Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމާންކަން ގާއިމްކުރުން

ކުރީ ސަރުކާރުގައި އަމާންކަން ގާއިމްނުކުރެވުނީ ވެރިކަމުގެ ތިބި މީހުންނާ އެކަން ކުރާ މީހުންނާ އޮތް ގުޅުމުގެ ސަބަބުން - ރައީސް

16 އޯގަސްޓު 2023 | ބުދަ 13:48

އެކަން އެހެން ދިމާވަނީ އެކަން ކުރަން ތިބޭ މީހުންނާ ސިޔާސީ މީހުންނާ އޮންނަ ގުޅުމުގެ ސަަބަބުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޯގަސްޓު 2023 | ބުދަ 13:48
މާޅޮހުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ

މާޅޮހުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ކުރީ ސަރުކާރުގައި އަމާންކަން ގާއިމްނުކުރެވި އެތައް ޒުވާނެއް މަރާލެވުނީ، އެކަން ކުރާ މީހުންނާ ވެރިކަމުގެ ތިބި މީހުންނާ އޮތް ގުޅުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކު ބޭނުންވަނީ ހަމަޖެހޭ މުޖްތަމައެއްގައި، އުފާވެރި ދިރިއުޅުމެއް އުޅުމަށް ކަމަށެވެ. އެ އުފާވެރި ދިރިއުޅުމެއް އުޅެން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަމަޖެހޭ މުޖްތަމައެއް ގާއިމްކުރުން ކަމަށެވެ. މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި، ކުރިއާ އަޅާބަލާއިރު އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން، މި ވޭތުވެދިޔަ 5 އަހަރަކީ އެންމެ ކުށް މަދު 5 އަހަރުގެ ގޮތުގައި ރެކޯޑްކުރެވިފައި ވާކަމަށެވެ. އެއާ ޚިލާފަށް، އޭގެ ކުރީގެ 5 އަހަރަށް ޖެހިލާއިރު މާލޭގެ މަގުތަކުގެ ހާލަތަކީ މަހަކު ޒުވާނަކު ކަތިލައި، ވަޅި ހަރައި މަރާލެވިގެން ދިއުން ކަމަށާއި، ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވެ، އެކަން ހައްލުކުރަން ސިފައިން ނެރެން ޖެހުނު ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މާލޭގެ މަގުތަކުގެ ހާލަތަކީ އެއީ ކަމަށާއި، ހަގީގަތުގައި އެކަން އެހެން ދިމާވަނީ އެކަން ކުރަން ތިބޭ މީހުންނާ ސިޔާސީ މީހުންނާ އޮންނަ ގުޅުމުގެ ސަަބަބުން ކަމަށާއި، އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެކުދިން ބޭކާރުކޮށްލައި، މަގުމަތިކޮށް ނުލައްވާނެ ކަމަށެވެ. އަދި ދިރިއުޅެން މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށާއި، އެއީ ސަރުކާރެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާއިލާއެއްގެ ތެރޭގައި އުޅޭ ކުދިން މަގުމައްޗަށް ވީއްލިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖޭގެ މެނިފެސްޓޯގެ ސިޔާސަތުގައި، އަމާން މުޖްތަމައުގެ ސިޔާސަތު ހާމަވެގެން ދާނެކަމަށެވެ. އޭގެ ތެރޭގައި މަގުމަތީގައި ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ގޮތެއް ހޯދައިދޭނެ އަދި މަސައްކަތްތައް ރޭވިފައި ހުރި ގޮތުގެ ތަފްސީލު ކިޔައިދެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް