Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އއ. އަތޮޅަށް

އަމާޒަކީ ކުރިއަށް އޮތް ދައުރުގައިވެސް ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުން: ރައީސް

16 އޯގަސްޓު 2023 | ބުދަ 05:37

ހުރިހާ ރަށަކުން ވެސް ފެންނަނީ ތަރައްގީގެ ބޮޑު ބަދަލުތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 އޯގަސްޓު 2023 | ބުދަ 05:37
ރައީސް ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައީސް ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކުރިއަށް އޮތް ދައުރުގައި ވެސް އަމާޒަކީ ރަށްތަކުގައި ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް, އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތޮއްޑޫއަށް ވަޑައިގެން ވިދާޅުވީ އެ ރަށް މި ދައުރުތެރޭގައި ވަރަށް ގިނަ ފަހަރު ޒިޔާރަތް ކުރެވިއްޖެ ކަމަށާއި ވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ފަރާތުން ގިނަ ކަންކަމަށް އެދޭއިރު އެކަންކަން ވީހާވެސް އަވަހަށް ކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން, މި ދައުރުގައި އެ ރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހަ ކަމުގެ ތެރެއިން ހަތަރު ކަމެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ބާކީ ދެ މަޝްރޫއުގެ މަސައްކަތް ވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވަރަށް ގިނަ ރަށްތަކަށް މިހާރު ޒިޔާރަތް ކުރެވިފައިވާއިރު ހުރިހާ ރަށަކުން ވެސް ފެންނަނީ ތަރައްގީގެ ބޮޑު ބަދަލުތަކެއް ކަމަށެވެ.

ތޮއްޑޫއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލުން ދޭން ނިންމި 100 ގޯތި ދިނުމުގެ މައްސަލަ ހައްލުނުވެ ދިގުދެމިގެން ދިއުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޯޓުގައި އޮތް އެ މައްސލަަ މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. އެ މައްސަލަ ވަރަށް އަވަހަށް ނިމި 100 ގޯތި ދޫކުރާނެ ކަމަށާއި އެއަށްފަހު އިތުރު 200 ގޯއްޗަށް އިއުލާން ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ތޮއްޑުއަށް ކޮށްދެއްވަން ނިންމާފައިވާ ކަންކަން ވެސް އެ ރަށުގެ ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން, އެ ރަށުގައި ސޯޝަލް ސެންޓަރެއް އަޅައިދީ އައު ކައުންސިލް އިދާރާއެއް ފުރިހަމަ ވަސީލަތްތަކާއެކު އަޅައިދެއްވާނެ ކަމަށާއި ސްކޫލަށް ބޭނުންވާ 6 ކްލާސްރޫމާއި ސައިންސް ލެބް އަދި ލައިބްރަރީ ގާއިމުކޮށްދެއްވާނެ ކަމަށާއި އައު މިސްކިތެއް ބިނާކޮށްދެއްވައި, މަލްޓި ފެސިލިޓީ ޕާކެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ހުރިހާ ކެންޑިޑޭޓުން ވެސް ވައުދުތައް ވެވަޑައިގަންނާވެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މާޒީގައި ކަންވެފައި އޮތް ގޮތާއި މިހާރު ކަންކަން ކުރިއަށްދާ ގޮތް ބެލުމަށްފަހު ރައްޔިތުން ގޮތް ނިންމަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ކަންކަން ކުރިއަށްގެންދެވޭނީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު މިހާތަނަށް ޒިޔާރަތް ކުރެއްވި ރަށްތަކުގެ ރައްޔިތުން ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް