Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޒާގެ ތަފާތު އުފެއްދުންތައް

ނަޒާގެ ކުޅަދާނަ އުފެއްދުންތައް އިންޑިއާގެ ފޮރިން ސެކްރެޓަރީއަށްވެސް!

ފުރަތަމަ ފެށިއިރު ވިޔަފާރިއެއްގެ ގޮތުގައި މިކަންކުރުމުގެ ވިސްނުމެއްނެތް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 12:35
ހައްވާ ނަޒާހަތު ޝަމީމް (ނަޒާ)

ހައްވާ ނަޒާހަތު ޝަމީމް (ނަޒާ)

ހައްވާ ނަޒާހަތު ޝަމީމް (ނަޒާ) އަކީ އިންޓީރިއާ ޑިޒައިނަރެކެވެ. ތަފާތުގިނަ ތަންތަނުގެ އިންޓީރިއާގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް 2019 ވަނަ އަހަރު ފްރީލާންސްކޮށް މަސައްކަތްކުރި ގެސްޓްހައުސެއްގެ ޑިޒައިން ފިނިޝިންގެ މަސައްކަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނަޒާއަށް ލިބުނެވެ. އެއާއެކު، އެކަމަށް ނަޒާ އަބަދުވެސް ޝައުގު ހުންނަ ކަމެއްކަމަށްވާ ސިމެންތިން ގޭތެރެ ޒީނަތްތެރިކުރާން ބޭނުންކުރާނެ ތަކެތި ތައްޔާރުކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެގެސްޓްހައުސް ޒީނަތްތެރިކުރުމަށް އުފެއްދި ތަކެއްޗާއެކު، ސިމެންތިން ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ތަފާތު އެކި އެއްޗެހި އުފެއްދުމަށް ހިތްޖެހި މިކަމުގެ ހުނަރު އިތުރަށް ދަސްކުރުމުގެ މަސައްކަތް ނަޒާފެށިއެވެ.

އެންމެ ފުރަތަމަ ނަޒާ މި މަސައްކަތް ފެށީ ދެތިން މޯލްޑާއިއެކުއެވެ. ދުވާލުގަޑީ ދަރިފުޅުގެ ކަންކަމުގައި އުޅުމަށްފަހު ރޭގަނޑުގެ ވަގުތު ނަޒާ ހޭދަކުރަމުން ދިޔައީ މިކަމުގެ ތަފާތު އުކުޅުތައް ދަސްކުރުމަށެވެ. ކޮންމެ ރެއެއްގައިވެސް ކޮންމެސް ވަގުތުކޮޅެއް މިކަންތައް ކުރުމަށް ނަޒާ ހޭދަކުރެއެވެ. އެގޮތުން މިކަންތައް ދަސްކޮށް ހުނަރު އިތުރަށް ފުޅާކުރުމަށް ހައެއްކަ މަސް ނަޒާ ހޭދަކުރިއެވެ. ނަމަވެސް މިކަންތައް ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ އެއްވެސް ވިސްނުމެއް އޭރު ނަޒާގެ ނެތެވެ.

މިގޮތަށް ނަޒާގެ މަސައްކަތްތައް ކުރަމުން ދަނިކޮށް އެއަހަރުގެ މެދުތެރޭގައި ފަންނު އެކްސްޕޯއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 'ކްރާފްޓް ސްޓޫޑިއޯ'ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރިއެވެ. އަމާޒަކަށްވީ މައުރަޒުގައި ބައިވެރިވެ ވަނައެއް ހޯދުމެވެ. ނަޒާ ބުނާ ގޮތުން އޭނާ ބޮޑުވީ މަންމަ މައުރަޒުގައި ބައިވެރިވާތަން ބަލަމުންނެވެ. އަދި މައުރަޒެއްގައި ބައިވެރިވުމަކީ ބޮޑުވަމުން އައިއިރު އަބަދުވެސް ވަރަށް ބޭނުންވި ކަމެއްކަމަށް ނަޒާ ފާހަގަކުރެއެވެ.

ކްރާފްޓް ސްޓޫޑިއޯގެ މަސައްކަތް ފެށިގެން ދިއުން ވެގެންދިޔައީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ދުވާލަކު ހަތަރު ފަސް ގަޑިއިރު، މި މަސައްކަތުގައި ނަޒާ ހޭދަކުރާއިރު، މިކަމުގެ ސަބަބުން މީހާ ހާސްވާވަރަށް މަސައްކަތްކުރުމަކީ ނަޒާ ކުރާ ކަމެއް ނޫނެވެ. ވިޔަފާރި ކުރުމަށްވުރެ މިކަމުގައި ނަޒާ އިސްކަންދެނީ އަމިއްލައަށް ހިތްހަމަ ޖެހިލައިގެން އެއްޗެއް އުފެއްދުމަށެވެ.

މީގެ އިތުރުން އެފަހަރުގެ މައުރަޒުގައި ބައިވެރިވެ ނަޒާ ވަނީ މައުރަޒުން 3 ވަނަ ކާމިޔާބުކޮށްފައެވެ. ނަޒާގެ އުފެއްދުންތަކުގެ ތެރެއިން މިފަހުން އިންޑިއާގެ ފޮރިން ސެކެޓްރީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ރަމްޒުކޮށް އެރުވި ހަދިޔާއަކީ ނަޒާގެ ފާހަގަކޮށްލެވޭ އުފެއްދުމެކެވެ. މީގެ އިތުރުން ކަގި މޯލްޑިވްސް ރިސޯޓް ހުޅުވުމަށް އެރިސޯޓުގެ ކޮޓަރިތަކުގައި ބޭނުން ކުރުމަށް ނަޒާގެ އުފެއްދުންތައް ވަނީ އޯޑަރު ކޮށްފައެވެ. ނަޒާ ފާހަގަކުރާ ވަގުތުގައި މިއީ ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މެގަޒިނެއްކަމަށްވާ ކޮންޑޭ ނާސްޓް ޓްރެވެލަރ މެގަޒިންގައި ނަޒާގެ އުފެއްދުންތަކުގެ ވާހާކަވަނީ ޝާއިއުކޮށްފައެވެ.

ކްރާފްޓް ސްޓޫޑިއޯގެ މަސައްކަތް ނަޒާ ފެށިތާ މިހާރު ގާތްގަނޑަކަށް ދޮޅުއަހަރު ވެފައިވާއިރު، މިކަމުގައި ހަރަކާތްތެރިވަނީ އޭނާއާއި އޭނާގެ ފިރިމީހާއެވެ. އިތުރު މުވައްޒަފުންތަކެއް ލައިގެން މަސައްކަތްކުރުމުގެ ވިސްނުމެއް ނަޒާގެ ނެތެވެ. އޭނާ އޯޑަރުތައް ނަގަނީ އަމިއްލައަށް އެ އޯޑަރުތައް ހެދޭނެކަމުގެ ޔަގީންކަން އޮތްނަމައެވެ. މި މަސައްކަތަކީ ނަޒާ ގަބޫލުކުރާ ގޮތުގައި އާޓެކެވެ. އަދި އޭނާގެ އާޓެއް އޭނާ އެހެން މީހެއް ލައްވާ ކުރާހިތެއް ނުވެއެވެ.

ތަފާތު އެކި ކުލަކުލައިގެ ސިމެންތި އެއްކޮށްގެން ނަޒާ ތައްޔާރުކުރާ މި އުފެއްދުންތަކަށް މިހާރު ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. އެންމެ ފުރަތަމަ ދެ ޕޮޓާއި އެއް ޓްރޭއާއިއެކު ފެށި މި މަސައްކަތް ފުޅާވެ، ނަޒާގެ އުފެއްދުންތަކުގެ ތެރޭގައި މިހާރު 29 އުފެއްދުމެއް ހިމެނެއެވެ. އޭގެ ތެރޭގައި ނަޒާގެ އަމިއްލަ ޑިޒައިންތަކުގެ އުފެއްދުންތައް ހިމެނެއެވެ. ފުދޭވަރެއްގެ ރަނގަޅު ރޭންޖެއްގެ ޕްރޮޑަކްޓް ނަޒާ މިހާރު ގެންގުޅޭއިރު، އޭގެ ތެރޭގައި ތަފާތު އެކި ސައިޒުގެ އެކި ބޭނުންތަކުގެ ޕޮޓާއި، ތަފާތު ބައްޓަމުގެ ޓްރޭތަކާއި ސިމެންތިން އަކުރު ހެދުމަކީވެސް ނަޒާ ކުރާކަމެކެވެ. އަދި ނަޒާގެ ޗަންކީ ހާރޓްއަކީ މިހާތަނަށް ނަޒާގެ އަމިއްލަ އުފެއްދުންތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ހޯދާފައިވާ އެއް އުފެއްދުމެވެ. މީގެ އިތުުރުން މިހާރު ނަޒާ ވަނީ ގަހަނާ ހެދުމުގެ މަސައްކަތް ވެސް ފަށާފައެވެ. ނަޒާ ގަބޫލުކުރާ ގޮތުގައި ކޮންމެ ގެއެއްވެސް ޒީނަތްތެރިކުރެވެން ވާނެއެވެ.

ނަޒާ ބުނީ މިކަމުގައި އޭނާއަށް އެންމެ ބޮޑު އެހީއެއް ލިބެނީ އޭނާގެ ފިރިމީހާ އާއި އާއިލާގެ ފަރާތުން ކަމަށެވެ. ހާސްވެ ކަންބޮޑުވާ ކޮންމެ ވަގުތަކު އެމީހުންގެ އެހީތެރިކަން ލިބޭކަމަށް ނަޒާ ފާހަގަކުރެއެވެ. މި މަސައްކަތުގައި އުޅުނަސް ދަރިފުޅަށް އަބަދުވެސް އިސްކަންދޭ ނަޒާ މިވަނީ މިފަދަ މަސައްކަތްތައް ކުރުމަށް ހުނަރުހުރި ކޮންމެ މީހަކަށްވެސް ގޭގައި ހުރެގެން މިފަދަ މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދީފައެވެ.

ނަޒާ - ކްރާފްޓް ސްޓޫޑިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

ދިވެހި ގަލު ވަޑިއެއްގެ ކުޅަދާނަ މަސައްކަތް ޤައުމެއްގެ ބޮޑުވަޒީރުގެ އަތްޕުޅަށް!

09 ޖޫން 2019
އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

05 ޖޫން 2019
އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

14 ފެބުރުއަރީ 2019
އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

އިންޑިއާގެ ވޯޓު ލިބޭނެ، ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރާނަން: ޝައިނީ

06 ޖޫން 2018
ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

27 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު