކުރީ އަހަރުތަކުގައި ފެންނަމުންދިޔަހާ ފޯރިގަދަ މަންޒަރުތައް މިއަހަރު އެހާ ގިނައިން ނުފެނެއޭ ބުނެވިދާނެއެވެ. ނަމަވެސް އެއް ކަމެއް މިފަހަރުވެސް ބަދަލެއް ނުވެއެވެ. އެއީ ކެންޑިޑޭޓުން ވަމުންދާ ވައުދުތަކެވެ. ކެންޑިޑޭޓުން އަންނަނީ ކުރިޔަށް އޮތް ފަސް އަހަރަށް އެ ކެންޑިޑޭޓުން ގެންގުޅޭނެ ސިޔާސަތުތައް މެނިފެސްޓޯގެ ޒަރީޢާއިން ހާމަކުރަމުންނެވެ. ރިޔާސީ އިންތިޚާބުގެ ވައުދުތަކަކީ ދިވެހިންނަށް އައު ކަމެއް ނޫނެވެ. ވައުދުތައް ކިތަންމެ ގިނައިން ވިނަމަވެސް އެއީ ފުއްދޭނެ ވައުދެއްތޯ ބެލުން މުހިންމެވެ. ވައުދުތަކުގެ ތެރޭގައި އުމްރާނީ ބޮޑެތި މަޝްރޫޢުތަކާއި މާލީގޮތުން އެކިއެކި އިނާޔަތްތައް ދިނުން ހިމެނެއެވެ.

އެންމެ ފަސޭހައިން ރައްޔިތުންގެ ހިތާ ހަމައަށް ވާސިލުވެވޭނެ ގޮތަކީ ކޮބައިތޯ ކެންޑިޑޭޓުން ބަލައެވެ. ރަށަކަށް އެރުމަށްފަހު އެރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާކަންކަން ސާފުކުރެއެވެ. އެއީ ކޮންމެ ކަމެއްވިޔަސް އެކަމެއްކޮށްދޭނެ ކަމަށް ވައުދުވެއެވެ. އެއީ ތިމާވެށީގެ ގޮތުން ނުވަތަ މާލީގެ ގޮތުން ކުރެވޭނެ ކަމެއްތޯވެސް އޭރު ނުބަލައެވެ. އެކަމެއް ބަލަނީ ވެރިކަން ލިބުމަށްފަހުއެވެ. ނަތީޖާއަކަށްވަނީ 5 އަހަރު ހަމަވެގެންދާއިރު އެކަންނުވެ އަނެއްކާވެސް އެރަށަކަށް އަނެއް އިންތިޚާބަށް ވައުދުވާން ދާންޖެހުމެވެ. އޭރު އޮންނަނީ ކުރިން ބުނި އެތި ކެންސަލްކުރަން ޖެހިފައެވެ.

ލޯނުތައް މަޢާފުކުރުމާއި ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި އެކި ނަންމުގައި އިނާޔަތްތައް ދިނުމެވެ. މިއީ ހައްތާވެސް ރައްޔިތުން ބޭނުންވާ ގޮތެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖެ ފަދަ އިގްތިޞާދަކަށް މިއީ ކުޅަދާނަ ވާ ވަރުގެ ވައުދުތަކެއްބާވައެވެ. ސަރުކާރުން ރައްޔިތު މީހާ އުފަންވާ ހިސާބުން ފެށިގެން މަރުވަންދެން ހުރިހާ ކަމެއް ހިލޭ ކޮށްދޭނެކަމަށް ބުނެ ވަމުންދާ ވައުދުތަކާއެކު ސަރުކާރުގެ މާލިއްޔަތަށް އެކަމުގެ ބުރަ އުފުލަންޖެހޭނީ ކިހާ މިންވަރަކަށްތޯ އެއީ ކެންޑިޑޭޓުން ވިސްނާފައިވާކަމެއްތޯ ވެސް ސުވާލު އުފެދެއެވެ. ނަމަވެސް އަނެއްކޮޅުން ހަމަ އެ ކެންޑިޑޭޓުން ދައްކަނީ ރާއްޖޭގެ ދަރަނި ބޮޑުކަމުގެ ވާހަކައެވެ. ބޭރުގެ ދަރަނި ބޮޑު ވާހަކައެވެ. އެ ދަރަނިތައް ދައްކަމުން އެ ހުރިހާ ވައުދުތަކެއް ފުއްދޭނެތޯ ކެންޑިޑޭޭޓުން ވިސްނަނީ ކިހާ މިންވަރަކަށްތޯ އެއީ ހިތުގައި އުފެދޭ ސުވާލެކެވެ.

ބޮޑެތި ވައުދުތައް ފުއްދުމަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންވެއެވެ. އެހެންކަމުން ވައުދުތައްވާއިރު އެކަމަށް ފައިސާ ހޯދާނެގޮތާއި ދައުލަތުގެ ދަރަނި ކުޑަކުރާނެ ގޮތުގެ ސިޔާސަތެއް ރައްޔިތުންނާ ހަމައަށް ކެންޑިޑޭޓުން ގެނައުން ކިހިނެއްވާނެ ހެއްޔެވެ؟ ކުރިޔަށް އޮތް އެތައް ޖީލެއްގެ ބޮލުގައި އެޅޭވަރަށް ދަރަނި ހުރިއިރު އެކަންކަން ހައްލުވާނެ ނިޒާމެއް ނުވަތަ ސިޔާސަތަކާއެކު ފުއްދޭނެ ކަހަލަ ވައުދުވުން ރައްޔިތުންގެ ސިކުނޑިއަށް ވެސް ވިސްނައިގަންނަން ފަސޭހަވާނެކަމަށް ބެލެވެއެވެ. އައު ގާނޫނު އަސާސީގެ ދަށުން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބާ ދިވެހިން ކުރިމަތިލާއިރު މިއަށްވުރެ ހަރުދަނާގޮތެއްގައި ކެންޑިޑޭޓުންގެ ވައުދުތައް ހުންނަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަކުރު ބައްޔާމެދު އެނގެނީ ކިހާ މިންވަރަކަށް؟

ހަކުރު ބައްޔާމެދު އެނގެނީ ކިހާ މިންވަރަކަށް؟

14 ނޮވެމްބަރު 2022
ގަތަރުން ނެގީ ވަރުގަދަ ޗެލެންޖެއް، ބޭނުމަކީ އެމީހުންގެ ކުޅަދާނަކަން ސާބިތުކޮށްދިނުން

ގަތަރުން ނެގީ ވަރުގަދަ ޗެލެންޖެއް، ބޭނުމަކީ އެމީހުންގެ ކުޅަދާނަކަން ސާބިތުކޮށްދިނުން

03 ނޮވެމްބަރު 2022
ވެރިންނަށް މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެެއް

ވެރިންނަށް މަރުހަބާ ދެންނެވުމުގައި ދިވެހިންނަކީ ކުޅަދާނަ ބައެެއް

10 ސެޕްޓެމްބަރު 2021
ނަޒާގެ ކުޅަދާނަ އުފެއްދުންތައް އިންޑިއާގެ ފޮރިން ސެކްރެޓަރީއަށްވެސް!

ނަޒާގެ ކުޅަދާނަ އުފެއްދުންތައް އިންޑިއާގެ ފޮރިން ސެކްރެޓަރީއަށްވެސް!

15 އެޕްރީލު 2021
ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

12 މާރިޗު 2021

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު